A wide advertisement which will be shown on all devices. (700 x 100)

އެޗްޕީއޭ މޮނިޓަރިން އިން ފުވައްމުލައް ސިޓީ ނަގައިފި

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 9 މާރިޗު 2021. ފުވައްމުލައް ސިޓީ އޯއީސީ

ހެލްތު ޕްރޮޓެކްޝްނ އޭޖެންސީ (އެޗްޕީއޭ) ގެ މޮނިތަރިން އިން ފުވައްމުލައް ސިޓީ އިއްޔެ ވަނީ ނަގާފައެވެ. ފުވައްމުލައް ސިޓީ މޮނިޓަރިން އިން މިނެގީ 1 މަސް ދުވަހުގެ މުއްދަތަކަށްފައހު އެވެ. ކޮވިޑްފެތުރޭކަމަށް ބެލެވޭތީ ފުވައްމުލައް ސިޓީ މޮނިޓަރިން ހާލަތަށް ލީ ނިމުނު ފެބުރުއަރީ މަހު 9 ވަނަ ދުވަހުގެ ރޭ އެވެ.

ކުރިން ބެލެވިަފއި އޮތީ މޮނިޓަރިން އިން ނަގާނީ މިމަހު 15 ވަނ ަދުވަހު ކަމަށެވެ. ނަމަވެސް އެޗްޕިއޭއިން މިވަނީ އެއަށްވުރެ އަވަހަށް މޮނިޓަރިންއިން ނަގާފައެވެ. މޮނިޓަރިން ހާލަތުގައި އޮތުމުން ހިފެހެއްޓެނީ ރަށް ދަތުރުފުތުރު ކުރުމުގެ ހައްގުތަކެވެ.

މޮނިޓަރިން އިން ނެގުމާއެކު ރަށުގެ ކަންތައްތައް އާއްމު ޙާލަތަކަށް ބަދަލުވީއެވެ. ނަމަވެސް އެޗްޕީއޭއިން ނެރެފައިވާ އާއްމު ސިއްހަތު ރައްކާކުރުމުގެ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖއެއަށް ވެސް އެބައޮތެވެ. އެއަމުރުގެ ދަށުން އެޗްޕީއެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަކަޅުތަކެއް ވެސް އެބަހުއްތެވެ. އެގޮތުން ބޭރުގައި އުޅޭ އރު މާސްކް އެޅުމާއި، ގަިއދުރުކެން ބެހެއްޓުމާއި އަތްދޮވުން ނުވަތަ ސެނިޓެއިޒަރ ބޭނުންކުރުން ހިމެނެއެވެ.

ފުވައްމުލައް ސިޓީއިން ވެކްސިން ޖެހުނު މީހުންގެ އުމުރުފުރާ 2021 މާރިޗު 7 އަށް

ފުވައްމުލައް ސިޓީ މޮނިޓަރިން އަށް ލުމަށްފަހު އެއިގެ 3 ދުވަސް ފަހުން އެޗްޕީއޭގެ ޚާއްސަ ފިޔަވަޅުތައް (ކާފިއު) ވެސް އަޅާފައި ވެއެވެ. އެފިޔަވަޅުތައް އުވާލީ 21 ދުވަހަށް ފަހު، މި މާރިޗު މަހު 5 ވަނަ ދުވަހުއެވެ.

ފުވައްމުލައް ސިޓީއިން ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން އައިސޮލޭޓް ކުރެވިފައިވާ ބެއް މީހުން އަދިވެސް އެބަތިއްބެވެ. ނަމަވެސް ގިނަ ބަޔަކު މިހާރު ވަނީ ބަލިނެތްކަން ޔަގީން ކުރުމަށްފަހު ދޫކޮށްލެވިފައެވެ.

ފުވައްމުލައް ސިޓީ އިން ރޭ ނެރުނު ކޮވިޑް-19 ގެ އަޕްޑޭޓްސް ތަކުގައި ވަގޮތުން އިއްޔެ އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.  އަދި އިތުރު މިހަކު ބަލިން ރަނގަޅުވެގެން ދޫކޮށްފައެއް ވެސް ނުވެއެވެ. ވުމާއެކު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 10 މީހުންނެވެ. ބަލިން ފަސޭހަވި މުޅި ޖުމްލަ އަދަދު 44 ގައި ހުރިއިރު މިހާތަނަށް ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ވަނީ ޖުމްލަ 54 މީހުންނެވެ.

އެންމެ ފަހުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރީގެ ޕޮޒިޓިވް ކޭސް އަކާއި ގުޅިގެން ހަވާސްބޯޓުގައި އައިސޮލޭޓް ކުރެވިފައިވާ މީހުންގެ ތެރެއިން 3 މީހެކެވެ. އެއީ ބިދޭސީ 3 މީހުން ކަމަށާއި އެމީހުންގެ ކޮންޓެކްޓެއް ނެތްކަމަށް ވެއެވެ.

އިއްޔެ ފުވައްމުލައް ސިޓިއިން 96 ސާމަޕްލަ ނެގި އިރު މިހާތަނަށް ނެގި ޖުމްލަ ސާމަޕަލްގެ އަދަދަކީ 7089 އެވެ. އަދި ނަތީޖާ ނުލިބި 96 ސާމްޕަލް އެބަހުއްޓެވެ.

މިހާރު ފުވައްމުލައް ސިޓީ ވަނީ އާއްމުކޮށް ކޮންމެ ރެއަކު ބާއްވަމުންގެންދިޔަ އީއޯސީއިން މީޑިއާ ބްރީފިން ހުއްޓާލާފައެވެ. ނަމަވެސް ރަށުގެ އެކަކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަފުތާއަކު 2 ނޫނީ 3 ދުވަހު މީޑިއާ ބްރީފިން ބާއްވާނީ ކަމަށް ވަނީ ހާމަކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !