A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން ވެސް މިއަދު ކަޅުހެދުމުގައި

ފުވައްމުލައް ސިޓީގެ ސިވިލްސާވިސް މުވައްޒަފުން މިއަދު ކަޅުހެދުމުގައި އިހުތިޖާޖުގައި - 19 ސެޕްޓެމްބަރު 2021. ފޮޓޯ ނާސިހު

ފުވައްމުލައް ސިޓީ ކައުންސިލްގެ ސިވިލްސާވިސް މުވައްޒަފުން ވެސް އިހުތިޖާޖުކުރުމަށް މިއަދު މަސައްކަތަށް ނުކުތީ ކަޅު ހެދުމުގައެވެ. މިއަދު ފޭސްބުކްގައި ބައެއް މުވައްޒަފުން ޕޯސްޓްކޮށްފައިވާ ފޮޓޯތަކުން އެގޭ ގޮތުގައި ސިޓީ ކައުންސިލްގެ ހުރިހާ ސިވިލްސާވިސް މުވައްޒަފުން ހެން ބައިވެރިވެފައި ވެއެވެ.

ސިވިލް ސާވިސް މުވައްޒަފުން އިހުތިޖާޖު ކުރަނީ އެމީހުންގެ މުސާރަ ދައުލަތުގެ އެހެން މުވައްޒަފުންނާއި އަޅާބަލާއިރު ބޮޑުތަނުން ކުޑަވެފައި އެކަމަށް ހައްލެއް ނުލިބި އަހަރުތަކެއް ވެގެންދާތީއެވެ. މިއަދު (އާދީއްތަ ދުވަހު) ކަޅުހެދުމުގައި އޮފީހަށް ނުކުމެގެން ވެސް އެކަމަށް ހައްލެއް ނުލިބިއްޖެނަމަ ކުރިޔަށް އޮތް ދުވަސްތަކުގައި މަސައްކަތް ހުޓާލައިގެން ތިބުމަށް ވެސް ރާވާފައި ވާކަމަށް ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން ބުނެއެވެ.

ފުވައްމުލައް ސިޓީގެ ސިވިލްސާވިސް މުވައްޒަފުން މިއަދު ކަޅުހެދުމުގައި އިހުތިޖާޖުގައި – 19 ސެޕްޓެމްބަރު 2021

މިއީ މުޅިރާއްޖޭގައި ތިބި ހުރިހާ ސިވިލްސާވިސް މުވައްޒަފުން ގުޅިގެން ކުރިޔަށްގެންދާ އިހުތިޖާޖެކެވެ.

އެ އެސޯސިއޭޝަން ބުނީ މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެކަމަށް ހައްލެއް ލިބޭތޯ އިހުތިޖާޖު ކުރިޔަށް ގެންދާނެ ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް ދޭ މުސާރައަކީ ނިސްބަތުން ދިވެހިރާއްޖޭގައި އެންމެ ކުޑަމުސާރަ ކަމަށްވެފައި އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމާއި، ނަމަވެސް ރައްޔިތުންނަށް ގިނަ ޚިދުމަތްތެކެއް ކޮށްދެނީ އެ މުވައްޒަފުން ކަމަށް އެމީހުން ބުނެއެވެ.

މި ސަރުކާރުން ވަނީ ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެކަން އަދި ވަނީ ތަންފީޒު ނުކުރެވިފައެވެ.

ފުވައްމުލައް ސިޓީގެ ސިވިލްސާވިސް މުވައްޒަފުން މިއަދު ކަޅުހެދުމުގައި އިހުތިޖާޖުގައި – 19 ސެޕްޓެމްބަރު 2021. ފޮޓޯ ނާސިހު

ދިވެހި ސިވިލްސާވިސްގައި 25،000 އެއްހާ މުވައްޒަފުން ތިބޭއިރު ފުވައްމުލައް ސިޓީގައި ތިބެނީ ކިތައް ސިވިލްސާވިސް މުވައްޒަފުންކަން އެނގޭގޮތް ވަނީ ނުވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !