A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާ ފޭރިގެންފި

މޯލްޑިވިއަން -ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު ފޭރިގެންފިއެވެ. މިހަމަލާގައި އެދެމީހުން ޒަހަމް ކޮށްލާފައި އެމީހުން އަތުގައި ހުރި ފައިސާތައް ފޭރިގެންފައިވާ ކަމަށް މޯލްޑިވިއަންގެ މައިކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސްއިން ހާމަކުރެއެވެ.
މިހާދިސާ ހިނގާފައިވަނީ ރެގައެވެ. އެއީ އިއްޔެ ސޭލްސް ނިންމައި އެދެމުވައްޒަފުން ފައިސާ ހިފައިގެން ދަނިކޮށް ތޫނު އެއްޗަކުން ހަމަލާ ދީގެން ކަމަށް ވެއެވެ. އެ ހަމަލާގައި އެމީހުން އަތުގަިއ ހުރި ހުރިހާ ފައިސާއެއް ވެސް ފޭރިގެންފައި ވެއެވެ. އެ މީހުންގެ އަތުގައި ހުއްޓާ އެއްލައްކައަށްވުރެ ގިނަ ފައިސާ ފޭރިގެންފައި ވެއެވެ. އެއީ 93،850 ދިވެހި ރުފިޔާ އާއި 448 އެމެރިކާ ޑޮލަރެވެ.
މި ހާދިސާގައި ޒަޚަމްވި ދެ މީހުނަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅައި ބަލަން ފަށާފައިވާ ކަމަށް ވެއެވެ. ނަމަވެސް މިހާތަނަށް މިމައްސަލާއިގައި އެއްވެސް މީހަކު ހައްޔަރު ކުރިކަން އެނގޭކަށް ނެތެއެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !