A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކޮވިޑް-19 ކޭސްތަކުގެ ކޮންޓެކްޓުން ވީ ނައްސި

ކޮވިޑް-19 ފުވައްމުލަކު ހޮސްޕިޓަލުގެ ސާމްޕލް ނަގާ ޓީމެއް
ފުވައްމުލައް ސިޓީގައި މިހާރު ތިބި ކޮވިދް-19 އަށް ޕޮޒިޓިވް ވެފައިވަ ދެމީހުންގެ ޑިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު ދެ މީހުން ވެސް ބައްޔަށް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ހާމަކުރައްވައިފިއެވެ.
ފުވައްމުލައް ސިޓީގައި ކޮވިޑް-19 ރޯގާގެ ވައިރަސް ހުރިކަމަށް ޓެސްޓްތަކުން ދެއްކި މީހުންނާއި ‘ޑިރެކްޓް ކޮންޓެކްޓް’ ވި ދެ މީހުންގެ ސާމްޕަލް ނަގައި، ފުރަތަމަ މަރުހަލާގެ ޓެސްޓްތަކުގައި އެ ދެ މީހުން ވެސް ނެގެޓިވް ވެފައިވާ ކަމަށް ހޮސްޕިޓަލުގެ މެނޭޖަރު ހާމަކުރެއްވި އިއްޔެއެވެ.
މި ދެ ކޭސްގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު ވެސް ޑިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކޮންމެ މީހެއްގެ ފަރާތުން ވެސް ފާހަގަވެފައި ވަނީ އެއް މީހެކެވެ. އަދި އެ ދެ މީހުންގެ ނަތީޖާ ނެގެޓިވް ކަމުގައި ވިނަމަވެސް އެމީހުން ތިބޭނީ ކަރަންޓީނުގައެވެ. އަދި ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކޮށް އިތުރު ޓެސްޓެއް ހަދާނެއެވެ.
ނަމަވެސް ބައްޔަށް ޕޮޒިޓިވް ވި މީހާ 14 ދުވަހުގެ ކަރަންޓީނު ނިމުމުން ބަލީގެ ނިޝާނެއް ނެތްނަމަ، ގެ އިތުރު ޓެސްޓެއް ނަހަދައި ދޫކޮށްލާނެއެވެ.

ކޮވިޑް-19 ގެ މައުލޫމާތު ދިނުމުިގެ ސެޝަނެއް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ކުރިޔަށް ގެންދަވަނީ

މިހާލަތުގައި ކަރަންޓީނުވާ ފަރާތާއި އެފަރާތުގެ އާއިލާއިން ވިސްނަންޖެހޭ އަދި ފުވައްމުލައް ސިޓީގެ ހުރިހާ ރައްޔިތުން ވެސް ހޭލުންތެރިވާން ޖެހޭ މުހިންމު ކަމެއް ކޮންޓެކްޓް ޓްރޭސިން ގައި ފާހަގަކުރެވިފައިވާ ކަމަށް މެނޭޖަރު އަހުމްދު ސައީދު ފާހަގަ ކުރެއެވިއެވެ. އެއީ، މިހާތަނަށް ފުވައްމުލައް ސިޓީގައި ކަރަންޓީނުވި ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 3 މީހުންގެ ވެސް ޑިރެކްޓް ކޮންޓެކްޓުން ތިބިކަން ފާހަގަވެ ރެކޯޑް ކުރެވިފައިވާ ކަމެވެ.
“ކޮންމެ ބޭފުޅަކު ވެސް ގަބޫލު ކުރައްވަންވީ މާލެއިން އަންނަ މީހެއްގެ ހަށިގަނޑުގައި ކޮވިޑް-19 އިގެ ވައިރަސް ހުރުމުގެ ފުރުސަތު ބޮޑުކަން. ރޯގާގެ އަސަރު ހުއްޓަސް އަދި ނެތަސް މިރޯގާގެ ވައިރަސް ހުރެދާނެކަން” އަހުމަދު ސައީދު ހާމަކުރެއްވިއެވެ.
މާލެއިން އައިސް ކަރަންޓީނު ވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރާނަމަ، ކަރަންޓީނުގެ މުއްދަތުގައި ޑިރެކްޓް ކޮންޓެކްޓެއް ހުރެގެނެއް ނުވާނެއެވެ.
އެހެންކަމުން ކަރަންޓީނުގައި ތިބޭއިރު އެކަމަށް އެކަށައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުން ލާޒިމުވާނެއެވެ.
ކަރަންޓީނުގެ އުސޫލާއި އެއްގޮތަށް ފުރިހަމަޔަށް އަމަލު ނުކުރެވި، ހެދޭ ކުޑަކުޑަ ގޯހަކުން މުޅި ރަށުގެ ހުރިހާ އެންމެންނަށް އޭގެނުރައްކާ ބޮޑުވެ، އިތުރު އުދަނގޫތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި ރަށުގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނާއި މިރޯގާގެ ސަބަބުން ފުރާނައަށް ނުރައްކާ ކުރިމަތިވެދާނެ ހާލަތުގައި ތިބޭ އެންމެންގެ ރައްކަލަކަށްޓަކައި އެއްވެސް މީހަކު ކަރންޓުނުގެ މުއްދަތުގައި ފަރުވާ ކުޑަނުކުރުން ވަރަށް މުހިއްމު ކަމަސް އިރުޝާދެ ދެއްވައެވެ. މިހާރުވެސް ރަށުގައި މިނިވަންކަމާއެކު ހިގާބިގާވެ މިއުޅެވެނީ އަޅުގަނޑުމެންނަށް މިހާތަނަށް ރަނގަޅަށް މިކަން ގެންދެވިފައިވާތީ ކަމަށް މެނޭޖަރު ގަބޫލުކުރައްވައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން އޮކްޓޯބަރު 10 އާއި ހަމަޔަށް ނެގި ކޮވިޑް-19 ސަމްޕަލްތަކުގެ އަދަދު. ޗާޓު: ފުވައްމުލަކު ހޮސްޕިޓަލް.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !