A wide advertisement which will be shown on all devices. (700 x 100)

ހޯމް ކަރަންޓީނު ފުރަތަމަ ގުރޫޕުން ސާމްޕަލް ނަގައި ޓެސްޓް ކުރި 27 މީހުން ނައްސިވެއްޖެ

ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކުރެވިފައިވާ ގެއެއް.

ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީންގެ ފުރަތަމަ ގުރުޕުގެ މުއްދަތު ހަމަވެގެން ސާމްޕަލް ނަގައި ޓެސްޓް ކުރި 27 މީހުން ކޮވިޑް-19 އަށް ނައްސިވެފަައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ.

ޓެސްޓް ނަތީޖާ ނެގަޓީވް ވުމުން މި އެންމެން ކަރަންޓީނުން ދޫކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް ސިޓީ ކައުންސިލުން ރޭގައި ހާމަކުރައްވާފައި ވެއެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ޓެސްޓް ހެދިމީހުންގެ ނަތީޖާ އިއް މެންދުރު 12 ޖެހިއިރު ލިބިގެން ކަރަންޓީނުން ގެއަށް އާދެވެ ވަރުވީ ރޭގެ 11:30 އެހާކަށް ހާރުކަމަށް ވެއެވެ. އެމީހުންނަށް ގެއަށް އާދެވުނީ ޓެސްޓް ހެދިތާ 4 ދުވަސް ފަހުން ކަމަށެވެ.

ވުމާއެކު ކަރަންޓީނުގެ 14 ދުވަހުގެ އިތުރަށް 4 ދުވަސް ދޫކުރެވުމާއި ދޭތެރޭގައި އެބަ ހޭދަވެއެވެ.

މި ޖޫން މަހު 9 ގައި ފުވައްމުލައް ސިޓީއަށް ހޯމް ކަރަންޓީނަށް ފުރަތަމަ އައި ގްރޫޕުގެ މީހުން 14 ގޭއްގައި ތިބި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިން އާއްމު ކުރައްވާފައި ވެއެވެ.

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީީނު ފުރަތަމަ ބުރުގެ މީހުން ތިބި 14 ގެއެއްގައި ހިމެނޭ އަވަށްތައް:

ދިގުވާޑު – 3 ގެއެއް

ހޯދަޑު – 3 ގެއެއް

މާދަޑު – 3 ގެއެއް

މިސްކިތްމަގު – 2 ގެއެއް

ފުނާޑު – 1 ގެއެއް

މާލެގަން – 1 ގެ

ދޫނޑިގަން – 1 ގެއެއް

ހޯމް ކަރަންޓީނުގެ ނޯޓިސް ކޮންމެ ގެއަކުވެސް ހަރުކުރެވިފައި ހުންނަން ޖެހޭ.

ހޯމް ކަރަންޓީނަށް އެމީހުން އައިއިރު އެޗްްޕީއޭގެ އުސޫލުގައި އޮތީ 24 ދުވަހު ހޯމް ކަރަންޓީނުގައި ތިބެން ޖެހޭ ގޮތަށާއ،ި އަދި 24 ދުވަސް ހަމަވުމުން އެންޓީބޮޑީ ޓެސްޓެއް ހަދާ ގޮތަށެވެ. ނަމަވެސް ފަހު އެ އުސޫލު ބަދަލުވެ، ކަރަންޓީނުގެ މުއްދަތު 14 ދުވަހަށްް ބަދަލުކޮސް ޕީސީއާރު، ސްވޮބް ޓެސްޓް ހަދަ ގޮތަށް ވަނީ ނިންމާފައެވެ.

ދާދިފަހުން އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލުގައި ސްވޮބް ޓެސްޓް ހަދަން ވަނީ ފަށާފައެވެ. ވުމާއެކު ކުރިން ބެލެވިފައި އޮތީ ފުވައްމުލައްކުން ނެގި ސާމްޕަލްތައް ޓެސްޓް ކުރާނީ އައްޑޫއިން ކަަމަށެވެ. ނަމަވެސް މސާމްޕަލްތައް ޓެސްޓް ކޮށްފައިވަނީ މާލޭއިން ކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ާަައަަަހްމަދު މުހަަޢްމަދު

    ވަރައް ރަންގަނޅު