އައިޑިއަލް ސްކޫލުން ސްޕޯޓްސް މީޓާއި ގިނަ ހަރަކާތްތަކެއް، ކުރިޔަށް

އައިޑިއަލް ސްކޫލުގެ މިއަހަރުގެ ސްޕޯޓްސް މީޓް- ފުޓުބޯޅަ 2021
Share on facebook
Share on twitter
Share on google

އައިޑިއަލް ސްކޫލުގެ މިއަހަރުގެ ސްޕޯޓްސް މީޓު ޒުވާނުންގެ މަރުކަޒުގައި ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.

އައިޑިއަލް ސްކޫލުގެ ދަރިަވރުން 4 ޓީމަކަށް ބަހައިގެން ކުރިޔަށްގެންދާ މި ސްޕޯޓްސް މީޓުގައި ދަރިވަންގެ ފުޓްބޯޅައާއި ނެޓްބޯޅަ ހިމެނެއެވެ. ޕްރީސްކޫލާއި ދަށް ގްރޭޑްތަކުގެ ދަރިަވރުން ކިޔަވަމުން އަންނަ އައިޑިއަލް ސކޫލަކީ ފުވައްމުލައް ސިޓީގައި ހިންގާ އަމިއްލަ 3 ސްކޫލުގެ ތެރެއިން ސްކޫލުކެވެ. އެސްކޫލުގައި 150 އެއްހާ ދަރުވަރުން ކިޔަވަމުން އާދެއެވެ.

އައިޑިއަލް ސްކޫލުގެ މިއަހަރުގެ ސްޕޯޓްސް މީޓް- ނެޓްބޯޅަ 2021

މިފަދަ ހަރަކާތްތަކަކީ ކުޑަކުދިން ހެދި ބޮޑުވަމުން އަންނައިއރު އެހާމެ ބޭނުންތެރި، ދުޅަހެޔޮ ސިއްހަތެއްގައި ހަށިގަނދު ބެހެއްޓުމަށް މުހިންމު ހަރަކާތެކެވެ. ދަރިވަރުންނަށް އުފާވެރި މާހައުލެއްގައި ވާދަކުރަން ދަސްކޮށްދިނުމާއި އެއްދަރިވަރަކަު އަނެއްދަރިވަރަކާއި އެކު މުއާމަލާކޮށް އެއްކޮށް ކަންތައް ކުރާނެ ގޮތް ދަސްވުމަށް މަގުފަހިކޮށްދޭ ވަށާޖެހޭ ތައުލީމުގެ މުހިންމު ބައެކެވެ.

އައިޑިއަލް ސްކޫލުން އަންނަނީ ތަފާތު ގިނަ ހަރަކާތްތަކެއް ދަރިވަރުންނާއި ޓީޗަރުންނަށް ހިންމުންނެވެ. އެގޮތުން ދަރިވަރުންނަށް ހިންގާ ބައެއް ހަރަކާތްތަކުގެތެރޭގައި “ލިޓްލް ސައިންޓިސްޓް” އާއި އިންގިރޭސި ހަފުތާ، އާޓް އެންދް ކްރާފްޓް އަދިރަސުގެ އެކިތަންތަނަށް ތަތުރިބާ ދަތުރުތައް ބާއްވައެވެ.

އައިޑިއަލް ސްކޫލްގެ އާޓް އެންޑް ކްރާފްޓް

މީގެ އިތުރުން މުދައްރިސުންގެ ޑިވެލޮޕްމެންޓަށް ދަރިވަރުންގެ ކުރިއެރުން ބަލަމުންދާނެ ގޮތާއި، އެސެސްމެންޓްތައް ހަދާނެ ގޮތާއި އަދި އެކަންކަން ބެލެނިވެރިންނާއި އަދި އިސްފަރާތްތަކާއި ހިއްސާކޮށް ރިކޯޑް ކުރާނޭގޮތުގެ ތަމްރީނުތައް ބާއްވަމުން އާދެއެވެ. މީގެ އިތުރުން ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައްވެސް ބާއްވަމުން އާދެއެވެ.

އައިޑިއަލް ސްކޫލްގެ އާޓް އެންޑް ކްރާފްޓް ހަރަކާތް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments