A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ ބައެއް ކުދިން މިއަދު ރިޒޯޓު ވަޒީފާއަށް އަލުން ފުރައިފި

ސެންޓާރާ ރިޒޯޓުގެ މުވައްޒަފުން ރިޒޯތްތަކަށް އުފުލުމުގައި. 18 ޛުން 2020

ރިޒޯޓުގައި މަސައްކަތް ކުރާ ފުވައްމުލައް ސިޓީގެ ބައެއް ކުދިން މިއަދު އަލުން ރިޒޯޓު ވަޒީފާއަށް ދާން ފުރައިފިއެވެ. މިއަދު ފުރާފައި ވަނީ ސޭންޓާރާ ގްރޭންޑް އައިލޭންޑް ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސްގެ 12 މުވައްޒަފުންނެވެ. މިއީ ކޮވިޑް-19އަށް ބަންދު ކުރުމަށްފަހު އެންމެ ފުރަތަމަ ފުވައްމުލަކުން ރިޒޯޓް ވަޒީފާއަށް ފުރި ގްރޫޕެވެ.

މިއަދު ފުވައްމުލަކުގެ 12 މީހުން ވަޒީފާއަށް ނިކުތުމަށް ރަށުން ފުރާފައި ވަނީ ސެންޓާރާގެ ލޯންޗެއްގައެވެ. މި ލޯންޗު ހުވަދޫ އަތޮޅު ދެބުރި އާއި އަދި ލ.އަތޮޅުން މުވައްޒަފުން ނަގައިގެން ދާނީ ސީދާ ރިޒޯޓަށެވެ. އެމީހުންނަށް މިއަދު ހަވީރު 5 ޖާހާއިިރު ރިޒޯޓަށް ދެވޭނެކަމަށް ވެއެވެ. ސެންޓާރާ ގްރޭންޑް ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް އަކީ އދ.މައްޗަފުށީގައި ގާއިމުކޮށްފައިވާ ރިޒޯޓެކެވެ.

ސެންޓާރާ ރިޒޯޓުގެ މުވައްޒަފުން ބަލާ އައި ލޯންޗު. 18 ޖޫން 2020

މިއީ ތައިލޭންޑްގައި އެންމެ ފުޅާ ދާއިރާއެއްގައި ރިޒޯޓާއި ހޮޓާތައް ހިންގާ ކުންފުންނި ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން ސެންޓާރާ ރިޒޯޓްސްގެ މެނޭޖަރަކު ހާމަކުރިއެވެ. އެކުންފުނީގެ 4 ސްޓާރ ޕްރިމިއިމް ގެ އިތުރު ރިޒޯޓެއް ވެސް ރާއްޖޭގައި ހިންގައެވެ. އެއީ މާލެ އަތޮޅު ގިރާވަރުގައި ހިންގާ 4 ސްޓާރ ޕްރިމިއަމްގެ ސެންޓާރާ ރަސްފުށި ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް ރިޒޯޓެވެ.

ކޮވިޑް-19 އާއި ގުޅިގެން ސެންޓާރާގެ ރިޒޯޓުތަކުގެ އާދައިގެ މުވައްޒަފުންގެ މުސާރައިން އެއްވެސް ވަރެއް އުނިކޮށްފައެއް ނުވެއެވެ. ނަމަވެސް މަތީ މުސާރަތައް ލިބޭ މީހުންގެ މުސާރައިން %35 އާއި %20 އާއި ދެމެދުން މުސާރަ ކުޑަކޮށްފައި ވެއެވެ. ކޮވިޑް-19 އާއި ގުޅިގެން ރިޒޯޓް އެއްކޮށް ބަންދުކޮށް، މުވައްޒަފުންނަށް ދީފާިއވާ ޗުއްޓީގެ ދުވަސްތަކަށް ވެސް ބަރާބަރަށް މުސާރަ ދީފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.

ކޮވިޑް-19 އަށް ފަހު އަންނަ އޮގަސްޓް 1 ގައި ސެންޓާރާގެ ދެ ރިޒޯޓްވެސް ހުޅުވުމަށް ތައްޔާރީތައް ވަނީ ފަށާފައެވެ. އެގޮތުން ސެންޓާރާ ރަސްފުށީގެ މުވައްޒަފުން ރިޒޯޓަށް ގެންދިއުމަށް އަންނަ ޖުލައި 15 ހިސާބުގައި އެކުންފުނީގެ ލޯންޗެއް ފުވައްމުލަކުގައި ތިބި މުވައްޒަފުން ބަލާ އަންނާނެކަމަށް ވެސް އޭނާ ހާމަކުރިއެވެ. ކޮވިޑް-19 އަށް ފަހު ސެންޓާރާގެ ރިޒޯޓުތައް ހުޅުވޭއިރު ދިވެހި މުވައްޒަފު ނިސްބަތް މިހާރަށްވުރެ ވެސް އިތުރުވެގެން ދާނެކަމަށް ވެއެވެ.

ސެންޓާރާ ރިޒޯޓުގެ ބައެއް މުވައްޒަފުން މިއަދު އަލުން ރިޒޯޓް ވަޒީފާއަށް ފުރައިފި. 18 ޖޫން 2020

ކޮވިޑް-19 އަށް ބަންދުކުރުމަށް ފަހު އަލުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ހުޅުވާލުމާއި ގުޅޭގޮތުން ސަރުކާރުން އަންނަނީ އަމަލުކުރާނެ އުސޫލުތަކެއް ކަނޑައަޅައި މަޝްވަރާ ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ވަނީ ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ބައިވެރިންނާއި އެކު މި އުސޫލުތައް ފައިނަލް ކުރެއްވުމަށް މަޝްވަރާ ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އުފައްދަވާފައިވާ ނެޝެނަލް ޓާސްކްފޯހުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 3 މަސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ވޯކިންގް ގްރޫޕް އޮން ފައިނޭންސް، ވޯކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ވޯކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓާ އެވެ.

ސެންޓާރާ އިން ރާއްޖޭގައި ހިންގާ ދެ ރިޒޯޓް. ސެންޓާރާ ގްރޭންޑް އާއި ސެންޓާރާ ރަސްފުށި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !