A wide advertisement which will be shown on all devices. (700 x 100)

އެމްޓީސީސީން ފުވައްމުލަކު މަގު ހެދުމުގެ ޕްރޮޖެކްޓަށް 30 މީހުންނަށް ވަޒީފާ ދީފިން – އާޒިމު

ރިންގް ރޯޑުގެ ދުވާރު ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ - ފޮޓޯ؛ މުނީރު ހަސަން

އެމްޓީސީސީން ފުވައްމުލަައް ސިޓީގައި ކުރިޔަށްގެންދާ މަގު ހެދުމުގެ ޕްރޮޖެކްޓުގައި މަސައްކަތް ކުރުމަށް ފާއިތުވި ސެޕްޓެމްބަރު މަހުން ފެށިގެން 30 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ސިއީއޯ އާދަމް އާޒިމު ހާމަކުރައްވައިފިއެވެ. އާޒިމް މިހެން ވިދާޅުވެފައި ވަނީ މިއަދު އެމްޓީސީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށެވެ.

އާދަމް އާޒިމް އިތުރަށް ވިދާޅުވެފައި ވަނީ ފުވައްމުލަކުގެ ރިންގް ރޯޑް (ނާއިބު ތުއްތު މަގު) ޕްރޮޖެކްޓަކީ އެމްޓީސީސީގެ ‘ޓޮޕް ޕްރިއޯރިޓީ’ އެއްކަމަށެވެ. އަދި އެކުންފުންޏަށް ލިބޭ ޕްރޮޖެކްޓް ތަކުން އެ މަސައްކަތެއް ކުރޭވޭ ކޮމިއުނީޓިއަކަށް އެއިން މަންފާއެއް ލިބޭގޮތަށް ކަންތައްތައް ކުރުމަކީ އެމްޓީސީސީގެ އަބަދުވެސް ވިސްނުމެއް ކަމަށެވެ. އެގޮތުން ފުވައްމުލަކުގެ 30 މީހުންނަށް މިޕްރޮޖެކްޓްުން ވަޒީފާ ލިބިގެން ދިއުމަކީ އެ ކޮމިއުނީޓިއަށް މިޕްރޮޖެޓްގެ ތެރެއިން މަންފާ ކުރާނެކަމެއް ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމު

ނަމަވެސް ފުވައްމުލަކު ނާއިބު ތުއްތު ހިނގުމުގެ މަސައްކަތުން ބައެއް ނިންމުމަށްފަހު ވެހިކަލްތައް ރަށުން ގެންގޮސް އައްޑޫ ހުޅު-މީދޫ މަގުތަކުގެ މަސައްކަތް އެމްޓީސީސީން ވަނީ އިސްކަމެއް ދީގެން ކޮށް ނިންމާފައި ކަމަށް ފުވައްމުލަކު މީހުން ބުނެއެވެ. މަގުގެ މަސައްކަތުގެ ދުވެލި ހުރީ ލަސްކޮށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެތެރޭގެ މަގުތަކުގެ މަސައްކަތް ވެސް ކުރިޔަށް ދަނީ އަދި ވަރަށް ލަހުން ކަމަށް ފުވައްމުލަކު މީހުން ބުނެއެވެ.

ފުވައްމުލަކުގެ ބަޔަކަށް މި ޕްރޮޖެޓުން ވަޒީފާ ދީފައި އެވަނީ ޕްރޮޖެޓްގެ މަސައްކަތް އެމްޓީސީއާއި ހަވާލުކުރެވުނުތާ ދޮޅު އަހަރަށް ވުރެ ވެސް ގިނަ ދުވަސްވީ ފަހުންނެވެ. އަދި ފުވައްމުލަައް ސިޓީ ކައުންސިލްގެ ނިންމުމާއި އެއްގޮތަށް މިޕްރޮޖެޓްގެ %60 މީހުންނަކީ ފުވައްމުލަކު މީހުންތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އެހެނީ ފުވައްމުލައް ސިޓީކައުންސިލްގެ ނިންމުމެއްގައި ވާގޮތުން އެރަށުގެއި ސަރުކާރުގެ ފަރާތުން ހިންގާ ހުރިހާ ޕްރޮޖެޓެއްގައި ވެސް މަސައްކަތް ކުރަން ތިބެންވާނީ %60 ފުވައްމުލަކު މީހުންކަމަށެވެ. އަދި ފުވައްމުލކުން މީހުން ލިބެން އެބަހުރި ކަމަށެވެ.

ނާއިބު ތުއްތު ހިނގުމުގެ ދުވާރާއި ފެންހިންދާ ނިޒާމުގެ މަސައްކަތް އަދި މުޅިން ނިންމާނުލެވެއެވެ. އަދި މަގު ކުރެހުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ވެއެވެ. މިމަސައްކަތް ނިންމާލެވޭނެ ކަމަސް އެންމެ ފަހުން އެމްޓީސީސީއިން ހާމަކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރެގައެވެ.

ޕްރޮޖެޓްގެ މަސައްކަތް އެމްޓީސީއާއި ހަވާލުކުރެވުނީ 2019 ވަނަ އަހަރު މާޗު މަހު ފަހުކޮޅުގައެވެ. އޭރު ހަވާލުކުރެވުނީ 2.7 ކިލޯ މީޓަރުގައި ތާރު އަޅާ ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހެދުމަށެވެ. އެމަސައްކަތް ހަވާލުކުރެވިފައި ވަނީ 240 (8 މަސް) ދުވަސްތެރޭ ތާރުއަޅައި ނިންމުމަށެވެ. މިހާރު މިވަނީ އެޕްރޮޖެޓް ހަވާލުކުރެވުނު ފަހުން 570 ދުވަހަށްވުރެ ގިނަ ދުވަސް ވެފައެވެ. މަސައްކަތް ނުނިމި ލަސްވުމުން، އެކަމުގެ ކަންބޮޑވެ ޝަކުވާ އެތައް ފަހަރެއްގެ މަތިން ފުވައްމުލަކުގެ ރައްޔިތުން ކުރިން ކޮށްފައިވެއެވެ.

ރިންގް ރޯޑުގެ ދުވާރު ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ – ފޮޓޯ؛ މ.ޝަހީދު

މަގުގެ ދުވާރުތައް ހަދަމުން ދިޔައިރު ގޯޅި ކަންމައްޗަށް ތިރިނުކޮށް ހަދާތީ ވެސް އާއްމުން ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ފަހުން އެކަންތައްތައް އަލުން ވަނީ ރަނގަޅުކޮށްފައެވެ.

އަދި ފުވައްމުލައް ސިޓީއަށް ނިންބަތްވާ ރައްޔިތުންގެ މަޖުލީހުގެ 3 މެމްބަރުން އެމްޓީސީސީގެ އިސް ފަރާތްތަކާއެކު އެކަމުގެ ވާހަކަ އެތައްފަހަރަކު ދެކެވި، އެޕްރޮޖެކްޓެގ މަސައްކަތް ކުރާ ބިދޭސީންގެ ބަދަލުގައި ރަށުން، ދިވެހިހިންނަށް ފުރުސަތު ދިނުމަށް އެދިގެންވެސް އެތައް ދުވަހެއް ހޭދަވެގެން ގޮސްފައިވެއެވެ. އަދިވެސް އެމްޓިސީސީގެ އޕްރޮޖެޓްގައި މަސައްކަތ ކުރާ ގިނަ މިހުންނަކީ ބިދޭސީން ކަމަށް މައުލޫމާތު ލިބެއެވެ.

ދުވާރު ކަންމަތި ތިރިނުކޮށް ހަދާތީ ފާޑި ކުރުނު – ފަހުން އިސްލާހު ކުރި

ފުވައްމުލަކުގެ ރިންގް ރޯޑް (ނާއިބު ތުއްތު ހިނގުން) އާއި އތެރޭގެ މަގުހެދުމުގެ ޕްރޮޖެކްޓް ގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ. ފުވައްމުލަކު ރިންގް ރޯޑް އަދި އެތެެރޭގެ މަގުތައް ހެދުމުގެ ޕްރޮޖެތް ލިބުނުފަހުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރާއި ސީނިއަރ މެނޭޖްމެންޓަށް ވަނީ ބޮޑެތި ބަދަލުތަކެއް އައސިް ފައެވެ. ކުރީގައި އެމަގާމުގަިއ ހުރީ އައްޑޫއަށް ނިސްބަތްވާ ހަސަން ޝާހު އެވެ.

ފުވައްމުލަކު ރައްޔިތުން އެދެނީ އެމްޓީސީގެ އައު މެނޭޖްމެންޓާއެކު މަސައްކަތް ހަލުއިވެ އަދިވެސް ޕްރޮޖެކްޓްގެ އިތުރު ވަޒީފާ ރަށު މީހުންނަށް ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމުވެގެން ދިއުމަށެވެ.

ފުވައްމުލަކު އެތެރޭގެ މަގު ހެދުން- އެމްޓީސީސީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • މުހައްމަދު

    މަސައްކަތް ފިނިހަކުގެ ބާރު ދުވެލީގަ ކުރިއަށް އެބަދޭއެއްމެލަސް ވިޔސް 2030 އަންނަންވާ އިރަށް ނިމޭނެ އިންޝާﷲ.