މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އިތުރުވެއްޖެއެވެ. މި 11 މީހުގެ ތެރޭގައި ރޭންޑަމް ސާމްޕަލްގެ 2 މީހަކު ހިމެނިފައިވާއިރު މިއަދުވެސް 100 ރޭންޑަމް ސާމްޕަލުން ނަތީޖާ ލިބިފައެވެ. މިއަދު ޕޮޒިޓިވްވި 11 މީހުންގެ ތެރެއިން 10 ދިވެހިން ހިމެނޭއިރު 1 ބިދޭސިއަކު ވެސް ހިމެނެވެ. ނަތީޖާ ލިބުނު ސާމްޕަލްގެ ނިސްބަތުން މިއަދު ޕޮޒިޓިވްވެފައިވާ ރޭޓަކީ %7.4 އެވެ.
މިއަދު ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި 2 މީހަކާއި ހޯމް ކަރަންޓީނުގައި ތިއްބައި ބަލީގެ އަލާމާތް ފެނިގެން ފުލޫ ކްލިނިކުން ސާމްޕަލް ނަގައިގެން ޕޮޒިޓިވްވި 4 މީހެކެވެ.
މިހާރު ކޮވިޑް ފެސިލިޓިގައި އެޑްމިޓްކޮށްގެން އެކަކަށް ފަރުވާދެމުން އަންނަކަމަށް މިރޭގެ ނޫސް ކޮންފަރެންސްގައި ހޮސްޕިޓަލުން ހާމަކުރެއްވިއެވެ.
މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެފައެއް ނުވެއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު މިރޭގެ ނޫސް ކޮންފަރެންސްގައި މައުލޫމާތު ދެއްވިއެވެ.
މާދަމާއިން ފެށިގެން ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް މިކަމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް އަމަލުކުރަންޖެހެއެވެ. އަދި އެކަންކަން ބެލުމަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަނެ ކަމަށް ހާމަކުރެއްވިއެވެ.
އިއްޔެ ބައްޔަށް ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ހިމެނެނީ:
ހޯމް ކަރަންޓީން 1
ފްލޫ ކުލިނިކުން 0
ކޮންޓެކްޓުންގެ 8
ރޭންޑަމް ސާމްޕަލް 2/100
މިއަދު ޕޮޒިޓިވްވި 11 މީހުންނާއި ގުޅިގެން 9 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވާ ކަމަށާއި 4 ގެއެއް މޮނިޓަރިން އަށް ލާފައިވާ ކަމަށް ހާމަކުރެއްވިއެވެ.
އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ 19 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 122 އެވެ. އެއީ 97 ދިވެހިންނާއި 25 ބިދޭސީންނެވެ. އެމީހުންގެ ޖިންސީ ނިސްބަތަށް ބަލާއި ހިމެނެނީ 77 ފިރިހެންނުންނާއި 53 އަންހެނުންނެވެ. ބަލިން ރަނގަޅުވި ޖުމުލަ 590 ގައި ހުރިއިރު ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 711 ގައެވެ.
އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދު އަދިވެސް އެންމެ ގިނައީ ހޯދަޑު އަވަށުގައެވެ. ދަޑިމަގު 14 ދިގުވާދު 9، ހޯދަޑު އަވަށުގައި 36، މާދަޑު 6 މީހުން އަދި މިސްކިތްމަގު 12 ފުނާޑު، 31 މާލެގަން 9 ދޫނޑިގަން 5 މީހުން އެބަތިއްބެވެ.
ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 103 (ރޭންޑަމް 61)
ނަތީޖާ ނުލިބޭ 72
ނަތީޖާ ލިބުނު 148
މިހާތަނަށް 14،684 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: މިއަދު 2 އާއެކު ޖުމުލަ 5847
ދެވަނަ ޑޯޒް: މިއަދު 2 އާއެކު ޖުމުލަ 3197
ރަށުތެރެ ބެލެހެއްޓުން
ކާފިއުއާއި އެޗްޕީއޭގެ މޮނިޓަރިން އާއި ގުޅިގެން ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް މޮނިޓާ ކުރުމުގެ ގޮތުން ރަށުގެ 8 އަވަށުގައި ފުލުހުންގެ އިތުރުން ވޮލަންޓިއަރުން ވެސް ހަރަކާތްތެރިވަމުން ދެއެވެ.
އުސޫލުތަކާއި ޚިލާފުވެގެން އިއްޔެ ފުލުހުން 55 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ. މީގެތެރޭގައި މާސްކު ނާޅައިގެން ޖޫރިމާނާ ކުރެވުނު މީހުންނާއި، މަނާ ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމާނާ ކުރެވުނު މީހުނާއި އެއްފަހަރާ 3 މީހުނަށް ވުރެ ގިނައަިން އެއްތަނަކަށް އެއްވުމުގެ ސަބަބުން ޖޫރިމާނާ ކުރި މީހުން ވެސް ހިމެނެއެވެ.
ޚިޔާލުތައް