ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޑެޓް (އެޗްޑީސީ) އާއި ފުވައްމުލައް ސިޓީ ކައުންސިލާއެކު މިއަދު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.
މިއަދު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މުއްދަތު އިތުރު ކުރެވެިފައިވާ ކައުންސިލްގެ މޭޔަރު ފަލާޙު ޝަރީފެވެ. މިއަދުގެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު އާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާޙުގެ އިތުރުން ޑިރެކްޓަރ މަސީހު ބައިވެރިވެ ވަޑައިގަތެވެ.

އެޗްޑީސީއާއި ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު އެމްއޯޔޫއެއްގައި ސޮއިކުުން – ވާޗުއަލް ކޮށް -ފުވައްމުލައް 11 އޮކްޓޯބަރު 2020
މާލެ ކޮޅުން އެޗްޑީސީގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޝުހައިލުއާއެކު އެކު ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް މެމްބަރު މުހައްމަދު ރަޝީދު އައި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުވައްމުލައް ސިޓީގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އެގޮތުން ސީޓި ކައުންސިލުން ފާހަގަ ކޮށްފައިވަނީ ފުވައްމުލައް ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި އިޤްތިސަދީ އަދި އިޖުތިމާއީ ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.
އެޗްޑީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ “އެޗްޑީސީ ބިޔޯންޑް ހުޅުމާލެ” އިނީޝީއޭޓިވްގެ ދަށުން މިއަދު ފުވައްމުލައް ސިޓީ އާއިއެކު އެމްއޯޔޫ އެއްގައި ސޮއި ކުރެވިފައިވާ ކަމަށެވެ. މި އިނީޝިއޭޓިވްގެ ދަށުން އެޗްޑީސީގެ ހަރަކާތް މުޅި ރާއްޖެއަށް ފުޅާ ވެގެން ދާނެކަމަށް ވެއެވެ.

އެޗްޑީސީއާއި ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު އެމްއޯޔޫއެއްގައި ސޮއިކުުން – ވާޗުއަލް ކޮށް -މާލެކޮޅުން އެޗްޑީސީ. 11 އޮކްޓޯބަރު 2020
މިއީ ސަރުކާރުގެ ޖަޒީރާ ދިރިއުޅުމުގެ ސިޔާސަތުގެ ދަށުން ޔުނެސްކޯގެ އެސްޑީޖީއަށް ވާސިލުވުމަށް އަމާޒު ހިފާފައިވާ ހަރަކާތެއް ކަމަށް އެޗްޑީސީން ހާމަކޮށްފައި އެވެ. އެގޮތުން ކުރުމަށް އެޗްޑީސީން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:
- ވިޔަފާރިތައް އުފެއްދުމާއި
- ޓެކްނޮލޮޖީ އާއި އައު އީޖާދުތަކަށް ފުރުސަތު ހުޅުވުމާއި
- ދިރިއުޅުމަށް ފަހި ރަށްވެހި ޕްލޭނިން އާއި
- ގެދޮރު ބިނާކުރުމުގެ ވިޔަފާރި އާއި
- ބިނާވެށި ތަރައްގީ ކުރުމާއި
- އާއްމު ކަންކަމުގެ ހައްލުތަކާއި ޓައުންޝިޕް މެނޭޖްމެންޓްގެ އެހީ އާއި
- ޑިޖިޓަލް، އައިސީޓީ އަދި ސްމާޓް ސޮލިއުޝަންތައް ހޯދައި ދިނުމާއި
- ކޮމިއުނިޓީ ޑިވެލޮޕްމެންޓްގެ އެހީތެރިކަން ދިނުމަށް ވެއެވެ.
މި އަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ފުވައްމުލައް ސިޓީ އަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
- ޚާއްސަ ރިސޯސްތައް ލިބުމުގެ މަގު ފަހިވުމާއި
- އިގުތިސާދީ އަދި އިޖުތިމާއީ ފައިދާތައް ލިބުމާއި
- ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ލިބިގެން
- އިންވެސްޓަރުންގެ ޝައުގުވެރިކަން ފުވައްމުލައް ސިޓީއަށް ލިބިގެން ދިއުން
ހިމެނިފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.

އެޗްޑީސީގެ – ބިޔޯންޑް ހުޅުމާލޭ އިނީޝިއޭޓިވްގެ ދަށުން އަތޮޅުތަކަށް އެހީތެރިވެދޭ ދާއިރާތައް
ޚިޔާލުތައް