A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 އަޕްޑޭޓް: ޖޫން މަސް ފެށީ 22 އައު ޕޮޒިޓިވްވީ ކޭސްއާއެކު

ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް - މެއި 2021

ޖޫން މަސް ފެށިގެން މިދިޔާއި ފުވައްމުލައް ސިޓީއިން ކޮވިޑް-19 ގެ ޕޮޒިޓިވް 22 އައު ކޭސް އާއެކުއެވެ. އިއްޔެގެ ހަވީރު 6:00 އިން މިއަދު ހަވީރު 6؛00 އަށް ޕޮޒިޓިވްވެފައި ވަނީ ކޮންޓެކްޓުންގެ ތެރެއިން 10 މީހާކާއި ފުލޫ ކްލިނިކަށް ދައްކައިގެން ސާމަޕަލް ނެގި 7 މީހެކާއި ހޯމް ކަރަންޓީނުން އެކަކުއެވެ.

މިއަދުގެ ކޮވިޑް-19 ގެ އަދަދުތައް

މިއަދުގެ ނަތީޖާ އާއެކު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް މީހުންގެ އަދަދު މިވަނީ އިއްޔެއަށް ވުރެ 1 އިތުރުވެ 232 ގައިއެވެ. އަދި މިއަދު 17 މީހަކު ބަލިން ރަނގަޅުވިއިރު މުޅިއެކު މިހާތަނަށް 281 މީހަކު ބަލިން ރަނގަޅުވެ ބަލީގައި ތިބި މީހުންނަށް ވުރެ ރަނގަޅުވި މީހުންގެ އަދަދު މިވަނީ އިތުރު ވެފެއެވެ. މިހާތަން ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލައަކީ 512 އެވެ. އެކްޓިވް ކޭސްގެ ތެރޭގައި ބިދޭސިންގެ 66 މީހުންނައި ދިވެހިންގެ

މިރޭގެ ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ސިޓީ ކައުންސިލްގެ ޑިރެކްޓާ އަލީ މަސީހު އެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 1 ޖޫން 2021

މިއަދު ބައްޔަށް ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ:

ފްލޫ ކްލިނިކުން 7

ކޮންޓެކްޓުންގެ 10

ހޯމް ކަރަންޓީނުން 1

ޕޮޒިޓިވް ވަމުންދާ ރޭޓް ލިބޭ ސާމްޕަލްގެ ނަތިޖާއިން – ފުވައްމުލައް ސިޓީ ކައުންސިލް ކޮވިޑް-19 ޕޯޓަލް

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 95

ނަތީޖާ ނުލިބޭ 66

ނަތީޖާ ލިބުނު 86

މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލައި ޕޮޒިޓިވްވާ ރޭޓް ހުރީ %19.1 ގައެވެ.

މިހާތަނަށް 12،375 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް

އިއްޔެގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 3 މީހުން، މިހާތަނަށް ޖުމްލަ 5815

އިއްޔެގެ 2 ވަނަ ޑޯޒް ޖަހާފައި ވަނީ 6 މީހުން މިހާތަނަށް ޖުމްލަ 3109

ކޮވިޑް-19 ޓްރެންޑްސް – ފުވައްމުލައް ސިޓީ ކައުންސިލް ކޮވިޑް-19 ޕޯޓަލް

އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން ޖޫރިމާނާ ކުރެވެ އަދަދުތައް

މާސްކް ނާޅާއިގެން 5 މީހުން

މަނާގަޑިގައި ދުއްވައިގެން 16 މީހުން

ގެގެއަސް ޒިޔާރަތް ކޯސްގެން 4 މީހަން

ޒަރުރީ ބޭނުމެއްގައި ނޫން ގޮތެއްގައި ބޭރުގައި އުޅެގެން 1 މީހަކު ޖޫރިމާނާ ކުރެވިފައި ވެއެވެ.

ބިދޭސީ މަސައްކަތު މީހުން ލައްވައި މައްސަކަތް ކުރަމުން އަންނަކމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބޭ ކަމަށާއި އެފަދަ ކަންކަން ކުރާ ފަރާތްތަށް ފުލުހުނަށް ނުވަތަ ސިޓީ ކައުންސިލަށް އެންގުމަށް އެދިފައި ވެއެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި މާދަމާ، 2 ޖޫން އަށް މުއްދަތު ހަމަވާއިރު އެކަންމާއި ގުޅޭގޮތުން އެޗްޕީއޭއިން ގޮތެއް ނިންމުމުން ނޫނީ ވަކިގޮތެއް ކަނޑައަޅައި ދަންނަވަން ނޭގޭ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !