A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމަށް ހުޅުވާލައިފި

ފުވައްމުލައް ސިޓީ ލައިބްރަރީ އަލުން ހުޅުވަން ތައްޔާރުވަނީ.

ފުވައްމުލައް ސިޓީ ދިގުވާނޑު އަވަށުގައި ގާއިމުކުރެވިފައިވާ ފުވައްމުލަކު ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަށް ހުޅުވާލައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އިލާނުގައި ވާގޮތުން ފުވައްމުލަކުގެ ޕަބްލިކް ލައިބްރަރީ މަރާމާތުކޮށް އަލުން ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެއެވެ.

އެގޮތުން އިލްމީ ފޮތްތަކާއި، ވާހަކަ ފޮތާއި، މައުލޫމާތު، ފޮތްތައް އަދި ނޫސް މަޖައްލާ ފަދަ ތަކެތި ވެސް ހަދިޔާކުރެއްވޭނެ ކަމަށް ވެއެވެ. ފޮތް ހަދިޔާ ކުރައްވާން އެދޭ ފަރާތްތަކުން ފުވައްމުލައް ސިޓީ ކައުންސިލްގެ 6865001 އަށް ގުޅައި ނަން ނޯޓުކުމަށް ވަނީ އެދިފައެވެ.

މީގެ ކުރުން ލައިބްރަރީ ހުޅުވި ދުވަސްވަރު، 2015 ވަނަ އަހަރު ޕާކިސްތާނު ސަރުކާރުން މި ލައިބްރަރީއަށް ފޮތް ހަދިޔާކޮށްފައި ވެއެވެ.

މިއީ ކުރީގެ ދިގުވާނޑު ކައުންސިލުން އިމާރާތްކުރި ލައިބްރަރީއެކެވެ. މި ލައިބްރަރީ އެންމެ ފުރަތަމަ ހުޅުވާފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު 13 ވަނަ ދުވަހު އެވެ.

ފުވައްމުލައް ސިޓީ ލައިބްރަރީ އަލުން ހުޅުވަން ތައްޔާރުވަނީ. މިއީ ކުދިން ދިގުވާޑު ކައުންސިލުން ހިންގި ލައިބްރަރީއެއް.

މިއީ ކުރިން އާއްމުންނަށާއި ސްކޫލު ކުދިންނަށް ފުވައްމުލައް ސިޓީއިން ހުޅުވާލެވިފައިވާ ހަމައެކަނި ލައިބްރަރީއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގެ ކޮންމެ ސްކޫލެއްގައި ވެސް ވަކި ލައިބްރަރީއެއް ހުރެއެވެ. ނަމަވެސް އެ ލައިބްރަރީތަކަކީ ހަމައެކަނި އެސްކޫލެއްގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވަދެވޭ ތަންތަނެވެ.

ދިވެހި ރާއްޖޭގައި އާއްމުންނާއި ކިޔަވާކުދިން ވެސް ފޮތްކިޔުން މަދުކަމަށް ގިނަބަޔަކު ފާހަގަ ކުރެއެވެ. އަދި ލައިބްރަރީ އަށް ޒިޔާރަތްކޮށް ކިޔެވުމުގެ މަސައްކަތުގައި އުޅޭ ކުދިން އެއްވެސް ވަރަކަށް ނުފެންނަ ކަމަށް އާއްމުން ބުނެއެވެ. ނަމަވެސް ކުޑައިރުއްސުރެ ފޮތް ކިޔުމުގެ އާދަ އަށަގެނުވިއްޖެ ނަމަ ކުދިން ފޮތްކިޔައި ލައިބްރަރިތަކަށް ޒިޔާރަތްކުރާނެ ކަމަށް ގަބޫލުކުރެވެއެވެ.

ދިވެހިރާއްޖޭޭގެ ލައިބްރަރީ ތަކަށް މީހުން ނުދާކަމަށް ބުނެވޭ ސަބަބުތަކުގެ ތެރޭގައި، ބޭނުންވާ މުހިންމު ފޮތްތައް ނުހުރުމާއި، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަހުގެ ވާހަކަ ފޮތްތައްކާއި މަޖައްލާ ތައް ނުހުންނަ ކަމުގެ އިތުރުން ލައިބްރަރީގައި އިލްމީ މަޝްވަރާކުރެވޭނެ ކޮޓަރިތައް ނެތުމާއި ޒިންމާދާރު ފަރާތްތަކުން ލައިބްރަރީތަކަށް އައު ފޮތް ހޯދަން ބަޖެޓް ނުލިބުން ހިމެނެއެވެ.

ދިގުވާނޑު ކައުންސިލްގެ ރައީސް އެއަވަށުގައި ހުޅުވި ލައިބްރަރީގައި

މިޒަމާނުގެ ކާމިޔާބު ލައިބްރަރީ ތަކަކީ އެތަންތަނުގައި ފޮތްކިޔުމުގެ އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، ވަކި ސްޓަޑީ އޭރިއާތަކާއި، ޑިސްކަޝަން ރޫމުތަކާއި، ގިނަވަގުތު އިށީދެގެން ތިމުބުމަށް އަރާމު ސޯފާ ތަކާއި ކުޝަން ބެންޗުތަކާއެކު އެއާކޮންޑިޝަން ކުރެވިފައިވާ އާއްމު އޭރިއާތައް ހިމެނޭގޮތުން، ޒިޔާރަތްކުރާ މީހުން ހިތްޖެހޭގޮތަށް ޑިޒައިން ކުރެވިފައިވާ ތަންތަނެވެ.

އިންޓަނެޓްގެ ޚިދުމަތާއި ވައިފައި އާއިއެކު ލުއިކާނާގެ ކެފޭގެ ޚިދުމަތްވެސް ލިބޭ ގޮތަށް ތައްޔާރުކުރެވިފައިވާ ލައިބްރަރީތަކެވެ. މިފަދަ ލައިބްރަރީ ތަކަށް ހިނގާ ޚަރަދުގެ ބަދަލުގައި އެތަނެއް ރައްޔިތުން ބޭނުންކުރުމުން ނުސީދާގޮތުން ލިބިގެންދާ ފައިދާ މިންކުރަން އުނދަގޫވެދާނެއެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކި ޚަަރަދު ނުކޮށް ލައިބްރަރީއެއް ނުހިންގެނެ ކަމެވެ. ފުވައްމުލައް ސިޓީގެ ބަޖެޓްގައި ކޮންމެ އަހަރަކުވެސް ލައިބްރަރީ ތަރައްގީކުމަށާއި އައު ފޮތް ހޯދުމަށް ބަޖެޓް ކުރަން ޖެހެއެވެ.

ފަހުގެ ލައިބްރަރީއެއް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !