އިއްޔެ ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 7 މީހެކެވެ. އެއީ ކޮންޓެކްޓުންގެ 5 މީހުންނާއި ފްލޫ ކުލިނިކުން ޕޮޒިޓިވްވި 2 މީހެކެވެ. މި 7 މީހުންގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 5 ބިދޭސީން ނެވެ.
އިއްޔެ ފުލޫ ކުލިނިކުން ބަލި ޖެހުނު 2 މީހަކު ފެނުމާއެކު ފުވައްމުލައް ސިޓީ އެޗްޕީއޭގެ މޮނިޓަރިންއިން ނެގުމަށް އަނެއްކާވެސް އިތުރު ދުވަސްތަކަކަށް އިންތިޒާރު ކުރަން ޖެހުނީއެވެ. އެއީ މޮނިޓަރިން އިން ނެގުމުގައި އެރަށެއްގެ ރަށުތެރޭގެ ސާމްޕލެއް ޕޮޒިޓިވެ ނުވެ ޖެހިޖެހިގެން 14 ދުވަސް ވާން ޖެހޭތީއެވެ. ރަށުތެރޭގެ ސާމަޕަލްތަކުގެ ގެގޮތުގައި މިބަލަނީ ރޭންޑަމް، ފްލޫ ކުލިނިކް، އަދި އެކްޓިވް ސާވޭލަންސް ތެރެއިން ނަގާ ސާމްޕަލް ތަކެވެ.
އިއްޔެ ޕޮޒިޓިވްވި 7 މީހުންނާއެކު މިހާރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް ކޭސް ގެ އަދަދު މިވަނީ 51 އަށް މަތިވެފައެވެ. ބަލި ޖެހިފައިވާ ޖުމްލަ އަދަދު 814 ގައި ހުރި އިރު ބަލިން ރަނަގޅުވެފައިވާ ޖުމުލަ އަކީ 764 އެވެ.
އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 50 (ރަށުތެރޭ 37)
ނަތީޖާ ނުލިބޭ 0
ނަތީޖާ ލިބުނު 188 (ރަށުތެރޭ 107)
މިހާތަނަށް 18،169 ސާމްޕަލް ނެގިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކޮވިޑް ޑޭޝްބޯޑުގައި ހާމަކޮށްފައި ވެއެވެ. މިވަގުތު ކޮވޑް-19 އެކްޓިވް ކޭސްތައް ތިބީ ފުވައްމުލައް ސިޓީގެ 5 އަވަށެއްގައެވެ. އެއީ މިސްކިތްމަގު 40 އާއި ދިގުވާޑު 5، މާދަޑު 3، ފުނާޑު 2، އަދި ދޫނޑިގަން 1 އެވެ.
މިބަލީގައި ފުވައްމުލައް ސިޓީއިން މިހާތަނަށް އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ. އަދި ސީރިއަސް ޙާލަތުގައި ވެސް އެއްވެސް މީހަކު ނެތެވެ. ބަލީގެ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީއަށް ފޮނުވީ ޖުމުލަ 3 މީހުން ވެސް ބަލިން ވަނީ ރަނގަޅު ވެފައެވެ.
ފުވައްމުލައް ސިޓީ އިއޯސީއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިހާރު ތާވަލުކުރެވިގެން ކުރިޔަކަށް ނުގެންދެއެވެ. އަދި ބައްދަލުވުމެއް ބާއްވަން ހަމަޖެހުމުން އެކަން މީޑިއާއަށް ހިއްސާކުރައްވާނެ ކަމަށް އެންމފަހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވިއެވެ.
ފުވައްމުލައް ސިޓީގައި މިހާރު ކާފިއު ވަގުތަކީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށެވެ. އަދި ކެފޭ ރެސްޓޯރެންޓް، ކެފޭ ހޮޓާ ފަދަ ތަންތަން އެޗްޕީއޭގެ އުސޫލާއި އެއްގޮތްވާ ގޮތުގެމަތީން ކާފިއު ނޫން ގަނޑިތަކުގައި ހުޅުވައިގެން ޚިދުމަތް ދިނުމަށް ވަނީ ހުޅުވާލާފައެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: – އާއެކު ޖުމުލަ 5941
ދެވަނަ ޑޯޒް: އިއްޔެ -، އާއެކު ޖުމުލަ 4284

ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިން ދެވިފަިއވާ މިންވަރު، 16 ޖުލައި 2021
ޚިޔާލުތައް