A wide advertisement which will be shown on all devices. (700 x 100)

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީ ޖިނާއީ ކުށަކަށް ހަދައިގެން މައްސަލަ ހައްލު ކުރެވިދާނެ

ފުވައްމުލައް ސިޓީގައި ގަވާއިދާއި ޚިލާފަށް ދިރިއުޅެ ބިދޭސިން ގަވާއިދަށް ފެއްތުމުގެ ގޮތުން މައުލޫމާތު ދިނުމަށް 2019ގައި ބޭއްވި ސެޝަނަކަށް ގިނަ އަދަދެއްގެ ބިދޭސިން ހާޒިރުވެފައި

ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުުވެ އެކަން ހައްލު ކުރާނެ ގޮތަކާއި މެދު ގައުމުގެ އެކިފެންވަރުން މިވަނީ ހައްލައެއް ހޯދަން މަސައްކަތް ކުރަން ޖެހިފައެވެ. އެގޮތުން ބިދޭސީންގެ ރާއްޖޭގެ ވަޒީފާތަކަށް އެތެރެ ކުރުމުގެ މަސައްކަތް ކުރިން ކޮށްފައިވާ ފުވައްމުލަކުގެ އިސްފަރާތަކުން ހާމަކުރި ގޮތުގައި މިކަން ހައްލުކުރެވެން އޮތް އެންމެ ފަސޭހަ ގޮތަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީ ޖިނާއީ ކުށެއް ކަމުގައި ހަދައިގެން ކަމަށެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި އެމީހުންނަށް “މިތާ ތިބެގެން ލާރި ނުލިބޭނެ ގޮތް ހެދީމަ، އެމީހުން އަމއްިލައަށް ފުރައިގެން ދާނެ، (މިހާރު ނެތްކަމަށް ބުނާ) ޑޮކިއުމެންޓްތައް ވެސް ހޯދާނެ. އެނބުރި ދާންވެސް ބޭނުންވާނެ” ކަމަށެވެ.

“އިލީގަލް މީހުންނަށް ވަޒީފާ ދިނުން ޖިނާއީ ކުށަކަށް ހަނދަންވީ. ވަޒީފާ ނެތި، ފައިސާ ލިބޭނެ ގޮތެއް ނެތި، ގައުމުގައި ތިބި (އެމީހުންގެ) މީހުންނަށް ޚަރަދު ކުރެވޭނެ ގޮތެއް ނެތީމަ، މިތަނުގައި ތިބެކަށް ބޭނުމެއް ނުވާނެ” ކަމަށެވެ. އޭރުން އަމިއްލައަށް ވެސް ފުރައިގެން ދާން ބޭނުންވާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ނެތީމަ މިހާރުވެސް އަމިއްލައަށް ދާން ބޭނުންވެގެން ތިބި މީހުން ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމުން ވެސް އެނގިގެންދަނީ ވަޒީފާ ނުލިބޭނަމަ އެމީހުން ނުތިބޭނެ ކަން ކަމަށެވެ.

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 4000 އަށް ވުރެ ގިނަ މީހުން މިހާރު ރައްޖެއިން ފޮނުވާލާފައި ވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައި ވެއެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 15-20ހާސް އާއި ދެމެދުގެ އަދަދަކަށް ބޭރު މީހުން ފޮނުވާލުން ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ 75000 ހާ ބިދޭސީން ތިބިކަމަށް ވެއެވެ. އެއީ މުޅި ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދުކަމަށް ބުނާ 150000 (އެއްލައްކަ ފަންސާސް ހާސް) މީހުންގެ ދެބައިކުޅަ އެއްބައެވެ. އެއީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ (%37) ވެސް ގިނަ މީހުންނެވެ. މި 75 ހާސްް މީހުންގެ ތެރެއިން ގިނަ މީހުން އަތުގައި ކާކުކަން އަންގައިދޭ އަސާސީ ލިޔެކިޔުމެއް (ޕާސްޕޯޓ،ް ވިސާ) ނެތްކަމަށް ވެއެވެ.

މީގެ ތެރެއިން ގިނަ މީހުން ރާއްޖެ އެތެރެވެފައި ވަނީ މެނުއަލް، އަތުން ލިޔެފައިވާ ޕާސްޕޯޓްތައް ބޭނުންކޮށްގެން ކަމަށްވާއިރު އެމީހުންގެ ބައޯމެޓްރިކް ޑޭޓާ ނަގަންފެށީ ވެސް އެތައްބަޔަކު އެތެރެވެ އޮޅުވާލުންތައް ބޮޑުުވެގެންނެވެ. ވުމާއެކު ބެލެވޭ ގޮތުގައި މީގެތެރެއިން ވަރަށް ގިނަ މީހުންގެ ބައޯމެޓްރިކް ޑޭޓާ ނެތުމުގެ ސަބަބުން އެމީހުން ފާހަގަކުރުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ. އަދި ރާއްޖޭގެ އިމިގްރޭޝަން ބޯޑާ ސިސްޓަމް، ޑާމަލޮގް އިން ނެކްސްޓްބިޒްގެ ސިސްޓަމަކަށް އަދި އެއިގެ ފަހުން ޕައިސިސް ސިސްޓަކަމަށް ބަދުވެގެން ދިޔައިރު އުފެދުނު ކޯޅުންތަކުން އެއްބަޔަކު އެނައް ބަޔަކަށް ޑޭޓާ ފުރިހަމަގޮތުގައި ޝެއާކޮށްފައިވާ ކަމަކަށްވެސް ނުބެލެެވެއެވެ. އަދި މީގެ އިތުރުން އިމިގްރޭޝަނާއި ލޭބާ މިނިސްޓްރީ އަދި ބިދޭސީން އެތެރެކުރި ރެކްރެޓްމަންޓް އޭޖެންސީތައް ގުޅިގެން ހިންގިކަމަށް ބުނާ އިންސާނީ ވަގުފާރީގެ ކޮޅެއް މެދެއް ފެންނަން ނެތްކަމީ މިމައްސަލަތަކުގެ އަސްލު ދެނެގަތުމަށް ހުރި ހުރަސްތަކަކަށެވެ. ބިދެސީންގެ މައްސަލަ ރާއްޖޭގްއި މިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައެވެ.

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ ބަހުސު މިހާރު ބޮޑަށް ފެންމަތިވެގެން އުޅެނީ މަޖުލީހުގެ ރައީސް، ރައީސް ނަޝީދު މަޖުލީހުގެ ކަމާގުޅުން ހުރި ކޮމެޓީއަކަށް ދިން ލަފަޔަކާ ގުޅިގެންނެވެ. އެގޮތުން އެގޮމެޓީގައި މަޝަވަރާއަށް ހުށަހެޅިފައި ވަނީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނައިރު، ދިވެއްސަކާއި އިނދެގެން އުޅޭ ބިދޭސީންނަށާއި، ރާއްޖޭގައި 10 އަހަރު ތަނެއް ކުއްޔަށް ހިފައިގެން ތިބޭ ބިދޭސީންނަށާއި ރާއްޖެގައި 100000 (އެއްލައްކަ) ރުފިޔާ އިންވެސްޓް ކުރާ ބިދޭސީންނަށް ރެސިޑެންސް ވިސާ (ރައްވެހި ކަމެއް ނޫން) ދޭގޮތަށެވެ. މި އިސލާހަށް މަޖުލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ މެމްބަރުންވެސް ތާއިދެއް ނުކުރާކަމަށް މައުލޫމާތު ލިބެއެވެ. ފުވައްމުލަކު 3 މެމްބަރުން މިމައްސަލާގައި ދެކޭގޮތް ހާމަކޮށް ފައިވާކަން އަދި އެނގިފައެއް ނުވެއެވެ.

ރެސިޑެންސް ވިސާއަކީ ކަނދައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅޭ ވަކި ކަންތަތއްތަކެއް ކުރެވޭ ގޮތަށް އެގައުމެއްގައި ބޭރު މީހުން ދިރިއުޅުމަށް ފުރުސަތު ދިނުމެވެ. ރެސިޑެންސް ވިސާ އަކީ ވަރަށްގިނަ ބައިތަކެއް ހިމެނެ ވިސާ ދިނުމުގެ އުސުލެކެވެ. އެގޮތުން ސްޓޫޑެންޓް ވިސާ އާއި، ވިޔަފާއި، ވިސާއާއި، ސޯޝަލް ވިސާއާއި، ވިޔަފާރި (ކޯޕަރޭޓް) ވިސާއާއި ޓްވަރިސްޓް ވިސާ ވެސް މީގެ  ބައިތަކުގެ ތެރޭގައި ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !