A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ 4 ވަނަ ކޭސް މއިަދު ރިޕޯޓްކޮށްފި

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓް، 26 އޮކްޓޯބަރު 2020

ފުވައްމުލައް ސިޓީ ކޮވިޑް-19 ގެ 4 ވަނަ ޕޮޒިޓިވް މިއަދު އިން ރިޕޯޓް ކޮށްފިއެވެ. އެންމެ ފަހުން ކޮވިޑް-19 ކޭސް އެއް ފުވައްމުލައ ސިޓީން  ރިޕޯޓް ކޮށްފައިވަނީ މި އޮކްޓޯބަރު 19 ގައެވެ. މިއަދު ޕޮޒިޓިވްވީ ބަނގްލާދޭޝް މަސައްކަތު މީހެކެވެ.  ކޭސް އާއި ގުޅުމެއް ހުރި މީހެއް ނޫން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

މިއަދު ޕޮޒިޓިވްވީ ވެސް ހޯމް ކަރަންޓީނުގައި 14 ދުވަސް ފުރިހަމަކޮށް ދޫކުރުމުގެ ކުރިން އާއްމު އުސޫލުން މި މަހު 25 ގައި ނެގި ސާޕަލްއަކުންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅު ކަމަށާއި އޭއި 37 އަހަރުގެ މީހެއްކަމަށް ވެއެވެ. އަދީ އެނާގެ ކިބައިން ބަލީގެ އެއްވެސް ނިޝާނެއް ނެތް ކަމަށާއި ހާލު ރަނގަޅު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ހާމަކުރައްވައެވެ.

މިއަދު ފައްސިވި މީހާގެ ޑިރެކްޓް ކޮންޓެކްޓްއެއް ނެތްކަން ކޮންޓެކްޓް ޓްރޭސިން އިން ފާހަގަކުރެވިފައި ވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ހާމަކުރެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ރެޕިޑް ރެސްޕޮންސް ޓީމު

މިހާނަށް ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މުޅިން ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އަދި އެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ތިބީ ކޮންމެ މީހެއްގެ ވެސް އެއްމެ މީހެކެވެ. މި 4 މީހުންގެ ތެރެއިން ފުރަތަމަ 3 މީހުންނަކި ދިވެހިންނެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވި މިހާ ރަނަގަޅުވެފައިވާ އިރު މި އޮކްޓޯބަރު މަހުގެ ތެރޭގައި ޕޮޒިޓިވްވި 3 މީހުން ތިހީ ހޯީމް އައިސޮލޭޝަންގައެވެ. އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނެއެވެ.
ފުވައްމުލައް ސިޓީ އިން މިހާތަނަށް ކޮވިދް-19 އަސ ްފައސި ވިއެއްވެސ ްމީހެއްގެ ފަރާތުން އިތުރު މީހަކަށް ބަލި ޖެހިފއެއް ނުވެއެވެ. ވުމާއެކު ރަށުތެރޭގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަކަށް ނުބެލެވެއެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ސަލާމަތީގޮތުން މުހިންމު ކަމެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އުސޫލުގައިވާ ގޮތުން ހޯމް ކަރަންޓީނުން ޕޮޒިޓިވްވެ ބަލީގެ ނިޝާނެއް ނުފެންނަމަ ހުންނާނީ ހޯމް އައިސޮލޭޝަންގައެވެ. އަދި ކަރަންޓީނު/އައިސޮލޭޝަން ގައި އިތުރު 14 ދުވަސް ބެހެއްޓުމަށް ފަހު ބަލީގެ އަލާމަތެއް ނުފެންނަ ނަމަ އެއްކޮށް ދޫކޮށްލާނީއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން އޮކްޓޯބަރު 10 އާއި ހަމަޔަށް ނެގި ކޮވިޑް-19 ސަމްޕަލްތަކުގެ އަދަދު. ޗާޓު: ފުވައްމުލަކު ހޮސްޕިޓަލް.

ހޯމް ކަރަންޓިނުން މީހަކު ބައްޔަށް ޕޮޒިޓިވް ވިޔަސް ރައްޔިތުން ކަންބޮޑު ނުވެ ކޮވިޑް-19 ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމާށާއި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާއި ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އަދި ގައިދުރުކަން ބެހެއްޓުން މުހިއްމު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެއެވެ. މާސްކް އެޅުމުން އެކަނި ނުފުދޭކަމަށާއި މާސްކު އެޅުމާއެކު ގައިދުރުކަންވެސް ބަހައްޓުމާއި އަތްދޮންނަން ޖެހޭނެ ކަމަށް ސިއްހީ މާހިރުން އިރުޝަދު ދެއެވެ.

އަދި ހޯމް ކަރަންޓީންގައި ތިއްބެވި ބޭފުޅުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެއްކަމަށް ވެސް ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.

މި ރޯގާ ފެތުރުނަ ނުދިނުމަށް މި ވައިރަހަށް ފައްސިވާ ފަރާތްތަކާއި އެފަރާތުގެ އާއިލާގެ މެމްބަރުންނާއި އާއްމު ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !