އައްޑޫ ސިޓީ ކޮމިއުނީޓީ ތެރެއިން ކޮވިޑް-19އަށް މީހުން ޕޮޒިޓިވް ވާތީ އެ ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެން ފުވައްމުލައް ސިޓީއަށް ނާދެވި ތާށިވެފައިވާ މީހުންގެ މައުލޫމާތު ހިއްސާކޮށް ދެއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އެދިއްޖެއެވެ. އެގޮތުން އައްޑޫ ސިޓީގައި ތާށިވެފައިވާ މީހުން ރަޖިސްޓްރީ ވުމަށް ވަނީ އޮންލައިންކޮށް ހުޅުވާލާފައެވެ. އައްޑޫސިޓީ އިން ރަށަށް އައުމަށް ރަޖިސްޓްރީވާ ފޯމް
މީގެ ކުރިން ފަހަރު ވެސް އައްޑޫ ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެ ފުވައްމުލައް ސިޓީއާއި ދެމެދު ދަތުރުކުރާ ފެރީ ދަތުރުތައް ހުއްޓާލުމުން ގިނަބަޔަކު ރަށަށް ނާދެވި އައްޑޫ ސިޓީގައި ތާށިވެފައި ވެއެވެ.
އެ ފަހަރުވެސް ޒަރޫރީ ބޭނުންތަކަށް އައްޑޫ ސިޓީއަށް ގޮސް ތިއްބައި އެސިޓީ މޮނިޓަރިންއަށް ލުމާއިގުޅިގެން ރަށަށް ނާދެވި ތާށިވި މީހުންގެ ހާލުބަލައި، އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން އެމީހުން ރަށަށް ގެނައުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލުން ކޮށްފައި ވެއެވެ. އެފަހަރު 71 މީހަކު ރަށް ނާދެވި ފުވައްމުލައް ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރިއެވެ. ނަމަވެސް ފުވައްމުލައް ސިޓީ ކައުންސިލުން ހަމަޖެއްސި ދެ ލޯނޗެއްގައި ރަށަށް އައީ 62 މީހެކެވެ. ބާކީ ތިބި 9 މީހުން އައްޑޫ ސީޓީގައި މަޑުކުރުމަށް ފަހުން ނިންމީ ކަމަށް ވެއެވެ.
މޮނިޓަރިންގައި އޮތް ރަށަކުން އަންނަ މީހުން ދާނީ ހޯމް ކަރަންޓީނަށެވެ. އެގޮތުން 10 ދުވަހުގެ ކަރަންޓީނުން ފުރިހަމަކުރަން ޖެހޭނެއެވެ.
ބޭސްފަރުވާއަށާއި ޒަރޫރީ އެކި ބޭނުންތަކަށް އައްޑޫ ސިޓީ އަށް ފުވައްމުލައް ސިޓީއިން ގިނަބަޔަކު އަބަދުވެސް މިދޭތެރޭގައި ދަތުރުކުރެއެވެ.
މާލެއިން ފުވައްމުލައް ސިޓީއަށް ދަތުރުކުރާ މީހުންވެސް 10 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަ ކުރަން ޖެހެއެވެ. ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 2 ހަފުތާވުމުން ކަރންޓިނުނުވެ ދަތުރކުރަން ދިން ލުއި ރާއްޖެގައި ކޯވިޑް ފެތުރޭލިއް ގިނަވުމުން ރޭގައި އެޗްޕީއެއިން ވަނީ މެދުކަނޑާލާފައެވެ.
ޚިޔާލުތައް