A wide advertisement which will be shown on all devices. (700 x 100)

ޓެލެމެޑިސިން ޑައިބެޓިސް ކްލިިނިކެއް ފުވައްމުލައް ސިޓީގައި ފެށުން

މިއަދު ފުވައްމުލައް ސިޓީގައި އިފުތިތާހު ކުރި ޑިބެޓިސް ކްލިނިކު.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން މިއަދު (14 ނޮވެމްބަރު 2021) ފުވައްމުލަކު ހޮސްޕިޓަލުގައި ޓެލެމެޑިސިން ޑައިބެޓިސް ކްލިިނިކެއް ހުޅުވައިފިއެވެ. މިއަދު ފުވައްމުލަކުް ހޮސްޕިތަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކްލިނިކް ހުޅުވައިދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގުއެވެ.

ފުވައްމުލައް ސިޓީގައި މިއަދު އިފުތިތާހު ކުރި ޑިބެޓިސް ކްލިނިކު.

މިއީ ޤައުމީ ފެންވަރުގައި ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ނޭޝަނަލް ޑައިބެޓިސް ސެންޓަރުގެ ފަރާތުން ހުޅުވި ކްލިނިކެކެވެ. އެ ސެންޓަރުން ދިވެހިރާއްޖޭގެ 5 އަތޮޅެއްގައި ޓެލެމެޑިސިން ޑައިބެޓިސް ކްލިިނިކް ހިންގުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން މިއަދު ފުވައްމުލައް ސިޓީގައި އިފްތިތާހް ވެގެން އެދިޔާއި މީގެ ފުރަތަމަ ކްލިނިކުމަށް މައުލުމާތު ލިބެއެވެ. މިފަދަ ކްލިނިކެއްގެ ސަބަބުން ފުވައްމުލައް ސިޓީގައި ހަކުރު ބައްޔަށް ފަރުވާ ކުރައްވާ ފާރާތްތަކުގެ ފަރުވާގެ ކަންތައްތަކުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރައްވައެވެ.

ހަކުރުބައްޔަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ރޭ އެމްޖޭއެސް ހޯލުގައި ބޭއްވި ސެޝަނުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ

މިއހަރު ގައުމީ ފެންވަރެއްގައި ހަކުރުބަލީގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ފުވައްމުލައް ސިޓީގައެވެ. އެގޮތުން ގިނަ ހަރަކާތްތަކެއް އިއްޔެ އާއި މިއަދުވެސް ކުރިޔަށް އެބަގެނެދެއެވެ. މިއަދުވެސް ވަނީ މެޑިކަލް ކޭމްޕް ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިޔަށް ގެންގޮސްފައެވެ. މިއަދު ހަވީރުވަނީ ޑައިބެޓިސް ޑޭގެ ޚާއްސަ ރަން އެއްވެސް ބާއްވާފައެވެ. އަދި މިރޭ ހަކުރުބަލިގެ ދުވަހުގެ ރަސްމީ ޖަލްސާ ހާފިޒު އަހުމަދު ސްކޫލުގައި އޮންނާނެއެވެ. އެޖަލްސާގެ ދައުވަތު ވަނީ އާއްމުކޮށް އެންމެނަށް ހުޅުވާލާފައެވެ.

ހަކުރުބަލިގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދިޔަ މެޑިކަލް ކޭމްޕް ނިންމާލުން މިއަދު ހަވިރު.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !