A wide advertisement which will be shown on all devices. (700 x 100)

ކަނޑު ދަތުރުކުރާ އުޅަނދުތަކުގެ ‘ސީ ވޯތިނެސް’ ފުރިހަމަކުރުމުގެ މުއްދަތު އިތުރުކޮށްފި

ކަނޑުދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމާތީ އަދި މުއާސަލާތީ ސާމާނު

ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތަކަށް “ސީވޯތިނެސް” ސެޓްފިކެޓް ދޫކުރާއިރު ހަމަކުރަން ޖެހޭ އާލާތްތައް ފުރިމަކުރުމުގެ މުއްދަތު އެއްއަހަރު ދުވަހަށް އިތުރުކޮށްފައި ވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީ އާއި ހަވާލާ ދެއްވައި ސިޓީ ކައުންސިލުން ނެރުއްވި އިއުލާނުގައި ވާގޮތުން މީއީ ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކުގެ ސަލާމަތީ ކަންކަމާއި ބެހޭ ގަވާއިދު 229އާރު/2015 ގައި ބުނާ ތަކެތި ހަމަކުރުމަށް އިތުރަަށް ދެވުނު މުއްދަތެކެވެ. މި މުއްދަތު ދީފައި ވަނީ މިއަހަރު ގެ ޖެނުއަރީ 13 އިން އަންނަ 2022 ވަނަ އަހަރުގެ ޖެނުއަރީ 12 އަށެވެ. އެހާހިސާބަށް ހުރިހާ އުޅަނދެއްގައި ވެސް ކަނޑައަޅާފައިވާ ސަލާމަތީ އަދި މުއާސަލާތި ތަކެތި ހަމަކުރަން ޖެހެއެވެ.

ކަނޑުދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމާތީ ސާމާނު

ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކުގެ ސަލާމަތީ ކަންކަމާއި ބެހޭ ގަވާއިދުގައި ބުނާގޮތުން އުޅަނދު ތަކުގައި ކޮންމެހެންވެސް ހުންނަން ޖެހޭ ތަކެއްޗަކީ:

1. ރާޑަރ ރިފްލެކްޓަރ

2. އިޕާރބް (EPIRB/PLB)

3. ވެސެލް ޓްރެކިން ސިސްޓަމް

4. ބޮޔަންޓް އޮޕަރެޓަރ

މީގެ އިތުރުން އޭ ކެޓަގަރީގެ އުލަނދުތަކުގައި ސެޓަލައިޓް ފޯނެއް ވެސް އޮންނަން ޖެހެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !