ގައުމީ ގުއުރާން ކިޔެވުމުގެ މުބާރާތަށް ކުދިން ހޮވުން މިއަދާއި މާދަމާ

34 ވަނަ ގައުމީ ގުރުއާން މުބާރަތުގެ އޯޑިޝަން ކުރިޔަށްދަނީ 2021
Share on facebook
Share on twitter
Share on google
ދިވެހިރާއްޖޭގެ ގައުމީ ގުއުރާން ކިޔެވުމުގެ މުބާރާތަށް ފުވައްމުލައް ސިޓީއިން ކުދިން ހޮވުމައްޓަކައި ބާއްވާ ދަރިވަރުންގެ ކިޔެވުން ވަޒަންކުރުމުގެ މަރުހަލާ މިއަދު (22 އޮކްޓޯބަރު 2021، ހުކުރު) ދުވަހު ފަށައިފިއެވެ.
މި ޕްރިލިމިނަރީ ބުރުގެ ކިޔެވުން ކުރިޔަށްގެންދަނީ ކުރުނދުމާ މާލަމުގައި މައަދާއި މާދަމާ (ހޮނިހިރު ދުވަހުގެ) ގެ ނިޔަލަށެވެ. މިބުުރުގައި ވާދަކުރާނީ ހަމައެކަނި ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނެވެ.

މިއީ ދިވެހިރާއްޖޭގެ ގައުމީ ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ މުބާރާތުގެ އޯޑިޝަން މަރުހަލާއެވެ. މިމަރުހަލާގެ ކިޔެވުން މިހާރު ފެށިގެން ކުރިޔަށް އެބަގެންދެއެވެ.

34 ވަނަ ގައުމީ ގުރުއާން މުބާރަތުގެ އޯޑިޝަން 2021

މި އޯޑިޝަންގައި ފުވައްމުލައް ސިޓީގެ 6 ސްކޫލަކުން 106 ދަރިވަރުން ބައިވެރިވަފައި ވެއެވެ. ދަރިވަރުން ބައިވެރިވެފައި ވަނީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒާއި މުޙައްމަދު ޖަމާލުއްދީން ސްކޫލާއި، ޙާފިޒް އަޙުމަދު ސްކޫލާއި ފުވައްމުލަކު ސްކޫލާއި އައިޑިއަލް ސްކޫލުގެ އިތުރުން ޒިކުރާ ސްކޫލުންނެވެ.
މިބުރުގައި ފަނދިޔާރުކަން ކުރައްވަނީ އެމްޖޭއެސްގެ ޓީޗަރު އަހުމަދު ސަމީރު، މުހައްމަދު އަނީސް އަބްދުﷲ ގެ އިތުރުން އަޒްލީނާ އިބްރާހިމް އެވެ. މިބުރުން ހޮވޭ ދަރިވަރުން މާލޭގައި ބާއްވާ ގައުމީ މުބާރަތުގައި ވާދަކުރާނެއެވެ.

މިބުރުގެ ފަނޑިޔާރުން

3.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments