A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި އޮތީ ކޮވިޑް-19ގެ 3 ކްލަސްޓާ

ރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 12 ވަނަ ޕްރެސް

ފުވައްމުލައް ސިޓީއިން މިހާތަނަށް ކޮވިޑް-19 އަށް  ޕޮޒިޓިވްވެފައިވާ 39 މީހުންނަކީ ޖުމްލަ 3 ކްލަސްޓާގެ މީހުންކަމަށް ފުވައްމުލައް ސިޓީ އީއޯސީން ހާމަކުރެއެވެ. އެއީ ކްލަސްޓާ 1 ރޭއްޖެއިން ބޭރުން އައި މީހަކާއި ގުޅޭ ކްލަސްޓާ އަކާއި އައްޑޫއިން އައި އަންހެނާކާއި ގުޅުން އޮތް ކްލަސްޓާ އަކާއި ނާލު ބޯޓާއި ގުޅުން އޮތް ކްލަސްޓާއެކެވެ.

އިއްޔެ ފުވައްމުލައް ސިޓީ އިން ކޮވިޑް-19އަށް އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވެ ވެފައެއް ނުވެއެވެ. ރެއާއި އެއިގެ ކުރީ ރޭ ގެ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން އަލުން ބައިވެރިވާން ފަށާފައި ވެއެވެ. އެގޮތުން އިއްޔެ ރޭ ބައިވެރިވީ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދެވެ. ރޭގެ މީޑީއާ ބްރީފިންގައި ބައިވެރިވީ ސީނިއާ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދުއެވެ.

މިހާތަނަށް ފުވައްމުލައް ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 39 ގައި ހުރިއިރު އެކްޓިވް ކޭސްގެ ގޮތުގައި ފުވައްމުލައް ސިޓީގައި ތިބި އަދަދަކީ 31 މީހުންނެވެ. ބަލީގެ އެކަކު ވަނީ އައްޑޫ ސިޓީއަށް ބަދަލުކުރެވިފައެވެ. އަދި 7 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް. ސިޓީ ކައުންސިލް

މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ނަގާފައިވާ ޖުމްލަ 4646 ނަގާފައިވާ އިރު އިއްޔެ ނެގި ޖުމްލަ ސާމްޕަލްގެ އަދަދަކީ 161، އިއްޔެގެ ޓެސްޓް ނުކުރެވޭ ސާމްޕަލް 276 ސާމްޕަލް އެބަހުއްޓެވެ. އަދި 89 ސާމްޕަލެއްގެ ނަތީޖާ ވަނީ ލިބިފައެވެ.

މިއަދު ސާމްޕަލްތައް 

ޓްްރެވެލް 6

ފްލޫ ކްލިނިކް 23

ކޮންޓެކްޓް ޓްރޭސިން ގެ 12

ހޯމްކަރަންޓީނުގެ 40 ސާމްޕަލް

މިހާތަނަށް ޖުމްލަ 760 ކޮންޓެކްޓްސް ފާހަގަ ކުރެވިފައި ވެއެވެ. މި މީހުންގެ ތެރޭގައި ހައިރިސްކް 45 މީހުނާއި ބަލީގެ އަލާމަތް ހުރި 12 މީހަކު ހިމެނެކަމަށް ޑީޖީ ނިޖާހު ފާހަކުރެއްވިއެވެ.

ފުވައްމުލައް ސިޓީ އީއޯސީއަށް ހައިވޭ29 ގެ އެހީއެއް

ވެކްސިން އަޕްޑޭޓްސް

އިއްޔެ ވެކްސިން ޖެހިފައިވަނީ 96 މީހުން (އެއީ 60 އަހަރުން މަތީގެ 12، އިސްސަފުގެ މަސައްކަތް ތެރިން 68، ދާންމަތިވެފައިވާ 5 އަދި އެހެނިހެން  މީހުން 11)

މިހާތަނަށް ފުވައްމުލައް ސިޓީއިން ވެވެކްސިން ޖެހިފައި ވަނީ ޖުމްލަ 1258 މީހަކަށެވެ. މިހަފުތާ ތެރޭގައި އިތުރު ވެކްސިން ލިބޭނެ ކަމަށް މެޔާ ފަލާހު ވިދާޅުވިއެވެ.

ޕޮލިސް މޮނިޓަރިން

ވިޔަފާރިތައް މިއަދު އެއްވެސް ވިޔަފާރިއަކަށް ފިޔަވަޅު އެޅިފައެއް ނުވެއެވެ.

ކާފިއު އާއި ޚިލާފުވުމުން އާއްމު ފަރާތްތަކުގެ ތެރެއިން 12 މީހަކު ޖޫރިމާނާ ކުރެވިފައި ވާއިރު 1 ވިޔަފާރިއެއް ވެސް ޖޫރިމާނާ ކުރެވިފައެވެ.

 

+1
0
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !