A wide advertisement which will be shown on all devices. (700 x 100)

މަލީހަށް މަޖިލީހުން ފޮނުވި ނޯޓިސްގައި މައްސަލަތަކެއް ހުރި ކަމަށް މަލީހު ވިދާޅުވެއްޖެ

ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ވެރިކަންކުރާ އެމްޑީޕީން ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ އަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ނޯޓިސްގައި ކަމުނުދާ ކަަމަށާއި އެނޯޓިސް އަބުރާ ފޮނުވާލާނެކަމަށް މަލީހު ވިދާޅުވެއްޖެއެވެ.

އެނޯޓިސްއާއި ގުޅޭ ގޮތުން މަލީހު ކުރެއްވި ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅު ވެފައިވަނީ އެއީ ބާތިލް ގަރާރެއް ކަމަށާއި އެގަރާރު ތައްޔާރުކުރެއްވި އެމްޕީ 14 މެންބަރަކަށް އޮޅުވާލާފައިވާ ކަަމަށާއި އެކަމާއި ގުޅިގެން ސުލޫކީ ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެގަރާރުގައި ހުރީ ހަމަނުޖެހޭ ދޮގު ވާހަކަ ކަމަށެވެ. އަދި އެގަރާރުގައި ވަރަށް ބޮޑެތި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުގައި ހުރި ފުވައްމުލަކަށް ނިސްބަތްވާ ހަމައެކަނި މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައިވަނީ  އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީން ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައިވެސް ނިންމާފައެވެ. އަދި އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ވެސް ފޮނުވި އެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ލިޔުމުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންފީޒުކޮށް ހިންގުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ. މިކަމާއި ގުޅިގެން މަލީހު ވިދާޅުވެފައި ވަނީ، ކޭމުން ހަދަން ޖެހޭ ގަވާއިދެއް ނުހެދުމުން، އެއީ އޭނާގެ މައްސަލައެއް ކަމަށް އެމްޑީޕީއިން ފާހަގަކުރާއިރު، ކޭމްއަކީ ގާނޫނީ ވަކި ޝަހުސެއް ކަމަށެވެ. ކޭމް ހިންގަނީ ބޯޑެއް އައްޔަންކޮށް، ސީއީއޯއަކު އައްޔަންކޮށްގެން ކަން ވެސް މަލީހް ފާހަގަކުރެއްވި އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !