A wide advertisement which will be shown on all devices. (700 x 100)

މާދަމާ، އާދިއްތަ ދުވަހު މެންދުރު ފަހު ކަރަންޓް ކެނޑެނީ

ފެނަކައިން ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއްގެ މަސައްކަތް ކުރުމަށް. ފޮޓޯ ފެނަކަ-ފުވައްމުލައް

މާދަމާ، އާދިއްތަ ދުވަހު (8 ނޮވެމްބަރު 2020) މެންދުރުފަހު ފުނާޑު އަވަށު ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

އެގޮތުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:00 އިން 3:30 އަށެވެ. ކަރަންޓް ކަނޑަލަނީ ފުނާޑު އޮޑެހެޕާކް ސަރަހައްދުގައި ބަހައްޓާފައިވާ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓަށް ކަރަންޓް ގުޅުމުގެ މަސައްކަތް ކުރުމަށް ކަމަށް ފެނަކައި ހާމަކުރެއެވެ. މިމަަސްކަތް ކުރެވެން ވަނީ އެސަރަހައްދުން ކަރަންޓް ކަނޑާލައިގެން ކަމަށްވާތީ މާދަމާ 3.5 ގަޑިއިރަ ކަރަންޓް ކަނޑާއިލައިގެން މަސައްކަތް ކުރުމަށް ޝެޑިއުލް ކުރެވިފައިވާކަމަށް ފެންކައިން ހާމަކުރެއެވެ.

އެގޮތުން މާދަމާ ޚިދުމަތް ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:

1. ފުނާޑު އަވަށު ލޯރޯ އިން ފެށިގެން އޭއައިޖީ ފިހާރަ،، ޒެސްޓް،، އޮސްކާ، ސަޕްނާ، މައިކޮން، އިނާން، ސްކައި، ވިލޯވް، ވައިޓް ގޯލްޑް، ހިއްސާ ފިހާރަ އަދި އިންކު ހިމެނޭ ސަރަހައްދުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް  ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.

ފުވައްމުލަކުގެ ކަރަންޓްގެ ޚިދުމަތް އަޕްގްރޭޑް ކުރުމުގެ ގޮތުން ކަރަންޓް ނެޓްވޯކްގެ ކޭބަލްތައް 11 ކިލޯ ވޯލްޓަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް މެނެޖާރު ޝާފީ ވިދާޅުވެފައި ވެއެވެ.

ފުވައްމުލަކުގައި އައު އިންޖީނުގެއެއް އެޅުމަށް ދޫނޑިގަމު ސަރަހައްދުން ބިން ކަނޑައޅާފައި ވެއެވެ.

ކަރަންޓް ކެނޑޭކަމުގެ ފެނަކައިގެ ނޯޓިސް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !