A wide advertisement which will be shown on all devices. (700 x 100)

ކާފިއު އުވާލައިފި – ނަމަވެސް އަދިވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައި

ފުވައްމުލައް ސިޓީ އީއޯސީ އަށް އެހީތެރިކ

ފުވައްމުލައް ސިޓީގައި މި ފެބްރުއަރީ މަހު 13 ވަނަ ދުވަހު އެޅި ކާފިއުގެ 21 ދުވަހަށް ފަހު އިތުރު ނުކުރުމަށް އެޗްޕީއޭއިން މިރޭ ނިންމައިފިއެވެ. ނަމަވެސް ފާއިތުވި ފެބްރުއަރީ މަހު 9 ގައި އެޗްޕީއޭގެ މޮނިޓަރިން އަށް ލާފައިވާ ގޮތަށް އަދިވެސް އޮތީ މޮނިޓަރިންގައެވެ.

އެޗްޕީއޭގެ މޮނިތަރިން އައި ގުޅިގެން އެޅިފިޔަވަޅުތައް އުވުމާއެކު ދެން ސަމާލުވާން ޖެހެނީ މޮނިތަރިން ގެ އުސޫލުތަކާއި އާއްމު ކޮވިޑް އެސްއޯޕީތަކަކަށެވެ. އެގޮތުން މާސްކް އެޅުމާއި ގައިދުރު ކުރުން އަދި އަތްދޮޮވުން ހިމެނެއެވެ. އަދި ރަށަށް އަރާފެބުން އަދިވެސް ވަނީ ހިފެހެއްޓިފައިއެވެ. ރަށަށް އެރުމަށާއި ރަށުން ފުރުމަށް ޚާއްސަ ހުއްދައެއް ނަގަން ޖެހެއެވެ.

އެޗްޕީއޭގެ ކާފިއުގެ ފިޔަވަޅުތަކުގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ހިފެހެއްޓިފައިވާ ކަންތައްތައް އަލުން ހުޅުވެގެން ދިޔައީއެވެ.

އެޗްޕީއޭގެ ކާފިއުގެ ފިޔަވަޅުތައް މިރޭ އުވޭނެ.

  1. ޕާޓީތަކާއި، ހަފުލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން. (ސިޓީ ކައުންސިލްގެ އެނގުން: އޮންލައިންކޮށް ކުރިޔަށްގެންދިއުން)
  2. ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗަށާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނކުރުން.
  3. ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދިއުމާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް އެންގުން. ނަމަވެސް ޒަރުރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދަން ދާދިއުން މީގައި ނުހިމެނެއެވެ.
  4. އެއްފާހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗަށައި އާއްމު ތަންތަނަށް އެއްވެ އުޅުމަށް ހުއްޓައިލުމަށް އެންގުން.
  5. ސެލޫން، ބޯކޮށާތަންތަން ބަންދުކުރުން. (ސިޓީ ކައުންސިލްގެ އެންގުމުގައި (މިބަޔަށް ޖިމް އިތުރުކުރެވިފައިވޭ)
  6. ކުޅިވަރުގެ ހުރިހާ ހަރަކާތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  7. ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ޚިދުމަތްދިނުން.
  8. ފިހާރަތަކާއި ބޭންކްތައް ފަދަ އާއްމު ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް، ގައިދުރުކަން ބެހެއްޓުމާއި ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި ރައްކާތެރިކަމުގެ އެހެެނިހެން ފިޔަަޅުތައް އަޅައިގެން ޚިދުމަތްދިނުން.
  9. ޔުނިވަރސިޓީތަކާއި، ކޮލެޖް، ސްކޫލްތަކަށް، ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށްގެންދިއުން ހުއްޓައިލުން. (ސިޓީ ކައުންސިލްގެ އެންގުން: ސްކޫލް، ކޮލެޖު، ޓިއުޝަން ސެންޓަރުތައް، ގުރުއާން ކްލާސް އަދި އެނޫން ވެސް ކިޔަވައިދޭ އެންމެހާ ކްލާސްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން.
  10. ހޮޓާތަކާއި ކެފޭ، ރެެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރެގައި ޑެލިވަރީގެ ޚިދުމަތްތައް ދިނުން ނުހިމެނެއެވެ. (ސިޓީ ކައުންސިލްގެ އެންގުން: ސައިހޮޓާ ފަދަ ތަންތަނަށް ޓޭކްއަވޭ ނުވަތަ ޑެލިވަރީ ނޫން ގޮތަކަށް ޚިދުމަތް ނުދިނުން).

މިހުރިފާ ފިޔަވަޅުތަކެއް މިރޭ 12 އިން ފެށިގެން އުވިގެން ދާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ރަށި މީހާ

    މިހާރު ދެން އިތުރަށް ލޮކުޑައުންގަ ބާއްވަން ޖެހޭ ހާލަތެއް ނެތް