A wide advertisement which will be shown on all devices. (700 x 100)

ހުވަނި ކޮންޓްރޯލް ކުރުމަށް ބޭސް ޖަހަން ފަށައިފި

ހުވަންޏަށް ބޭސް ސްޕްރޭ ކުރަން ފަށައިފި - ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގައި މިދުވަސްވަރު ހުވަނީގެ އުނދަގޫ ދިމާވަމުންދާތީ ހުވަންޏަށް ބެސް ޖެހުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުނިސލުން ކުރަން ފަށާފައިވާ ކަމަށް އެކައުންސިލުން ހާމަކުރައްވައެވެ.

ހުވަންޏަށް ބޭސް ޖެހުމުގެ މަސައްކަތް ކުރަނީ ފުވައްމުލައް ސިޓީ ކައުނސިލުގެ މުވައްޒަފުންނެވެ. އެގޮތުން ހުވަނި އަޅާފައިވާ ގަސްތަކަށް ބޭސް ސްޕްރޭ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ހުވަނީގެ އުނދަގޫ ދިމާވާނަމަ އެކަން ސިޓީ ކައުނސިލްގެ ނަމްބަރު 7315001 އަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.

ހުވަންނަށް ބޭސް ސްޕްރޭ ކުރުން – ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލަކުގައި ހުވަނީ އަޅާކަމަށް އެންމެ ބޮޑަށް ފާހަގަ ކުރެވޭ ގަސްތަކުގެ ތެރޭގައި އަނބުގަހާއި، ފުނަގަހާއި، ޖަނބުރޯލު ގަސް، ފޭރު ގަސް، ބަނބުކެޔޮ ގަސް ކުންނާރު ގަސް އަދި މިދިލި ގަސް ހިމެނެއެވެ. ދުނިޔޭގެއި 500 އެއްހާ ބާވަތުގެ ގަސްގަހުގައި ހުވަނި އަޅާކަމަށް ވެއެވެ.

ފުވައްމުލަކުގައި ދޭތެރެ ދޭތެރެއިން ހުވަންޏާއި މަދިރިއަށް ވެސް ބޭސް ސްޕްރޭ ކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !