ފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު 31 މެއި 2021ގަައި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 9 މީހުންނެވެ. އެއި ކޮންޓެކްޓުންގެ ތެރެއިން 4 މީހާކާއި ފުލޫ ކްލިނިކަށް ދައްކައިގެން ސާމަޕަލް ނެގި 5 މީހެކެވެ. މި 5 މީހުންގެ ތެރެއިން 3 މީހުންނަކީ ބިދޭސީންނެވެ. އެއާއެކު އިއްޔެ ޕޮޒިޓިވް ދިވެހިންގެ އަދަދަކީ 6 އެވެ.
ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް މީހުންގެ އަދަދު 231 ގައި ހުރިއިރު އޭގެ ތެރޭގައި ބިދޭސީންގެ 65 މީހުނާއި ދިވެހި 166 މީހުންނެވެ. އިއްޔެ 10 މީހަކު ބަލިން ރަނގަޅުވެގެން ދޫކޮށްލާފައި ވެއެވެ. މިހާތަން ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލައަކީ 494 އެވެ. އަދި 254 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިރޭގެ ޕްރެސް ބްރީފިން ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ކައުންސިލް މެމްބަރު އިބްރާހިމް މުޙައްމަދު އާއި ކައުންސިލް ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު އަދި ފުވައްމުލަކު ހޮސްޕިޓަލުގެ ކްލިނިކަލް ހެޑް ޚަދީޖާ އަބްދުލް މަޖީދު އެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 31 މެއި 2021
މިހާތަނަށް ފުވައްމުލައް ސިޓީއިން ބަލީގެ ހާލަތް ބޮޑުވެގެން 3 މީހަކު އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރެވިފައި ވެއެވެ. އެމީހުން މިހާރުވަނީ ހާލަތު ރަނަގޅުވެގެން އަނބުރާ ރަށަށް އައިސްފައެވެ. އަދި މިވަގުތު އެއްވެސް މީހަކު ކޮވިޑް-19 ފެސިލިޓިގައި އެޑްމިޓް ކޮށްގެން ފަރުވާދެމުނެއް ނުދެއެވެ. މިއާއެކު ހާމަވެގެން ދަނީ ފުވައްމުލައް ސިޓީިއން 500 އައި ގާތްކުރާ އަދަދަކަށް ކޮވިޑް-19 ޖެހުނުކަމުގައި ވިޔަސް ނާދިރު ހާލަތެއްގައި ނޫނީ އެމީހުންގެ ހާލަތު ގޯސްވަފއި ނުވާކަމެވެ.
އިއްޔެ ބައްޔަށް ޕޮޒިޓިވްވި 9 މީހުންގެ ތެރޭގައި ހިމެނެނީ:
ފްލޫ ކްލިނިކުން 5
ކޮންޓެކްޓުންގެ 4
މީގެ ތެރެއިން 6 މީހުންނަކީ ދިވެހިންނާއި އަދި ބިދޭސީ 3 މީހުން ހިމެނެއެވެ.
ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 65 (ފްލޫ ކްލިނިކް 16، ހޯމް ކަރަންޓީން 1، ކޮންޓެކްޓް ޓްރޭސިން 48)
ނަތީޖާ ނުލިބޭ 85
ނަތީޖާ ލިބުނު 69
މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލައި ޕޮޒިޓިވްވާ ރޭޓް ހުރީ %13.0 ގައެވެ.
މިހާތަނަނށް 12،280 ސާމްޕަލް ނެގިފައިވާކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 465 ގެއެއް ވަނީ މޮނިޓަރިން ޙާލަތަށް ގެނެވިފައި ކަމަށް ވިދާޅުވިއެވެ. މި ގެތަކުގައި ހައިރިސްކު 196 މީހުނާއި ރޯގާގެ އަލާމަތް ހުރި 435 މީހުން ހިމެނެއެވެ.
މި ދުވަސްކޮޅު ސާމަޕް ނެގޭ މިންވަރާއި ނަތިޖާ ލިބޭ މިންވަރުވެސް ވަނީ ދަށްވެފައެވެ. ނަމަވެސް ފުވައްމުލަކު ހޮސްޕިޓްލުން ވިދާޅުވީ މިހާރު ސާމްޕަލް ފޮނުވަިއގެން 24 ގަޑިއިރުތެރޭގައި ނަތީޖާ ލިބޭ ކަމަށެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް
އިއްޔެގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 3 މީހުން، މިހާތަނަށް ޖުމްލަ 5809
އިއްޔެގެ 2 ވަނަ ޑޯޒް ޖަހާފައި ވަނީ 6 މީހުން މިހާތަނަށް ޖުމްލަ 3104
މިއަދު ބިދޭސީ މަސައްކަތު މީހަކު އެޗްޕީއެގެ އުސޫލާއި ޚިލާފުވެގެން ޖޫރިމާނާ ކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ.
ޚިޔާލުތައް