A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނަށް ފުރަތަމަ ގުރޫޕް މިރޭ ރަށަށް

26 މެއި 2020 ފްލައިޓުން ކަރަންޓީނަށް ދިޔަ ބައެއް މީހުން - ހުޅުލޭ އެއަރޕޯރޓުގައި

ކޮވިޑް-19 އާއި ގުޅިގެން ހޯމް ކަރަންޓީނަށް ފުރަތަމަ ފުވައްމުލައް ސިޓީއަށް އަންނަ ގުރޫޕް މިރޭ އަންނަން ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. ކުރިން އެންއީއޯސީ ނިއުސް ކޮންފަރެންސްގައި އިއުލާން ކުރި ގޮތުން މި 50 މީހުން ރަށްރަށަށް ފޮނުވުމަށް ހަމަޖެހިފައި އޮތީ އިއްޔެވެ.  މި މީހުން ރަށަށް ފޮނުވަނީ ދައުލަތުގެ ޚަރަދުގައި ކަމަށް މައުލޫމާތު ލިބެވެ.

ފުވައްމުލަކަށް ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީން ކުރުމަށްނހަމަޖެހިފައިވަނީ ދަތުރު ކުރާ ފަރާތުން އަމިއްލަޔަށް ހަމަޖައްސާ ގެތައް އެޗްޕީއޭގެ މިންގަޑަށް ފެތޭ ކަމަށް ކައުންސިލުން ޗެކުކުރުމަށް ފަހުއެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ކޮވިޑް-19 އަށް ކުރީ އެންޓިބޮޑީ ޓެސްޓެވެ. އެއީ ލޭ ނަގައިގެން ކުރާ ވަރަށް ފަސޭހަ ޓެސްޓެއް ކަމަށްވެއެވެ. އެންޓިބޮޑީސް ޓެސްޓަކީ ކުރިން ބަލިޖެހިފައި ވޭތޯ ނުވަތަ ބަލި ހުރިތޯ ބަލާން ހަދާ ޓެސްޓެކެވެ. 24 ދުވަހަށް ކަރަންޓީނު ކުރަން ހަމަޖެއްސީ އެންޓިބޮޑީ ޓެސްޓް ހަދަން ބޭނުންވާ އެންޓިބޮޑީސް ހަށިގަނޑުގައި އުފެދެނީ ބަލި ފެތުރުން ހުއްޓޭތާ 10 ވަރަކަށް ދުވަހުން ކަމަށްވާތީ ކަމަށް ވެއެވެ.

ރަށު ކަރަންޓީނަށް މީހުން ފޮނުވުމުގެ އުސޫލުގައި ވާގޮތުން އެމީހުން ކަނޑައެޅޭ ގެއްގައި 24 ދުވަހު ހޯމް ކަރަންޓީން ވާން ޖެހެއެވެ. އެ 24 ދުވަހު އެގެއަކަށް އެހެން މީހުން ދިއުން މަނަލެވެ. އަދި އެގޭގެ އެހެން މީހުން ވެސް ގެއިން ބޭރަށް ދިއުން މަނަލެވެ. އެގޭގެ މީހުންނަށް ބޭރަށް ނުދެވޭތީ އަދި ބޭރުން މީހުންނަށް އެގެއަށް ނާދެވޭތީ އެމީހުންގެ ކެއުން ބުއިމާއި އަސާސީ ކަންކަން ހަމަޖައްސައި ދިނުމަށް އެހެން ގެއެއްގައި އުޅޭ އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ހަމަޖެއްސިދާނެއެވެ. ނޫންނަމަ ރަށުގައި ގާއިމުކުރެވިފައިވާ ސޯޝަލް ސަޕޯޓް ގްރޫޕުގެ އެހީ ހޯދިދާނެ ކަމަށް އުސޫލުގައި ވެއެވެ.

ކަރަންޓީނު ކުރެވޭ ގޭގެ ޝަރުތުތައް ހަމަވޭތޯ ސިޓީ ކައުންސިލުންނެވެ. ކަރަންޓީނުގެ މުއްދަތުގައި އެގެއިން މީހުން ބޭރަށްދޭތޯ ބަލާ މޮނިޓަރ ކުރާނީ ރަށުގެ ކޮވިޑް-19 ޓާސްކް ފޯހާއި ރަށުގައި ގާއިމުކުރެވިފައިވާ އެހެން މުއައްސަސާތަކުންނެވެ.

ކުރިން 14 ދުވަހަށް ކަރަންޓީން ކުރީ ޕީސީއާރު ޓެސްޓް ހަދަން ހަމަޖެހިފައި އޮތް ދުވަސްވަރުގައެވެ. ކަރަންޓީނުގެ މުއްދަތު އިތުރު ވުމަކީ ކަރަންޓީނަށް އަންނަ ފަރާތްތަކަށް ދިމާވާ އިތުރު ދައްޗެކެވެ. ނަމަވެސް ރަށަށް އާދެވެނީ 24 ދުވަހުގެ ކަރަންޓީނަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކޮށްގެންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !