ފުވައްމުލައް ސިޓީގައި އެޗްޕީއޭގެ އަޅާފައިވާ ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތު އުވާލައިފި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުންނާއި ފުވައްމުލައް ސިޓީ ކައުންސިލުން މީގެ ކުޑައިރުކޮޅެއް ކުރިން ހާމަކުރައްވައިފިއެވެ.
ފުވައްމުލައް ސިޓީ މޮނިޓަރިން އިން ނަގާފަިއވަނީ 2 ޝަރުތަކާއެކު އެވެ. އެއީ:
- އެޗްޕީއއެއިން ވަކި ގޮތެއް އަންގަންދެން ފުވައްމުލައް ސިޓީއިން ފުރާ ހުރިހާ މީހުންގެ ކޮވިޑް-19 ސާމަޕްލް ނަގައި، ޕީސީއާރު ނެގަޓިވް ނަތީޖާއެއް އޮތުން
- ކުރިޔަށް އޮތް 7 ދުވަސް ތެރޭގައި އާބާދީގެ %5 މީހުންގެ ރޭންޑަމް ސާމްޕަލް ނަގައި ޓެސްޓުކުރުން ހިމެނެއެވެ.
ފުވައްމުލައް ސިޓީ ދެވަނަ ފަހަރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ ނިމުނު މޭމަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމަޔަށް މިވަނީ 92 ދުވަސް ވެފައެވެ. ނުވަތަ 3 މަސް ދުވަސް ހަމަވީއެވެ. މޮނިޓަރިން ހާލަތުން ނުގައި ގެނެ އެކަމުގެ ޝަކުވާ އެކި ފާރަތްކުން ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ފުވައްމުލަކު އީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާފައި ވަނީ މޮނިތަރިން އިން ނަގަން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަނުވަނީސް މޮނިޓަރިން އިން ނުނެގެނެކަމަށެވެ.

ފުވައްމުލައް ސިޓިގެ 2 ވަނަ މޮނިޓަރިން އިން ނެގީ 3 މަސް ދުވަސް ފަހުން- މިއަދު 5 އޮގަސްޓް 2021
ފުވައްމުލައް ސިޓީ އެޗްޕީއޭގެ މޮނިޓަރިން އަށް ފުރަތަމަ ގެނައީ މިއަހަރު ފެބްރުއަރީ 9 ގައެވެ. އަދި އެފަހަރު މޮނިޓަރިން އިން ނެގީ 1 މަސްދުވަހުގެ މުއްދަތަށް ފަހުގައެވެ.
އެގޮތުން ކަނޑައަޅަފައިވާ ޝަރުތުތަކުގެ ތެރޭގައި ރަށުތެރެގެ ސާމަޕްލުން (ރޭންޑަމް، ފުލޫ ކުލިނިކް އަދި އެކްޓިވް ސާވޭލަންސް) އާބާދީގެ %1 މީހުންގެ ކޮވިޑް ރޭންޑަމް ސާޕަލް ނަގައި ޖެހިޖެހިގެން 14 ދުވަސް ވަންދެން އެއިން ޕޮޒިޓިވް ކޭސް އެއް ނެތުމާއި ކޮންޓެކްޓް ޓްރޭސިން ނިމިފައިވުން ހިމެނޭކަމަށް ކުރިން ހާމަކޮށްފައިވެއެވެ.
ތިން މަސް ދުވަހަށް ފަހު މިއަދު ފުވައްމުލަކުގެ މޮނިޓަރިންގ ހާލަތު އުވާލެވިފައިވީ ނަމަވެސް ކުރިން ކަނޑައެޅި ޝަރުތުތައް ފުރިހަމަ ވެފައެއް ނުވެއެވެ. އެއީ ރަށުތެރޭގެ ސާމްޕަލުން މީގެ ދެ ދުވަސް ކުރިން 3 މީހުން ޕޮޒިޓިވް ވެފައިވާތީއެވެ. އަދި ދާދި ފަހުން އައްޑޫ ސިޓީގެ މޮނިޓަރިން އިންވެސް ނަގާފައިވަނީ ރޭންޑަމް ސާމްޕަލުން ޕޮޒިޓިވް ވަމުން ދަނިކޮށެވެ.

މީޑިއާބްރީފިންގައި ފުވައްމުލައް މޮނިޓަރިން ޙާލަތުން ނެގުމާއި ގުޅޭ ގޮތުން އީއޯސިގައި ފުވައމްުލަކު ހޮސްޕިޓަލުން އާމިނަތު މައުލޫމާތު ދެއްވަނީ
މޮނިޓަރިން ނެގުމާއި ގުޅިގެން ފުވައްމުލަކު ޕަބްލިކް ހެލްތުން އިލްތިމާސްކޮށްފައި ވަނީ ރަށުގައި އަދިވެސް ބަލިން ރަގަޅުނުވާ 44 މީހުން ތިބުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ރަގަޅަށް އެޅުމަށެވެ. އެގޮތުން ގިނަގިނައިން އަތްދޮވުމާއި، ބޭރުތެރޭގައި އުޅޭ ވަގަތުތަކުގައި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން، އަދި އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަނަމަ ފްލޫ ކްލިނިކަށް ދެއްކުން އަދި ރޯގާގެ އަލާމާތްތައް ރަގަޅުވަންދެން އެހެން މީހުނާއި އެކަހެރިވެގެން އުޅުން އާދަކުުރުމަށެވެ.
މީގެ އިތުރުން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހޭ އުމުރުގެ މީހުން ވެކްސިންގެ 2 ޑޯޒް ވީހާ އަވަހަކަށް ފުރިހަމަ ކުރއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ހަނދާން ކޮށްދީފައި ވެއެވެ.
ޚިޔާލުތައް