A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 ހެ ހާލަތު: މިއަދުވެސް އިތުރު ޕޮޒިޓިވް ކޭސްއެއް ނެތް

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 24 ވަނަ ޕްރެސް

ފުވައްމުލައް ސިޓީއިން މިއަދު ވެސް ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވް ވެފައި ނުވާކަމަށް މިރޭ ބޭއްވި 24 ވަނަ މީޑިއާ ބްރިފިންގައި ހާމަކުރައްވައިފިއެވެ. މިހާރު ރަށުގައި ތިބިި 14 އެކްޓިވް ކޭސްގެ ތެރެއިން ގިނަބަޔަކު ބަލިން ރަނގަޅުވިތޯ މާދަމާ އެސެސް ކުރެވި ދޫކޮށްލެވޭ ކަމަށް ބެލޭކަމަށް ވެއެވެ.

މިހާރު ވެސް ފުވައްމުލައް ސިޓީ އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ. މޮނިޓަރިން ހާލަތުން ނެގޭނެ ކަމަށް އެޗްޕީއޭއިން ލަފާދެއްވާފައި ވަނީ އެންމެ ފަހުން ރަށުން ޕޮޒިޓިވްވި ކޭސް ފެނުނުތާ 14 ދުވަސް ފަހުންނެވެ. އެދުވަހަކަށް ވަނީ މި މާރިޗު މަހު 15 ވަނަ ދުވަހެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 7 މާރިޗު 2021. ފުވައްމުލައް ސިޓީ އޯއީސީ

މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19 ޕޮޒިޓިވް ކޭސް އެއް ނެތްއިރު އިތުރު މީހަކު ބަލިން ރަނގަޅުވެފައެއް ވެސް ނުވެއެވެ. ވުމާއެކު އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ ކުރިން ވެސް ތިބި 14 މީހުންނެވެ. ބަލިން ފަސޭހަވި ޖުމްލަ އަދަދު 37 ގައި ހުރިއިރު މިހާތަނަށް ރަށުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ 51 އަށް ވެސް ބަދަލެއް ނާދެއެވެ.

މިރޭ ކުރިއަށްދިޔަ ފުވައްމުލައް ސިޓީ އީއޯސީގެ 24 ވަނަ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެފައެއް ނުވެއެވެ. ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު އާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު ބައިވެރިވެ ވަޑައިގަތެވެ.

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 24 ވަނަ ޕްރެސް

ކޮވިޑް ބައްޔަށް ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން މިއަދު 71 މީހުންގެ ނަތީޖާ ލިބުނު އިރު ނަތީޖާ ނުލިބި 161 މީހުންގެ ސާމްޕަލްތައް އެބަހުރި ކަމަށް މިޑީއާ ބްރީފިންގައި ހާމަކުރެއްވިއެވެ.

މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ނެގި ސާމްޕަލްގެ ޖުމްލައަކީ 6919 އެވެ.

މިއަދު ރޭމްޑަމް ސާމްޕަލްގެ 50 ނަގާފައިވެއެވެ.

މިއަދުގެ 87 ސާމްޕަލް ތަކުގެ ތަފުސީލް. 

ދަތުރުވެރިންގެ 31

ފްލޫ ކްލިނިކް 5

ކޮންޓެކްޓް ގެ 1

ހޯމްކަރަންޓީނުގެ 0 ސާމްޕަލް

ރޭންޑަމް ސާމްޕަލިންގެ 50 އެވެ.

ވެކްސިން އަޕްޑޭޓްސް

މިއަދު ވެކްސިން ޖެހި މީހުންގެ އަދަދަކީ 120 އެވެ. އަދި އިއްޔެ ވެކްސިން ޖަހާފައިވަނީ 215 މީހުންނެވެ. އެއާއެކު މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖަހާފައި ވަނީ ޖުމްލަ 4672 މީހަކަށެވެ.

މާދަމާ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 5:00 އަށް ވެކްސިން ޖެހުމަށް ވަނީ ހުޅުވާލާފައެވެ. އަދި ނަމްބަރު ދޫކުރާނީ 4:30 އާއި ހަމައަށެވެ.

މިއަދުގެ ކޮވިޑް ސާމަޕަލް އަދި ވެކްސިންގެ އަދަދުތައް – ފުވައްމުލައް ސިޓީ، 7 މާރިޗް 2021

ފުވައްމުލައް ސިޓީގެ ވީހާ ގިނަބަޔަކަށް ވެކްސިން ޖެހުމަށް ގެގެއަސް ޒިޔާރަތްކޯސް މީހުންނަސް މައުޅޫޟާތޫ ދި ވްކސިން ނުޖަހާތިބި މީހުންނަށް ދިމާވެފައިވާ ދަތިތައް ބެލުމުގެ ހަރަކާތެއް ވެސް މާދަމާ ފެށިގެން ދާނެކަމަށް ޑީޖީ ނިޖާޙު ފާހަގަ ކުރެއްވިއެވެ.

މައުލޫމާތު: ފުވައްމުލައް އީއޯސީ 24 ވަނަ ޕްރެސް، 7 މާރިޗް 2021، 21:00.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !