A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ނޭޗާ ޕާކް އާއްމުންނަށް ހުޅުވާލައިފި

ފުވައްމުލަކު ނޭޗާ ޕާކް އާއްމުންނަށް އަލުން ހުޅުވާލަނީ- މިއަދު

ފުވައްމުލައް ސިޓީ ނޭޗާ ޕާކް އާއްމުންނަށް މިއަދު އަލުން ހުޅުވާލަން ނިނަމްއިފިއެވެ. މިއަދު 28 ޖުލައި 2021 ވަނަ ދުވަހުގެ މެންދުރު 3:00 އިން ފެށިގެން ނާޗާ ޕާކް ހުޅުވާލާނެކަމަށް، ޕާކް ބަލަހައްޓާ އޮފީހުން ހާމަކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބޭއްވުމަށްފަހު އަލުން ހުޅުވާލާއިރު ގިނަބަޔަކު ޕާކުގެ ޚިދުމަތަށް ވާނީ ބޭނުންވެފައެވެ. މިދުވަސްކޮޅަކީ ސްކޫލް ޗުއްޓީ ދުވަސްކޮށް ވުމާއި، ކޮވިޑާއި ގުޅިގެން ގިނަ ބަޔަކު ގޭގައި ބަންދުވެފައި ތިބުމަށްފަހު ބޭރަށް ނުކުމެ ހިތްހަމަޖައްސާލުމަށް މި ޕާކް ހުޅުވުމުން ފުރުސަތު ލިބިގެންދާނެތީ ވެސް މެއެވެ.

އެގޮތުން ޕާކަށް ޒިޔާރަތްކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން ރިޒަވޭޝަން ހެދޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. ފުވައްމުލައް ސިޓީ ނޭޗާ ޕާކްގެ ގޮތުގައި ދަޑިމަގު ކިޅީގައި ޚާއްސަ އާލަތްތަކާއި ޚިދުމަތްދޭ ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ.

ފުވައްމުލަކު ނޭޗާ ޕާކް – ދަޑިމަގި ކިޅި

ފުވައްމުލަކަށް ޒިޔާރަތްކުރާ ގިނަ ބަޔަކު މިޕާކުގެ ޚިދުމަތް ހޯދަމުން އާދެއެވެ. އެގޮތުން ގެސްޓުންނާއި ރަށްރަށުން ފުވައްމުލަށް އަންނަ ފާރަތްތައް ވެސް ހިމެނެއެވެ. ރަށުގެ މީހުންވެސް އާއިލާއާއެކު ކުޅީގައި ޕެޑަލް ބޯޓް ދުއްވުމަށާއި ބާބެކިއު ހަދަން މިޕާކަށް ދެއެވެ.

ކުރިން ތިމާވެއްޓާއި ބެހޭ މިނިނސްޓްރީގެ ބެލުމުގެ ދަށުން މިޕާކްގެ ކަންކަން ބަލަހައްޓަމުން ދިޔަޔަސް ދާދިފަހުން ފުވައްމުލައް ސިޓީ ކައުންސިލާއި މިޕާކް ވަނީ ހަވާލުކޮށްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    Adhivess aharemen enmebeynuvaagothah namaadhugai safuhadan huddaehnulibey ehenhurihaakamah huddalibemunmidhanee keekuraanee huddadeynthibithanugai eykihaavarege kamekan dhannameehun netheekananeyge