A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19ގެ ހާލަތު ގޯހެއް ނޫން- އެކަމަކު ޕޮޒިޓިވްވާ މީހުން އަންނަނީ އިތުރުވަމުން

ކޮވިޑް-19 ފުވައްމުލައް ސިޓީގެ ދުވަހީ އަދަދު. 22 ސެޕްޓެމްބަރު 2021

މިދުވަސްވަރު ފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ޙާލަތު ގޯސް ނޫންނަމަވެސް ޕޮޒިޓިވް ވާ އަދަދުތައް މަދުމަޑުން އިތުރުވާކަން މިނިމުނު ހަފުތާއިން އެނގެއެވެ. އެގޮތުން ފާއިތުވި 7 ދުވަހުގެ އަދަދު ތަން ދައްކަނީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމެވެ. ފާއިތުވި ހަފުތާގައި ބަލިޖެހޭ އެވްރެޖް ހުރީ 4.86 ގައެވެ. ނަމަވެސް ފާއިތުވި 3 ދުވަހު ވަނީ 8، 5، 8 މީހުން ޕޮޒިޓިވް ވެފައެވެ. ބަލީގެ އެކްޓިވް ކޭސްގެ އަދަދު 37 އިން މިވަނީ 47 އަށް އިތުރުވެފައެވެ.

މިހާރު ފުވައްމުލައް ސިޓީގެ ޙާލަތު އޮތީ ކޮވިޑް-19ގެ އާއްމު ހާލަތުގައެވެ. ކޮންމެވެސް ވަރަކަށް ބަލި ޖެހޭ މީހުން ތިބޭނެއެވެ. ނަމަވެސް ބަލީގައި އެއްވެސް މީހަކަށް ބޮޑުވަރުވެ އެނދުމަތިކުރަން ޖެހޭ ހަލަތަކަށް ނުދެއެވެ.

އިޖުތިމާއީ މަރުކަޒުގެ ހަރާކާތަކަށް ހުޅުވާލައިފި

ފުވައްމުލައް ސިޓީގައި މިހާރު ކޮވިޑް-19ގެ އެއްވެސް ބަންދެއް ނެތެވެ. ކުޅިވަރުކުޅުމާއި އާއްމު ތަންތަނަށް އެއްވުން ވަނީ ހުއްދަ ކޮށްފައެވެ. އަދި ފުވައްމުލަކު އިޖުތިމައީ މަރުކަޒުގެ ކުޅިވަރުތަކާއި ކަސްރަތު ސެޝަންތަކަށް ވަނީ ހުޅުވާލާފައެވެ.

އިއްޔެ، ސެޕްޓެމްބަރު 22 އަށް ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޖުމުލަ 1340 މީހުންނެވެ. އަދި މުޅިއެކު ބަލިން ރަނގަޅުވެފައި ވަނީ 1291 މީހުންނެވެ. މިބަލި ޖެހިގެން ފުވައްމުލައް ސިޓީއިން ނިޔާވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުގައި ވަނީ  އެއްމެ މީހެކެވެ.

މިދުވަސްކޮޅު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ތިބީ ދަޑިމަގު (12) އާއި ފުނާޑު (12) މީހުން، މިސްކިތްމަގު (7) އާއި ހޯދަޑު (6) އާއި ދޫނޑިގަން (5)، މާދަޑު (3) އާއި ދިގުވާޑު (2) އެވެ. ބަލީގެ އެކްޓިވެ އެއްވެސް މީހަކު ނެތީ ހަމައެކަނީ މާލެގަމު އަވަށުގައެވެ.

ހެލްތު މިނިސްޓްރީއިން ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތު އިތުރު އެއްމަހަށް ދިގުކޮށްފައެވެ. އެގޮތުން އެންމެ ފަހުން އިއުލާންކުރި މުއްދަތު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ 2 ގައެވެ.

އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 51 (ރަށުތެރޭ 27)

ނަތީޖާ ނުލިބޭ 18

ނަތީޖާ ލިބުނު 53 (ރަށުތެރޭ 28)

22 ސެޕްޓެމްބަރު 2021 އަށް ފުވައްމުލައް ސިޓީގައި ވެކްސިން ޖެހި ނިސްބަތް

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު އާއްމު ވެކްސިން ޖެހުމެއް ނޯވޭ)

9 ސެޕްޓެމްބަރުގައި، ފުރަތަމަ ޑޯޒް:  ޖުމުލަ 7351

9 ސެޕްޓެމްބަރުގައި،، ދެވަނަ ޑޯޒް: ޖުމުލަ 6514

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !