A wide advertisement which will be shown on all devices. (700 x 100)

މިރެއިން ފެށިގެން ބޮޑު ބަޔަކުން ފެނުގެ ޚިދުމަތް މެދުކެނޑާލަނީ

ފުވައްމުލަކު ފެން ޕްލާންޓްގެ ފެން ހޮޅިއެއް

މިރޭ، 7 ނޮވެމްބަރު 2021 ވާ ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ކޮންމެ ރެއަކުވެސް ކަނޑައަޅާ ގަޑީގައި ރަށުގެ ބޮޑު ބަޔަކުން ފެނުގެ ޚިދުމަތް މެދު ކަނޑާލާނެކަން ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ. އެގޮތުން ފެނުގެ ޚިދުމަތް މެދުކަނޑާލަން ހަމަޖެހިފައި ވަނީ ކޮންމެ ރެއަކު ވެސް 11:00 އިން ފަތިހު 4:00އަށެވެ.

ފެނަކައިން ހާމަކުރި ގޮތުގައި ފެނުގެ ޚިދުމަތް މެދުކަނޑާލަނީ ފުވައްމުލައ ސިޓީގެ ފެނުގެ ނެޓްވޯކްގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި މިހާރުން މިހާރަށް ކުރަން ހަމަޖެހިފައިވާ މެއިންޓެނަންސް މަސައްކަތް ކުރުމައްޓަކައެވެ.

ފެނަކައި ފެނުގެ ޚިދުމަތް މެދުކަނޑާމިލަނީ ގިނަ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް ބަލައިގެން އެންމެ މަދުން މީހުން ފެން ބޭނުންކުރާ ގަޑީގައި ކަމަށް ބެލެވެއެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި ވަރަށް ބޮޑެތި ލީކް ތަކެއް ހުރެ، އުފައްދާ ފެނުގެ ބޮޑު ބައެއް އިސްރާފުވެގެން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެ އިސްރާފުގެ ސަބަބުން ރައްޔިތުންނަށް ގެއްލުމުގެ އަގު ދައްކަން ނުޖެހުނު ކަމުގައި ވިޔަސް އެފެން އުފައްދަން ފެނަކައިން ކުރާ ޚަރަދު ލިބޭނެ ގޮތެއް ނޯވެއެވެ. ވުމާއެކު ކުންފުންޏަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ވާނެއެވެ.

ފުވައްމުލައ ސިޓީގެ ފުނުގެ ނިޒާމުން އިސްރާފުވާބައި ބޮޑު.- އަބްދުﷲ މުހައްމަދު

ފެނެނުގެ ނެޓްވޯކުގައި ހުރި ލީކުތަކުގެ ވާހަކަ ކަމާއި ބެހޭ ސަރުކާރުގެ އިދާރާތަކަށާއި ފެނަކަ މައި އޮފީހުގެ ސަމާލުކަމަށް ގެނެސްފައި ވީފަހުންވެސް ގިނަ ދުވަސްތަކެއް ވެފައިވާކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިފައި ވެއެވެ.

ފެނުގެ ނިޒާމުގެ މަރަމާތުގެ މަސައްކަތަކަށް ކިދުމަތް މެދުކަނޑަލަން ޖެހުމުން ދިމާވާނެ ދަތިތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް އެކުންފުނިން ނެރުނު ނޯޓިސްގައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !