A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް ހާލަތު: ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިއަދު 17، އަދި ބަލީގައި %29 ކުޑަކުދިން އެބަތިބި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ޕަސެންޓޭޖް އިން - 6 ޖޫން 2021

ކޮވިޑް-19 އަށް ފުވައްމުލައް ސިޓީއިން އިއްޔެ ޕޮޒިޓިވް ވީ 17 މީހުންނެވެ. އއަދި ބަލީގަިއ މިހާރު ތިބި މީހުންގެ ތެރެއިން %28.8 އަކީ ކުޑަކުދިން ކަމަށް ވާތީ އެކަމުގެ ކަންބޮޑުވުން ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

އިއްޔެ 14 ދިވެއްސަކާއި 3 ބިދޭސިއަކު ޕޮޒިޓިވްވިިވެފައި ވާއިރު، ލިބުނު ސާމްޕލްގެ ނިސްބަތުން ޕޮޒިޓިވްވާ ރޭޓް ހުރީ %9.8 ގައެވެ. އެއިގެ ކުރީ ދެ ދުވަހު ހުރީ %9.1 އަދި %16.8 ގައެވެ.

މިއަދުން ފެށިގެން ބިދޭސީން ލައްވައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށޮފައެވެ. ނަމަވެސް ހުއްދަނަގައިގެން ޑެލިވަރީ މަސައްކަތް ކުރެވޭގޮތަށް ވެއެވެ.

ސިޓީ ކައުންސިލްގެ މި ނިންމުމާއި މެދު ރަށުގައި މަސައްކަތް ކުރާ ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް ނުރުހުން ހާމަކޮށްފައެވެ. މިކަލް ނޫހާއި 5 ފަރާތަކުން މިކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި ވެއެވެ. އެފަރާތްތަކުން އެދެނީ މަސައްކަތް ކުރުން ހުއްޓުވާނުލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.

އެގޮތުން ބަލިފެތުރެނީ މީހުންނާއި ބައްދަލުވުމުން ކަމަށްވާއިރު އެމީހުން ގެންގުޅޭ މަސައްކަތްކުރާ ބިދޭސިން ތިބެނީ ރަށުގެ އާމުންނާއި ބައްދަލުނުވެ އުޅެވޭގޮތަށް ވަކިންކަމަށެވެ. އަދި އެއްވެސް ބޭނުމަކު އެމީހުންނަށް ތިބޭތަނުން މަސައްކަތްކުރާ ސައިޓަށް އައިސް ގޮސް ވުމަށް ނޫނީ އެތިބޭ ތަނަކުން ނުނިކުމެވޭނެ އިންތިޒާމު ހަމަޖައްސައިގެން ވެސް މަސައްކަތް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދޭކަމަށެވެ. އަދި އެކަމަށް އެމީހުން ތިބީ ސިޓީ ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދޭން ކަމަށް ވެސް ހާމަކުރިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ޕަސެންޓޭޖް އިން – 6 ޖޫން 2021. ކޮވިޑް-19 ފުވައްމުލައް

އިއްޔެ ޕޮޒިޓިވުވެފައި ވަނީ 14 ދިވެއްސަކާއި 3 ބިދޭސީއެކެވެ. މިހާރު ފައްމުލައް ސިޓީގައި ތިބި ކޮވިޑް ބަލިމީހުންގެ ނިސްބަތަށް ބަލާއިރު ދިވެހި 131 އާއި ބިދޭސީ 84 މީހުން ހިމެނެއެވެ. މީއި މިހާރު ތިބި އެކްޓިވް ކޭސްގެ ނިސްބަތުން %39.1 ބިދޭސީންނެވެ. މިކަމުގެ ކަންބޮޑުވުން އިތުރުވަމުންދާކަން ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލަކު ހޮސްޕިޓަލުން ވެސް އަންނަނީ ފާހަގަކުރައްވައެވެ.

މިއަދު ބަލިން ރަނގަޅުވެގެން ދޫކޮށްލި 6 މީހުންނާއެކު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް މީހުންގެ އަދަދު ހުރި 215 ގައެވެ. އަދި ބަލިން ރަނގަޅުވި ޖުމުލައަކީ 392 އެވެ. އަދި މިހާތަނަށް ބަލި ޖެހުނު އަދަދު މިވަނީ 606 އަށް އަރާފައެވެ. މިބަލީގެ އެއްވެސް މީހަކަށް ފުވައްމުލަކު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން ނުދާކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

އެކްޓިވް 215 ކޭސްތައް ބެހިފައި ވަނީ:

ހޯމް ކަރަންޓީން 1

ފްލޫ ކުލިނިކުން 41

ކޮންޓެކްޓުންގެ 140

ރޭންޑަމް ސާމްޕަލް 33

އެކްޓިވް މީހުންގެ ޖިންސަށް ބަލާއިރު 151 ފިރިހެނުންނާއި 64 އަންހެނުން ހިމެނެއެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ޑިރެކްޓާ އަލީ މަސީހުއާއި ފުވައްމުލަކު ޕޮލިސްގެ ފަރާތުން ސީޓީ ކޮމާންޑާ އަލީ މައުރޫފުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުން ކްލިނިކަލް ހެޑް ޚަދީޖާ އަބްދުލް މަޖީދުއެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީން 0

ފްލޫ ކުލިނިކުން 1

ކޮންޓެކްޓުންގެ 14

ރޭންޑަމް ސާމްޕަލް 2

ޕޮޒިޓިވްވި ސާމަޕްލްތކާއި ގުޅިގެން 2 ގެއެއް އިއްޔެ މޮނިޓަރިން އަށް ލާފައިވެއެވެ.

އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދުތައް ވެސް މިރޭ ހާމަކޮށްފައި ވެއެވެ. އެންމެ ގިނަ މީހުން ތިބީ މާދަޑު އަވަށުގައެވެ. މާދަޑުގައި 34 މީހުން ތިބިއިރު ހޯދަޑު 45 އަދި ދިގުވާނޑުގައި 34 މީހުން އެބަތިއްބެވެ.

ފުވައްމުލައ ސިޓީ އަވަށްތަކުގައި ކޮވިޑް އެކްޓިވް ކޭސްތައް 6 ޖޫން 2021

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 173 (ކޮންޓެކްޓް ޓްރެސިން 52، ހޯމް ކަރަންޓީން 9،  ފޫލް ކުލިނިކް، 10، އެކްޓިވް ސާވޭލަންސް 1، ރޭންޑަމް ސާމްޕަލް 101) ހަވީރު 5:00އަށް.

ނަތީޖާ ނުލިބޭ 173 (ކޮންޓެކްޓް ޓްރެސިން 59، ހޯމް ކަރަންޓީން 2،  ފޫލް ކުލިނިކް، 9، އެކްޓިވް ސާވޭލަމްސް 3، ރޭންޑަމް ސާމްޕަލް 100)

ނަތީޖާ ލިބުނު 173، (ކޮންޓެކްޓް ޓްރެސިން 144، ހޯމް ކަރަންޓީން 19،  ފޫލް ކުލިނިކް، 11، އެކްޓިވް ސާވޭލަންސް 1، ރޭންޑަމް ސާމްޕަލް 101)

މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލައި ޕޮޒިޓިވްވާ ރޭޓް ހުރީ %12.1 ގައެވެ.

މިހާތަނަށް 13،261 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް

އިއްޔެ، އެއްވެސް މީހަކު ވެކްސިން ޖަހާފައެއް ނުވެއެވެ. ވުމާއެކު ޖުމްލަ ތައް ހުރީ ފާއިތުވި ބުރާސްފަތި ދުވަހުގައި ވެސް ހުރި އަދަދުތަކެވެ. އެއީ:

ފުރަތަމަ ޑޯޒް 5826

ދެވަނަ ޑޯޒް 3149

ފުވައްމުލައް ސިޓީ ޕޮލިސް ކޮމާންޑާ އަލީ މައުރޫފު

އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން މިހާތަނަށް ފުލުހުން އަޅާފައިވާ ފިޔަވަޅުތައް 

ކަރންޓީނާއި ޚިލާފުވެގެން 28 މީހުން ޖޫރިމާނާ

މާސްކް ނާޅާއިގެން 255 މީހުން ޖޫރިމާނާ

ކާފިއުގަޑީގައި ބޭރުގައި އުޅެގެން 418 މީހުން ޖޫރިމާނާ

ހުއްދަ ނެތި ބޭރުގައި އުޅެގެން 249 މީހަކު ޖޫރިމާނާ

ގާވާއިދާއި ޚިލާފަށް ޚިދުމަތް ދީގެން 5 މީހުން ޖޫރިމާނާ

ގާވާއިދާއި ޚިލާފަށް ފުވައްމުލައް ސިޓީއަށް ދަތުރުކޮށްގެން 13 މީހުން ޖޫރިމާނާ

ދުވާލެއްގެ މައްޗަށް 3-35 މީހުން ޖޫރިމާނާ ކުރެވެމުން އަންނަކަމަށާއި އައު ޑިޖިޓަލް ޑެލިވަރީ ފާސްތަކެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ސީޓީ ކޮމާންޑާ މައުރޫފު ހާމަކުރެއްވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !