A wide advertisement which will be shown on all devices. (700 x 100)

އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލުން އަލުން ފަށައިފި

ފުވައްމުލަކު ހޮސްޕިޓަލުގައި ވަގުތީ ގޮތުން މަސައްކަތް ކުރުމަށް އައި ގައިނެކޮލޮޖިސްޓް ޑރ.އަބްދުއް ރަހުމާނު
ފުވައްމުލަކު ހޮސްޕިޓަލުގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް މިއަދު އަލުން ދޭން ފަށައިފިއެވެ.
މީގެ ދެ ދުވަހެއް ކުރިން ފުވައްމުލަކު ހޮސްޕިޓަލުގައި ހުރި ގައިނަކޮލޮޖިސްޓްއަށް ދިމާވި ސިއްހީ މައްސަލައަކާއި ގުޅިގެން ކުއްލިއަކަށް ފުރަން ޖެހުމުން، އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތް ހުއްޓި ގިނަބަޔަކު ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައި ވެއެވެ.
ގިނަބަޔަކު ވިހަން ތައްޔާރުވެފައިވަނިކޮށް އަންހެނުންގެ ޑޮކްޓަރެއްގެ ޚިދުމަތް ނުލިބޭނެފަދަ ގޮތެއް މެދުވެރިވެދާނެތީ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރީއެވެ.
ނަމަވެސް ފުވައްމުލަކު ހޮސްޕިޓަލާއި ކަމާއިގުޅޭ މުއައްސަސާތައް ގުޅިގެން ކުރެވުނު މަސައްކަތުން ޅ.އަތޮޅު ހޮސްޕިޓަލުގެ އަންހެނުންނަށް ޚާއްޞަ ޑޮކްޓަރ، ޑރ. އަބްދުއްރަޙްމާން ޙުސެއިން މިއަދުގެ މެންދުރުގެ ފަހުގެ ވަގުތެއްގައި ފުވައްމުލަކަށް ވަޑައިގެން މި ހޮސްޕިޓަލުގެ ޑޮކްޓުންގެ ޓީމާއި ގުޅިވަޑައިގެންފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.
ވަގުތީ ގޮތުން ނަމަވެސް އަލަށް ވަޑައިގަތް ޑޮކްޓަރުގެ މިއަދުވެސް އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ ކަންކަން ބެއްލެވުމާއި އިމަޖެންސީ ހާލަތްތަކުގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށްވެއެވެ.
ނަމަވެސް އޯޕީޑާގައި އޯޕީޑީގައި މަސައްކަތް ކުރައްވަން ފައްޓަވާނީ މާދަމާ 10 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުން ފެށިގެން ކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ.
އަންހެނުންގެ ޚާއްސަ ޑޮކްޓަރު ފޮނުވައިދެއްވުގައި ޅ. އަތޮޅު ހޮސްޕިޓަލުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާކަމަށް ހޮސްޕީަތލުގެ ބަޔާނުގައި ވެއެވެ.
މިކަލް ނޫހަށް ނުރަސްމީކޮށް ލިބިފައިވާ މައުލޫމާތުން އެނގުނު ގޮތުގައި މިސަރަހައްދުގެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގައިނަކޮލެޖިސްޓަކު ވަގުތީގޮތުން ފޮނުވައި އެދުނުކަމުގައި ވިޔަސް އެކަން ހަމަޖެހޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރަކު ިއއްޔެ ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެދުމަށް އެހޮސްޕިޓަލުގައި މަސައްކްތަ ކުރުމަށް ފޮނުވާފައެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !