ފުވައްމުލައް ސިޓީއިން ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 4 އޭޕްރީލް 2021
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީއިން މިއަދު ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވީ އަންހެން ފަތުރުވެރިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ޙާމަކުރައްވާފައިވާ ގޮތުގައި އެއީ އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރެގެން އެހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް މިއަދު ދެއްކި ޓޫރިސްޓެކެވެ. އޭނާ ފްލޫ ކްލިނިކަށް ދެއްކީ މިއަދު ޑައިވީނަށް ގޮސްފައި އައިފަހުން އަރިދަފުސް ރޯގާގެ އަސަރު ހުރެގެން ކަމަށް ވެއެވެ.

ވުމާއެކު ބެލެވޭ ގޮތުގައި އޭނާގެ ޑައިރެކްޓް ކޮންޓެކްޓުން ތިބޭނެއެވެ. އަދި މި ޕޮޒިޓިވް ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން ދާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މިއަދުގެ ޕޮޒިޓިވް ކޭސް އާއެކު ފުވައްމުލައް ސިޓީއިން ކޮވިޑ-19 އަށް ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ މިވަނީ 57 އަށް އަރާފައެވެ. ފާއިތުވި މާރިޗު މަހު 19ގައި އާއި 23 ގައި ހޯމްކަރަންޓީނުގައި ތިބި ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓީވްވެފައި ވެއެވެ. ވުމާއެކު މިއަދުގެ ކޭސްއާއި މަރިޗު 23ގެ ޕޮޒިޓވް ކޭސް އާއި އެކު ފުވައްމުލައް ސިޓިަގއި ކޮވިޑް-19ގެ ޕޮޒިޓިވްވެ އަދި ބަލިގައި ތިބި ދެމީހުން ތިބޭނެއެވެ. އަނެއް 55 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ފުވައްމުލައް ސީޓިއިން ކޮވިޑް-19ގެ އެއްވެސް މީހަކު ބަލިގެ ނާޒުކު ހާލަތަށް ގޮސްފައެއް ނުވެއެވެ.

މިއަދުގެ ޕޮޒިޓިވް ކޭސް އާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސް ތަކުރާރު ކޮށްފައެވެ. އެގޮތުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަށާއި މީހުންގެ ތެރޭގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތްދޮވުން އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެދިފައިވާ އުސޫލްތަކާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments