A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހިންގި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ފުވައްމުލަކު ހޮސްޕިޓަލުގެ އިންހައުސް ތާމްރީނު ޕްރޮގްރާމް ނިންމުން

ފުވައްމުލަކު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހިނގި “ޕާސަނަލް ޑިވެލޮޕްމެޓް” ތަމްރީނު ޕްރޮގްރާމް އިއްޔެ ނިންމާލައިފިއެވެ.

މި 3 ނޮވެމްބަރު (2021) އިން ފެށިގެން 3 ދުވަހުގެ މުއްދަތަށް މިޕްރޮގްރާމަކީ ރައްޔިތުންނަށް ކިދުމަތް ދިނުމުގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރަށް ހަރުދަނާކޮސް ދާއިރާގެ ތަޖުރިބާ ކާރު ބޭފުޅަކު މެދުވެރިކޮށް ހިންގި ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ކުރިޔަށް ގެންގޮސްފައި ވަޒީފާތަކުގެ މީހުން ތަމްރީނު ކުރުމުގެ ދާއިރާގަިއ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އަބްދުﷲ އެވެ. އަބްދުﷲ ހަމީދު އަކީ އެޗްޕީއޭގެ ނަންކޮމިއުނިކަބުލް ޑިޒީސް ތަކަށް މީހުން ތަމްރީނު ކުރުމުގައި މަސައްކަތް ކުރާއްވާ ބޭފުޅެކެވެ.

ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެެންދިޔަ އަބްދުﷲ ހަމީދު އާއި މެނޭޖަރު ޟިރާރު

މިތަމްރީނު ޕްރޮގްރާމުގައި ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެކުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުންނާއި، ޓީމްޖޯޝުގައި މަސައްކަތް ކުރުމުގެ ހުނަރާއި ކަސްޓަމާ ކެއާ އަދި ފެންވަރު ރަނގަޅު ނާސިން ކެއާއެއް ފޯރުކޮށްދިނުމަށް އަމާޒުކުރެވިގެން މައުލޫމާތު ދެވިފައިވާކަމަށް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ޟިޜާރު ހާމަކުރެއްވިއެވެ. މިފަދަ ޕްރޮގްރާމުތައް މެދުވެރިކޮށް ހޮސްޕިޓަލުގެ ޚިދުމަތް ހޯދާ ފަރާތަކަށް ދެވޭ ޚިދުމަތްކާއި އެހީތެރިކަމުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކުރާކަމަށް ހާމަކުރައްވައެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އަމާޒަކީ އަދި އެންމެ އިސްކަންދޭ ކަމަކީ މިފަދަ ޕްރޮގްރާމްތަކުގެ އެހީގައި ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ރައްޔިތުން ބަލައިގަންނަ ޞިއްޙީ ޚިދުމަތްތައް ދިނުން ކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ.

ތަމްރީނު ޕްރޮގްރާމުގެ ހަރަކާތެއްގެ ތެރެއިން

ފުވައްމުލަކު ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނަގޅުވުމަކި ގިނަ ބަޔަކު މިއަދު އެދިގެން ތިބި ކަމެއްކަން ސޯޝަލް މީޑިއާގައި ހޮސްޕިޓަލާއި މެދު އާއްމު ހާމަކުރަމުންދާ ބައެއް ޝުއޫރުތަކުން ވެސް އެނގެއެވެ. އެގޮތުން ހޮސްޕިޓަލް ހިންގުމާއި އަލަށް ހަވާލުވި މެނޭޖަރު ޝިރާރު މިވަނީ އެހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުވައްޒަފުންނަށް އިތުރަށް ދާއިރާއިން އިތުރު މައުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމުތަކުން ފަށާފައެވެ.

ޟިރާރު ވިދާޅުވިގޮތުން ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 8 ގަޑިއިރުގެ ‘އިން-ހައުސް’ ތަމްރީނު ފުރިހަމަކުރަން ޖެހޭ ބައެކެވެ. އެގޮތުން އިއްޔެ ނިންމާލި ޕްރޮގްރާމުން ވެސް އެކަން ހާސިލުކުރެވިފައި ވާނެކަމަށެވެ.

ހޮސްޕިޓަލް ފަދަ ތަންތަނަކީ ގިނަފަހަރަށް އެތަނަކުން ކުރެވެ ކުޑަކުޑަކެމެއްގެ ސަބަބުން ވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވާން ދިމާވާ ތަންތަނެވެ. އެފަދަ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތަކުން ވެސް ހޮސްޕިޓަލުތަކުން ދޭ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމާއި ޚިދުމަތްތައް ހޯދުމުގައި ހުރިހާ ފަރާތަކަށްވެސް އިހުތިރާމާއެކު މުއާސަލާތުކުރުމަކީ ވެސް މުހިންމު ކަމެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !