A wide advertisement which will be shown on all devices. (700 x 100)

މަލީހު ވަކިކުރަން ރައީސަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމައިފި

ކޮމިއުނިކޭޝަން، ސައިންސް، ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ. ޖޭޕީގެ ޓިކެޓެއްގައި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު ކަމަށް އައްޔަންކޮށްފައިވާ މަލީހު މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ވަޒީރުންގެ ތެރޭގައި ހިމެނޭ ހަމައެކަނި ފުވައްމުލަކަށް ނިސްބަތްވާ ވަޒީރު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ހުށަހަޅާފައި ވަނީ ޓެލެކޮމިއުނޭޝަން ގާނޫނުގައި ބުނާ ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ދެ އަހަރު ހުންނެވިއިރު ވެސް މަލީހް އިސްވެ ހުންނަވައިގެން ހައްދަވާފައި ނުވާ ކަމަށް ބުނެއެވެ.

މިކަމާއި ގުޅިގެން މަލީހު ވިދާޅުވެފައި ވަނީ، ކޭމުން ހަދަން ޖެހޭ ގަވާއިދެއް ނުހެދުމުން، އެއީ އޭނާގެ މައްސަލައެއް ކަމަށް އެމްޑީޕީއިން ފާހަގަކުރާއިރު، ކޭމްއަކީ ގާނޫނީ ވަކި ޝަހުސެއް ކަމަށެވެ. ކޭމް ހިންގަނީ ބޯޑެއް އައްޔަންކޮށް، ސީއީއޯއަކު އައްޔަންކޮށްގެން ކަން ވެސް މަލީހް ފާހަގަކުރެއްވި އެވެ. މަލީހް ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާއާ މެދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގަތީ، ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވީޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެއީ، ގާނޫނުއަސާސީން ވަޒީރަކަށް ވެސް ލިބިފައި އޮންނަ ހައްގެއް ކަމަށާއި ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދެއްކެވުމަކީ އަބަދުވެސް ކުރާނެ ކަމެއް ކަމަށް މަލީހް ވިދާޅުވި އެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !