A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީނުގައި 51 ގެއެއްގައި މީހުން

ހޯމް ކަރަންޓީންގައި މީހުން ތިބި ގެތަކުގެ އަދަދު ފުވައްމުލައް ސިޓީ، 21 އޮގަސްޓް

ފާއިތުވި ހަފުތާ ނިމުނު އިރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ހޯމް ކަރަންޓީނުގައި 51 ގެއެއްގައި މީހުން އެބަތިއެބެވެ. އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލް އާއްމުކުރި، 21 އޮގަސްޓުގައި ހޯމް ކަރަންޓީނަށް އައި މީހުން ތިބި 6 ގެއާއެކު މިހާރު ހޯމް ކަރަންޓީނުގައި މީހުން ތިބޭނެކަމަށް ބެލެވޭ ޖުމްލަ ގޭގެ އަދަދަކީ 51 ކަމަށް ވީނަމަވެސް މީގެތެރެއިން އޮގަސްޓު މަހު  6 ގައި ހޯމް ކަރަންޓީނަށް އައި މީހުން ތިބި 9 ގެ ހިމެނެއެވެ.

ހޯމް ކަރަންޓީނުގައި ތިބޭ މީހުން، ކަރަންޓީންގެ 14 ދުވަސް ހަމަކޮށް ޓެސްޓް ސާމްޕަލްނަގައި ނަތީޖާ ލިބުމާއި ދޭތެރޭ 3-4 ދުވަސް ވަރު ވެއެވެ. ވުމާއެކު ބެލެވެނީ 6 އޮގަސްޓްގައި ހޯމް ކަރަންޓީން ކުރި 9 ގޭގެ މީހުން އަދި ކަރަންޓީން ދޫކޮށެއް ނުލާނެ ކަމަށެވެ.

ހޯމް ކަރަންޓީނަށް ރަށަށް އަންނަ މީހުން ތިބޭ ގެތަކުގެ ލިސްޓުތައް ސިޓީ ކައުންސިލުން އަންނަނީ ހާމަ ކުރަމުންނެވެ. ފާއިތުވި ހަފުތާގައި ހޯމް ކަރަންޓިީނަށް ރަށަށް އައި މީހުން ތިބިގެތައް އެއިގެ ކުރީ ހަފުތާއަށް ވުރެ މަދެވެ. ފާއިތުވި ހަފުތާގައި 20 ގެއަކަށް މީހުން އައިސްފައި ވާއިރު އެއިގެ ކުރީ ހަފުތާގައި އައިސްފައިވަނީ 25 ގެއަކަށެވެ.

ހޮމްކަރަނޓިން ލިސްޓް، ފުވައްމުަލައް ސިޓީ، 21 އޮގަސްޓް

ގޭގައި ވަކިން ހުންނަ ކޮޓަރިތަކުގައި ވެސް ހޯމް ކަރަންޓީން އަންނަ މީހުން ތިބެވެއެވެ.

ފުވައްމުލަކު ހޯމް ކަރަނަޓީނަށް އައި މީހުންގެ ތެރެއިން މިހާތަނަށް ކޮޑަށް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ނަތީޖާތަކުން އެނގެނީ އެންމެ މީހެކެވެ. އޭނާގެ ކިބަައިން ބަލީގެ އެއްވެސް ނިޝާނެއް ނުފެނި 14 ދުވަސްވުމުން ބަލިން ރަނަގޅުވިކަމަށް ނިންމައި މިހާރުވަނީ ދޫކޮށްލާފައެވެ. ވުމާއެކު މިހާރު ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ ބަލިމީހަކު ނެތެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !