A wide advertisement which will be shown on all devices. (700 x 100)

ކޮމިއުނިޓީ ޕޮޒިޓިވް ކޭސް އެއްނެތި 10 ދުވަސް، ރޭންޑަމް ސާމަޕަލްތައް ނެގަޓިވް

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 21 ވަނަ ޕްރެސް

ފުވައްމުލައް ސިޓީއިން މިއަދު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެއާއެކު ކޮމިއުނުޓީއިން ޕޮޒިޓިވް ކޭސް އެއް ނުފެނި ޖެހިޖެހިގެން 10 ދުވަސް ވީއެވެ. އަދި މިހާތަނަށް ޓެސްޓު ކުރެވުނު 900 އެއްހާ ރޭންޑަމް ސާމްޕަލް ވެސް ވަނީ ނެގަޓިވެ ވެފައެވެ.

ނަމަވެސް އެޗްޕީއޭގެ މޮނިްޓަރިން އާއި ގުޅިގެން އަޅާފައިވާ ކާފިއުގެ ފިޔަވަޅުތަކަށް މިހާތަނަށް ލުޔެއް ދީފައެއް ނުވާތީ އެކަމުގެ ކަންބޮޑުވުން އާއްމުން އަންނަނީ ފާޅުކުރަމުންނެވެ. މާދަމާއަކީ 2 ވަނަ ކާފިއުގެ މުއްދަތު ހަމަވާ ދުވަހެވެ. ބެލެވޭ ގޮތުން މާދަމާ، ހުކުރު ދުވަހަށް ފަހު ކާފިއުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނެއެވެ. ނޫނީ މުއްދަތު އިތުރު ނުކޮށް ނިންމާލުން ވެސް ކައިރިއެވެ.

މިއަދު ޕޮޒިޓްވް ކޭސް އެއް ނެތުމާއެކު ރަށުގެ ޖުމްލަ ހުރީ 51 ގައެވެ. މިއަދު ބަލިން އިތުރު 1 މީހަކު ރަނގަޅުވެފައިވުމުން މިހާރު ބަލިން ރަނގަޅުވި ޖުމްލައަކީ 32 އެވެ. އަދި ބަލީގެ އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 19 މީހުންނެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 3 މާރިޗު 2021. ފުވައްމުލައް ސިޓީ އޯއީސީ

ފުވައްމުލަކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލެވިފައިވާތީ އެކަމަށް ލުޔެއް ލިބޭތޯ އިސްލާމިކް މިނިސްޓްރީއާއި އެކު ކުރެވުނު މަޝްވަރާއަސް މާދަމާ އެމިނިސްޓްރީގައި މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމާފައި އަންގާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަސް ޑެޕިއުޓީ މޭޔަރު ޟިރާރު ވިދާޅުވިއެވެ.

މިރޭ ކުރިއަށްދިޔަ ފުވައްމުލައް ސިޓީ އީއޯސީގެ 20 ވަނަ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެފައެއް ނުވެއެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު އާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު އަދި ޑިރެކްޓަރ އަލީ މަސީހު ބައިވެރިވެ ވަޑައިގަތެވެ.

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 21 ވަނަ ޕްރެސް

ބައްޔަށް ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން މިއަދު 200 މީހުންގެ ނަތީޖާ ލިބުނު އިރު ނަތީޖާ ނުލިބި 264 މީހުންގެ ސާމްޕަލްތައް އެބަހުރިކަމަށް މިޑީއާ ބްރީފިންގައި ހާމަކުރެއްވިއެވެ.

މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ޖުމްލަ 6498 ސާމްޕަލް ނަގާފައިވާ އިރު، މިއަދު ނެގި ޖުމްލަ ސާމްޕަލްގެ އަދަދަކީ 149 އެވެ.

މިއަދު ރޭމްޑަމް ސާމްޕަލްގެ 100 ނަގާފައިވާކަމަށް ހާމަކުރެއްވިއެވެ.

މިއަދުގެ 100 ސާމްޕަލް ތަކުގެ ތަފުސީލް. 

ދަތުރުވެރިންގެ 20

ފްލޫ ކްލިނިކް 6

ކޮންޓެކްޓް ގެ 3

ހޯމްކަރަންޓީނުގެ 20 ސާމްޕަލް

ރޭންޑަމް ސާމްޕަލިންގެ 100 އެވެ.

ވެކްސިން އަޕްޑޭޓްސް

މިއަދު ވެކްސިން ޖެހިފައި ވަނީ 196 މީހުންނަށެވެ. މިހާރު ވެކްސިން ޖަހަނީ 18 އަހަރުން މަތީގެ އެންމެންނަށެވެ.

މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖެހިފައި ވަނީ ޖުމްލަ 4048 މީހަކަށެވެ.

މިހާރުވެކްސިން ޖެހުން ކުރިޔަށް ގެންދަނީ ޏ.އޭއީސީ ހޯލުން އެކަންޏެވެ. މާދަމާ ވެސް ހެނދުނު 10:00 އިން ހަވީރު 5:00 އަށް ވެކްސިން ޖެހުމަށް ވަނީ ހުޅުވާލާފައެވެ. އަދި ނަމްބަރު ދޫކުރާނީ 4:30 އާއި ހަމައަށެވެ.

ވެކްސިން ޖެހުމަށް އާއްމުންގެ ހިތްވަރުދިނުމގެ ގޮތުން މިއަދު ވެސް ފުވައްމުލައް އީއޯސީގެ ފަރާތުން 1500 މީހުންނަށް ގުޅައިގެން ވެކްސިން ޖެހުމަށް ހަނދާންކޮށްދީފައިވާނެ ކަމަށް މިރޭގެ މީޑިއާ ބްރީފިންގައި ހާމަކުރެއްވިއެވެ. އަދިވެސް ވެކްސިން ޖެހުމަށް މީހުން ނުކުންނަ މިންވަރު އިތުރު ކުރަންޖެހޭ ކަމަށް ސިޓީ ކައުންސިލާއި ހޮސްޕިޓަލުގެ ފަރާތުން ވެސް ފާހަގަ ކުރެވިގެން ދިޔައެވެ.

ވޮލަންޓަރީ ސާމްްޕަލް ނެގުން މާނޭރެ އަތިރީގައި – ކޮންމެ ދުވަހަކުވެސް

ޕޮލިސް މޮނިޓަރިން

އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން 9 މީހަކާއި އެއް ވިޔަފާރިއެއް ޖޫރިމާނާ ކޮށްފައި ވާކަމަށް މިރޭގެ މީޑިއާ ބްރީފިންގައި މައުލޫމާތު ދެއްވިއެވެ.

މައުލޫމާތު: ފުވައްމުލައް އީއޯސީ 21 ވަނަ ޕްރެސް، 3 މާރިޗް 2021، 21:00.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !