A wide advertisement which will be shown on all devices. (700 x 100)

އެޑްވާންސް ލައިފް ސަޕޯޓް އެންޑް ކްރިޓިކަލް ކެއާ ޕްރޮގްރާމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ 3 ބައިވެރިން

އައްޑޫގައި ކުރިޔަށގެންދިޔަ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން

އެޑްވާންސް ލައިފް ސަޕޯޓް އެންޑް ކްރިޓިކަލް ކެއާ ޕްރޮގްރާމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ 3 މުވައްޒަފަކު ބައިވެރިވެ ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ 5 ދުވަހުގެ މި ތަމްރީނު ޕްރޮގްރާމަކީ ދާއިރާގެ ސަޓިފައިޑް ޕްރޮގްރާމެކެވެ. ބައިވެރިން އެސެސްކުރެވި %70 އިން މަތީން މާކް ހޯދައިގެން ނޫނީ ފާސްނުވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވީ ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި 2 ނަރުހުންނެވެ.

އެޑުވާންސް ލައިފްސަޕޯޓް ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތު 2021

މި އޮކްޓޯބަރު 17-21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމު އަމާޒުކުރެވިފައި ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށެވެ. ސަރަހައްދީ ހޮސްޕިޓަލް ކަމަށްވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި އެސްޓީއޯ ގުޅިގެން ކުރިއަށް ދިޔަ މި ޕްރޮގްރާމަކީ ދުނިޔޭގެ ފެންވަރުގެ ސަޓިފައިޑް ހެލްތް ކެއާ ޓްރެއިނިން ފޯރުކޮށްދެމުން އަންނަ “ކޯޑް ބްލޫ” އިން ފެސިލިޓޭޓް ކޮށްދީގެން ކުރިޔަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެކެއެވެ.

މި ތަމްރީނުގައި ބައިވެރިވި 10 ޑޮކްޓަރުންނާއި 13 ނަރުހުންވެސް ޕްރޮގްރާމުގެ މިންގަނޑުން ފާސްވެ ސެޓްފިކެޓް ޙާސިލުކޮށްފައި ވެއެވެ.

ޕްރޮގްރާމުގެ ބައިވެރިން “އެއާވޭ މެނޭޖްމަންޓް އެންޑް ހީމޯޑައިނަމިކް މޮނިޓަރިން” އާއި “އިމަޖެންސީ ޓްރޯމާ ލައިފް ސަޕޯޓް އެންޑް މާސް ކެޝުއަލްޓީ މެނޭޖްމަންޓާއި”، “އެޑްވާންސްޑް ކާޑިއޯވެސްކިއުލާ ލައިފް ސަޕޯޓް” އާއި ގުޅުންހުރި ތަމްރީންތަކާއި ޕްރެކްޓިސްތައް ފުރިހަމަކޮށްފައި ވެއެވެ.

އެޑުވާންސް ލައިފްސަޕޯޓް ޓްރެއިނިން 2021

މި ޕްރޮގްރާމްގައި ކިޔަވާދެއްވީ އިމާޖެންސީ ފިޒީޝަނުން ކަމަށްވާ ޑރ. އާމިނަތު ޒޭބާ އަހްމަދު އާއި ޑރ. އަހްމަދު ޒިޔާން އާއި އޯތޮޕީޑިކް އެންޑް ޓްރޯމާ ސާޖަން ޑރ. ޔޫސުފް ޝާން އާއި ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފްގެ އިތުރުން ޖެނެރަލް ޕްރެކްޓިސް ސްޕެޝަލިސްޓް ޑރ. އިބްރާހިމް އިޔާޒްއެވެ. މިއީ މިދާއިރާގައި ރާއްޖޭގައި އެންމެ ކުރި ސަފުގައި ތިބި ޑޮކްޓަރުންނެވެ.

މިތަމްރީނުތަކުގެ ނިންމުން ބާއްވާފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސެމިނާ ރޫމްގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !