ފުވައްމުލަކު ދުބާއީ ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 11 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވު ވެއްޖެއެވެ.
ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް ގިނައަދަދަކަށް މީހުން ޕޮޒިޓިވް ވަމުންދިއުމާއި ގުޅިގެން މީޑިއާތަކަށް، ކަމާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ދިނުމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިރޭ ވަނީ ހާއްސަ ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ.
މި ޕްރެސް ކޮންފަރެންސް ގައި މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކުހެލްތު ޔުނިޓް ހިންގެވުމާއި ހަވާލުވެހުނަނެވި އަދި ހެލްތުއިމަޖެންސީ އޮފަރޭޝަން ސެންޓަރާއިއެކު މަސައްކަތް ކުރެއްވުމަށް، ފުވައްމުލަކު ހޮސްޕިޓަލުން ކަނޑައަޅައިފައިވާ ފޯކަލް ޕޮއިންޓް ސީނިއާ ކޮމިއުނިޓީހެލްތް އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވެފައި ވަނީ މިރެއާއި ހަމަޔަށް ދުބާއީ ކްލަސްޓަރއާއި ގުޅުންހުރި ފަރާތްތަކުގެ 20 ސާމްޕަލް ނަގައި ހޮސްޕިޓަލުން ޓެސްޓްކުރުމުން އެއިގެ ތެރެއިން 11 މީހެއް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި 306 މީހުން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ރަޖިސްޓްރީ ކުރެވިފައި ވާކަމަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ތާށިވެފައި ތިބި މީހުން ފުވައްމުލައް ސިޓީއަށް ގެނައުމުގެ މަސައްކަތް ފުވައްމުލައް ސިޓީއިން ކުރައްވަމުން ގެންދަވާކަމަށްް ފުވައްމުލައ ސިޓީ ކަުއނސިލުގެ ފަރާތުން ނިއުސ ްކޮންފަރެން ކުރިޔަށް ގެންދެވި ޑިރެކްތަރ ޖެނެރަލް އަހުމަދު ނިޖާހު ހާމަކުރެއްވިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ފުވައްމުލަކުގެ އެންމެ ފަހުގެ ހާލަތާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ބޭއްވި މިނޫސްކޮންފަރެންސް ގައި މިވަގުތު ފުވައްމުލައް ސިޓީގެ ހާލަތާއި ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ. އަދި ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައި ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
ކޮވިޑް-19 ފެތުރޭތީ މިއަދުގެ އަސްރު ނަމާދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ނެހެދުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.
ޚިޔާލުތައް