ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާ އަދާކުރުމާއި ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަސް ވަން-ފުވައްމުލައް އެންޖިއޯއިން ހާމަކޮށްފިއެވެ. ކެރިިއާ ގައިޑެންސްގެ މައުލޫމާތު ދިނުމުގެ މިސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އަން ހުކުރު ދުވަސް (3 ޖުލައި 2020)ގެ ރޭ 8:15 ގައި ކަމަށް މިކަން އާއްމުކުރި ލިއުމުގައި ވެއެވެ.
މިސެޝަނުގައި މައުލޫމާތު ދެވިގެންދާނެ ދާއިރާތަކުގެ ތެރޭގައި ރިޒޯޓްތައް ހިންގާ ގޮތުގެ ތައާރަފަކާއި، ރިޒޯޓްތަކުގައި އާއްމުކޮށް ހުންނަ ޑިޕާޓްމެންޓް ތަކުން ކުރާ މަސައްކަތްތަކާއި، އެ ދާއިރާތަކުގައި ހުރި ވަޒީފާގެ ފުރުސަތު ތަކާއި، އެވަޒީފާތަކުގެ މަސްއޫލިއްޔަތާއި، ބޭނުންވާ ހުނަރާއި، ރިޒޯޓް ވަޒީފާގެ ކުރި އެރުން ލިބޭ ގޮތުގެ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން ރިޒޯޓް މައހާއުލާއި، އެމާހައުލުގެ އާއްމު ދިރިއުޅުމާއި ބެހޭގޮތުން ވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން މިދާއިރާއިން ކުރިޔަށް ދިއުމުގައި އެހީތެރިކަން ހޯދާނެ ގޮތާއި ދާއިރާގެ ވަޒީފާ ހޯދުމުގައި އެހީތެރިކަން ހޯދާނެ ގޮތގެ މައުލޫމާތު ވެސް ދެވިގެން ދާނެކަމަށް ވެއެވެ.
ރިޒޯޓް ތަކުގައި ވަޒީފާ އަދާ ކުރުމަށް ޝައުގުވެރިވާ ކިޔަވާ ކުދިންނާއި ބޮޑެތި މީހުން، ރިޒޯޓް ވަފީފާ އަދާ ކުރާ މީހުން އަދި ބެލެނިވެރިންނަށް ވެސް މިޝަޝަނުން މުހިންމު މައުލޫމާތު ތަކެއް ލިބިގެންދާނެ ކަމަށްވެއެވެ.
ހުކުރު ދުވަހުގެ ރޭ ބާއްވާ މިސެޝަންގައި މައުލޫމާތުު ދެއްވަނީ ރިޒޯޓް ދައިރާގެ ތަޖުރިބާ ކާރުން ކަމަށް މި އިވެންޓް އިންތިޒާމުކުރާ ވަން-ފުވައްމުލައް އާއި ފުވައްމުލައް ސިޓީ ރިޒޯޓް މުވައްޒަފުން ހާމަކުރެއެވެ.

މައުލޫމާތު ސެޝަންގެ ތަފުސީލު
5
4
3
2
1
- ފުވައްމުލަކުގެ ބައެއް ކުދިން މިއަދު ރިޒޯޓު ވަޒީފާއަށް އަލުން ފުރައިފި
- ފޯސީޒަން އެޕްރެންޓިސް ފުރުސަތު
- މުވައްޒަފުން ތުނބުޅި ބެހެއްޓުމުގެ އުސޫލަކީ ވަކިވަކި ރިޒޯތްތަކުން ކުރިންވެސް ގެންގުޅޭ އުސޫލެއް
- އެމްޓީސީސީ ފުވައްމުލަކު ސައިޓަށް 40 މުވައްޒަފުން ނަގަނީ
- އެމްޓީސީސީ އިން ފުވައްމުލަކުގައި ވަޒީފާގެ ފުރުސަތުތަކެއް އުފައްދަނީ