A wide advertisement which will be shown on all devices. (700 x 100)

ކޮވިޑު ހާލަތު: މިހާތަނަށް އެންމެ ގިނަ މީހުން ފުވައްމުލަކުން ކޮވިޑަށް ޕޮޒިޓިވުވީ އިއްޔެ

ފާއިތުވީ ދެދުވަހުވެސް މަދު އަދަދެއްގެ ސާމްޕަލްތަކެއް ޓެސްޓުކުރެވުނު ނަތީޖާއެއްގެ ގޮތުން އެންމެ މީހަކު އެދެދުވަހު ޕޮޒިޓިވުވުމަށް ފަހު އިއްޔެ ވަނީ 220 ސާމްޕަލެއްގެ ނަތީޖާ ލިބި ރެކޯޑު އަދަދަކަށް ކޮވިޑަށް ޕޮޒިޓިވުވެފައެވެ. އިއްޔެ ކޮވިޑަށް ޕޮޒިޓިވުވި 30 މީހުންނާއިއެކު ފުވައްމުލަކުން ކޮވިޑަށް ޕޮޒިޓިވުވާ މިންވަރު މިވަނީ %14 އަށް އަރާފައެވެ. ނަތީޖާ ލިބޭ ކޮންމެ 100 ސާމްޕަލަކުން 14 ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވުވެފައިވެއެވެ. އިއްޔެ 220 ސާމްޕަލެއްގެ ނަތީޖާ ލިބުނު ނަމަވެސް އަދިވެސް ޓެސްޓްނުކުރެވި ހުރި 468 ސާމްޕަލެއް ހުރި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ. އިއްޔެވެސް ވަނީ 180 ސާމްޕަލެއް ނެގިފައެވެ.

އިއްޔެ ޕޮޒިޓިވު ވި 30 ފަރާތާއިއެކު މިހާތަނަށް 237 މީހުންނަށް ކޮވިޑު ރޯގާ ޖެހުނުއިރު އެރޯގާއިން ސަލާމަތްވެފައިވަނީ 78 ފަރާތެކެވެ. އަދި އެކްޓިވު ކޭސްގެ ގޮތުގަިއ މިވަގުތު ފުވައްމުލަކުގައި ތިބީ 159 ފަރާތެކެވެ. އަދި ދެމީހަކަށް ކޮވިޑު ފެސިލިޓީގަިއ ފަރުވާ ދެމުންދާ ކަަމަށްވެސް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

މުޅި ރާއްޖޭގައިވެސް ކޮވިޑުގެ ރޯގާ ދަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ. އެގޮތުން، އިއްޔެ މުޅި ރާއްޖެއިން ވަނީ 1187 މީހަކު ކޮވިޑަށް ޕޮޒިޓިވުވެފައެވެ. އެއީ މާލެއިން ޕޮޒިޓިވުވި 965 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވުވި 214 މީހުން، ރިސޯޓްތަކުން ޕޮޒިޓިވުވި 06 މީހުން އަދި ސަފާރީތަކުން ޕޮޒިޓިވުވި 02 މީހުންނެވެ. ފުވައްމުލަކަކެކޭ އެއްފަދައިން ސާމްޕަލް ނެގި ނަތީޖާ ނުލިބޭ ގިނަ ސާމްޕަލްތަކެއްވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 18843 މީހަކު އެބަތިއްބެވެ. މީގެތެރެއިން 274 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. ކޮވިޑް ރޯގާ ޖެހިގެން ނިޔާވާ މީހުންގެ އަދަދުވެސް މިހާރުވަނީ ރެކޯޑު އަދަދަކަށް އަރާފައެވެ. އެގޮތުން، މެއި މަހު މިހާތަނަށް ކޮވިޑް ޖެހިގެން 39 މީހުން ނިޔާވެއްޖެއެވެ. އަދި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ މިހާރު 112 އަށް އަރައިފިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !