މިއަދު ކަރަންޓީނުން 6 މީހަކު ޕޮޒިޓިވް ވެއްޖެ

ރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 15 ވަނަ ޕްރެސް
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީ ކަރަންޓީނުން މިއަދު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ ހަވްސްބޯޓާއި ގުޅިގެން ޕޮޒިޓިވް ވި މީހުންގެ ކޮންޓެކްޓްސްގެ ގޮތުން ކަރަންޓީނުކުރެވިފައިވާ އުޖާލާބޯޓުން ޕޮޒިޓިވް ވި 6 މީހެކެވެ. މިފަހަރުގެ ފުރަތަމަ ދުވަހުގެ ރޭންޑަމް ސާމަޕލަިންގެ 50 މީހުންގެ ނަތީޖާވެސް ވަނީ ނެގަޓިވް ވެފައެވެ.

މިއަދު 6 މީހުން ޕޮޒިޓިވްވި ކަމުގައި ވިޔަސް އެއީ ކޮމިއުނީޓި ތެރެއިން ބައްޔަށް ޕޮޒިޓިވް ވީ ބައެއް ނޫން ކަމަށް ވެފައި އެއީ ކަރަންޓިނުގަިއ ތިބި ބަޔަކަށްވެ، އެމީހުންގެ އެއްވެސް ކޮންޓެއްޓެއް ހުރިކަން މިހާތަނަށް އެނގިފައި ނުވާކަމަށް މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ ނިއުސް ބްރީފިންގައި ހާމަކުރެއްވިއެވެ. ވުމާއެކު މިއީ ރަށުގައި ބަލި އިތުރަށް އޮތްކަމަށް ބެލެވޭނެ ޕޮޒިޓިވް ކޭސްތަކެއް ނޫނެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 25 ފެބްރުއަރީ 2021. ފުވައްމުލައް ސިޓީ އޯއީސީ

ފުވައްމުލައް ސިޓީއިން މިއަދު ޕޮޒިޓިވްވި 6 މީހުންނާއެކު މިހާރު ޖުމްލަ 45 ބައްޔަށް ޕޮޒިޓިވް ވީއެވެ. މިއަދު އިތުރު 2 މީހަކު ބަލިން ރަނގަޅުވެފައި ވުމުން މިހާރު ބަލިން ރަނގަޅުވި ޖުމްލައަކީ 19 އެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި ފުވައްމުލައް ސިޓީގައި ތިބީ 25 މީހުންނެވެ. އެކްޓިވް ކޭސްގެ ބަލީގެ އެކަކު ވަނީ އައްޑޫ ސިޓީއަށް ބަދަލުކުރެވިފައެވެ.

މޮނިޓަރިން ހާލަތާއި ގުޅިގެން ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު މާދަމާ ރެއަށް ހަމަވާނެއެވެ. ނަމަވެސް އެފިޔަވަޅުތަކާއި މެދު އަދި އެޗްޕީއޭއީން ގޮތެއް ނުނިންމައެވެ. މިވަގުތު މާލޭ އެޗްއޯސީގެ ދެ ބޭފުޅަކު ފުވައްމުލަކަށް ވަޑައިގެން ހާލަތު ބައްލަވަމުން އެބަގެންދަވައެވެ.

ފުވައްމުލައް ސިޓީގެ މޮނިޓަރިން ޙާލަތުން ނެގޭނީ މިހާރު ނަގަމުން ދާ ރޭންޑަމް ސާމަޕަލްތަކުގެ ނަތީޖާ އަންނަ ގޮތަކުން ކަމަށް މީޑިއާ ބްރީފިންގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މިރޭ ކުރިއަށްދިޔަ ފުވައްމުލައް ސިޓީ އީއޯސީގެ 15 ވަނަ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދުއެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ބައިވެރިވީ ޑީޖީ އަހުމަދު ނިޖާހު އާއި ޑިރެކްޓަރ އަލީ މަސީހު އެވެ.

އިން ބޭއްވި 15 ވަނަ ޕްރެސް، 25 ފެބްރުއަރީ 2021

މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ޖުމްލަ 5423 ސާމްޕަލް ނަގާފައިވާ އިރު، މިއަދު ނެގި ޖުމްލަ ސާމްޕަލްގެ އަދަދަކީ 225 އެވެ. ޓެސްޓް ނުކުރެވޭ 638 ސާމްޕަލް ހުރިއިރު މިއަދު ނަތިޖާ ލިބުނީ 66 ސާމްޕަލެއްގެ އެވެ.

މިއަދު ވެސް ރޭމްޑަމް ސާމްޕަލްގެ 200 ނަގާފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން އަހުމަދު ސައީދު ހާމަކުރެއްވިއެވެ.

މިއަދުގެ 225 ސާމްޕަލް ބެހިގެން ދަނީ: 

ދަތުރުވެރިންގެ 17

ފްލޫ ކްލިނިކް 6

ކޮންޓެކްޓް ގެ 2

ހޯމްކަރަންޓީނުގެ 0 ސާމްޕަލް

ރޭންޑަމް ސާމަޕަލިންގެ 200 އެވެ.

އާއްމުންގެ ފަރާތުން އަންނަނީ ފުވައްމުލަކު ހޮސްޕިޓަލަށާއި އީއޯސީއަށ ތަފާތު ގޮތްގޮތުން އެހީތެރިވަމުން.

ވެކްސިން އަޕްޑޭޓްސް

މިއަދު ވެކްސިން ޖެހިފައި ވަނީ 396 މީހުންނަށެވެ. އެއީ:

45 އަހަރުން މަތީގެ 250،

30-45 އަހަރާއި ދެމެދުގެ ހައިރިސްކް 133

ކުރީސަފުގެ މަސައްކަތް ތެރިން 6،

ދާންމަތިވެފައިވާ 0 އަދި

އެހެނިހެން މީހުން 7 އެވެ.

މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖެހިފައި ވަނީ ޖުމްލަ 1984 މީހަކަށެވެ. މިއަދާއި ހަމަޔަށް ފުވައްމުލައް ސިޓީއަށް ލިބިފައި ވަނީ ވެކްސިންގެ 3 ބެޗުން 2320 ޑޯޒް އެވެ. އެއީ ފުރަތަމަ ބެޗްގައި 380، ދެވަނަ ބެޗްގައި 940 އަދި 3 ވަނަ ބެޗްގައި 1000 އެވެ.

މިއަދަކީ މިހާތަނަ ށްއެންމެ ގިނަ މީހުންނަށް ވެކްސިން ޖެހުނު ދުވަހެވެ. މިހާރު ވެކްސިން ޖަހަނީ 45 އަހަރުން މަތީގެ އެންމެންނާއި 35 އހަރުން މަތީގެ ހައިރިސްކް މިހުންގެ އިތުރުން ފްރޮންޓްލައިނާސް އަށެވެ.

ވެކްސިން ޖެހުން؛ މިއަދު 25 ފެބްރުއަރީ 2021 ގައި 396 މީހަކަށް ވެކްސިން ޖަހާފައިވޭ

ވެކްސިން ޖެހުމުގައި އަދިވެސް ހަމަހަމަކަމާއި އިންސާފު ގެއްލިގެންދާކަމަށް ބުނެ އާއްމުންގެ ފާޑުކިޔުންތައް އަމަޒުވެއެވެ. ފުވައމްުލަކު ހޮސްޕިތަލުން ހާމަކުރައްވަނީ އެހެން ބައެއްފަހަރު ދިމާވަނީ ވެކްސިން ޖަހަން ކަނޑައެޅިފައިވާ އުމުރު ފުރައިގެ މީހުން ހާޒިރުވެފައި ނެތުމުން އެވަގުތަކުން ހުސްކުރަން ޖެހޭ ވެކްސިން ފުޅިއެއްގައި ހިމެނޭ ބާކީ ބައި ހުސްކުރުމުގެ ގޮތުން ޖަހާ މަދު މީހެއް ކަމަށެވެ.

އެގޮތުން މިއަދު އެހެންނިހެން ބައިގައި  ވެކްސިން ޖެހިފައިވަނީ އެނެމް 7 މީހުންނަށް ކަމަށް ވުމުން ފުވައްމުލަކު ހޮސްޕިޓަލުގެ ބަހުގައި ބުރަދަނެއް ހުރިކަން ސާބިތުކޮށްދެއެވެ. އެންމެންނަށް ވެސް ވެކްސިން ޖެހެނެ ކަމަށާއި މިވަގުތަސް އުމުރުފުރާތަކެއް ކަނޑައަޅައިގެން ޖަހަން ނިންމާފައި ވަނީ ވެކްސިން ޖެހުމުގެ ކަންތައްތައް ވަކި އުސޫލެއްގެ ދަށުން މެނޭޖުކޯސްގެން ކުރިޔަށް ގެންދިއުމަށް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވިއެވެ.

ޕޮލިސް މޮނިޓަރިން

އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން 18 މީހަކު ޖޫރިމާނާ ކޮށްފައި ވާކަމަށާއި ހޮމްކަރަންޓިނުގެ އުސޫލާއި  ޚިލާފުވެގެން ިއތުރު 2 މީހަކު ޖޫރިމައިނާ ކުރެވިފައިވާކަމަށް މިރޭގެ މީޑިއާ ބްރީފިްނގައި މައުލޫމާތު ދެއްވިއެވެ.

އިން ބޭއްވި 15 ވަނަ ޕްރެސް، 25 ފެބްރުއަރީ 2021

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments