A wide advertisement which will be shown on all devices. (700 x 100)

ދުޅަހެޔޮ ހަށިހެޔޮ ކަސްރަތުގެ އައު ބުރެއް ފަށަނީ

ފާއިތުވި އޮކްޓޯބަރު މަހު ކުރިޔަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމުގެ ހަރަކާތްތަކުގެ ތެރެއިން

ފުވައްމުލަކު އިޖުތިމާއީ މަރުކަޒުން ކުރިޔަށް ގެންދާ ކަސްރަތު ޕްރޮގްރާމުގެ މިއަހަރުގެ (2021 ގެ) ފުރަތަމަ ބުރު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ ބުރުގައި މޫދު ކަސްރަތުގެ 20 ޖާގަ އާއި އެއްގަމު ކަސްރަތު ޕްރޮގްރާމުގެ 50 ޖާގައަށް، މި މާރިޗު މަހު 10 ގައި ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މިއީ ދެ ޖިންސްގެ 15 އަހަރުން މަތީ މީހުންނަށް ހުޅުވާލަާފައިވާ މި ކަސްރަތު ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ އެންމެހަފުން ބޭއްވުނު ބުރު ކުރިޔަށް ގެންގޮސްފައި ވަނީ ފާއިތުވި 2020 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދެވުނު މޫދު ކަސްރަތު ޕްރޮގްރާމުގެ ތެރެއިން – ފޮޓޯ: މުސްލިމާ

އާއްމުކޮށް ހުޅުވާލެވިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމީހެއްގެ ނަމާއި އެޑްރެސް އަދި ވައިބާ ނަމްބަރު ލިޔުއްވުމަށް ފަހު ސިޓީ ކައުންސިލްގެ ނަމްބަރު 9894858 އަށް ވައިބާ މެސެޖެއް ކުރުމަށް އިއުލާނުގައި އެދިފައި ވެއެވެ. މި ބުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މެސެޖު ކުރަން ޖެހޭ ސުންގަޑިއަކީ މި މާރިޗު މަހުގެ 21 ވަނަ ދުވަހުގެ 14:00 އެވެ.

މިއީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުުރުމުގެ ގޮތުން ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދާ ކަސްރަތު ޕްރޮގްރާމްގެ 7 ވަނަ ބުރެވެ.

މި ކަސްރަތު ޕްރޮގްރާމަށް ގިނަ ބައެއްގެ ތަރުޙީބު ލިބިގެން އަންނަކަމަށް މައުލޫމާތު ލިބެއެވެ. މި ޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 9894858 ނަމްބަރު ފޯނާއި ގުޅުމުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދެވުނު މޫދު ކަސްރަތު ޕްރޮގްރާމުގެ ތެރެއިން – ފޮޓޯ: މުސްލިމާ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !