ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވުނުގެ ކެމްބްރިޖް އޯލެވެލް އިމްތިހާނުން ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އިން ރަން ވަނަތަކެއް ޙާސިލުކޮށްފިއެވެ. ރޭ ބޭއްވި 2019 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން މަތީ ވަނަތައް ހާސިލުކުރި ދަރިވަރަންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނިގެން ޏ.އޭއީސީގެ 15 ދަރިވަރަކު އިނާމު ހާސިލުކޮށްފައި ވެއެވެ.
މީގެ އިތުރުން ދުނިޔޭގެ ގަދަ 10 ގައި ޏ.އޭއީސީގެ 3 ދަރިވަރަކު ހިމެނިފައި ވެއެވެ. މިއީ ޏ.އޭއީސީގެ ތާރީޚުގައި ވެސް މިހާ ރަނގަޅު ކާމިޔާބީއެއް ހާސިލުކުރި މަދު ފަހަރު ތަކުގެ ތެރެއިން ވެސް ފާހަގަކޮށް ލެވޭ ފަދަ ކާމިޔާބީއެކެވެ.
ރޭ މާލޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ދިވެހިރާއްޖޭގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 އާއި ޚާއްސަ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ދިނުގެ ރަސްމިއްޔާތު، އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ’ ގައި މުޅި ދުނިޔޭގެ މެރިން ސައިންސް ގަދަ 10ގައި ހިމެނިގެން ޏ.އޭއީސީގެ 3 ދަރިވަރުން އިނާމު ހާސިލުކޮށްފައި ވެއެވެ. އަދި ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1 ވަނަ ހާސިލުކުރި ކުދިންގެ ތެރޭގައި ވެސް ޏ.އޭއީސީގެ ދަރިވަރު، އާއިޝަތު އަނާ މުހައްމަދު ހިމެނެއެވެ.
މެރިން ސައިންސުން ދުނިޔޭގެ ގަދަ 10ގައި ހިމެނުނު ޏ.އޭއީސީގެ 3 ދަރިވަރުންނަކީ؛
މުޅި ދުނިޔެއިން 3 ވަނަ: ޖައުދު އިބްރާހިމް
މުޅި ދުނިޔެއިން 5 ވަނަ: ރަފްހާ އަހުމަދު މުޙައްމަދު
މުޅި ދުނިޔެއިން 8 ވަނަ: ހައްމަވާ ސަމްހާ
2019 ވަނަ އަހަރު ބޭއްވުނު ކެމްބްރިޖް އޯލެވެލް އިމްތިހާނުން ގައުމީ ގަދަ 10 ގައި 15 ދަރިވަރުން ހިމެނިފައި ވެއެވެ. އެއީ 2 ވަނާގައި 2 ދަރިވަރުން، 6 ވަނާގައި 1 ދަރިވަރަކު، 7 ވަނާގައި 4 ދަރިވަރުން، 8 ވަނާގައި 3 ދަރިވަރުން އަދި 10 ވަނާގައި 5 ދަރިވަރުންނެވެ. އެ ދަރިވަރުންނަކީ:
2 ވަނަ: ހައްމަވާ ސަމްހާ
2 ވަނަ: ޖައުދު އިބްރާހިމް
6 ވަނަ: ރަފްހާ އަހުމަދު މުޙައްމަދު
7 ވަނަ: ފާތިމަތު ލަމްޔާ ޝިހާބު
7 ވަނަ: އާއިޝަތު ޖީހާން ނާޒިމް
7 ވަނަ: އާއިޝަތު އަނާ މުހައމްަދު
7 ވަނަ: އާއިޝަތު ސައުމާ މުހައްމަދު
8 ވަނަ: އާމިނަތު ސާޔާ އަލީ
8 ވަނަ: އާއިޝަތު ނަތާލީ ޝަރީފު
8 ވަނަ: ފާތިމަތު ލޫޝާ
10 ވަނަ: ޖެނީ ސިވާދު ހުސައިން
10 ވަނަ: މުހައްމަދު އީވާން ރާމިޒް
10 ވަނަ: މުހައްމަދު ލޫތު އާގިސް
10 ވަނަ: މަރިޔަމް އީން މުހައްމަދު
10 ވަނަ: ޒުލައިޚާ ތާހިރު ޒަކަރިއްޔާ
މިފަދަ އިމްތިހާނު ތަކުން ދަރިވަރުންނަށް މަތީ ނަތިޖާ ލިބެނީ ހަމައެކަނި ސްކޫލުންނާއި ސްކޫލުގެ ޓީޗަރުން ކުރާ މަސައްކަތަކުން އެކަންޏެއް ނޫނެވެ. އޭގައި އެންމެ މުހިންމީ ދަރިވަރުން ކުރާ މަސައްކަތެވެ. ކާމިޔާބީއެއް ލިބުނަސް އަދި ކާމިޔާބީއެއް ނުލިބުނަސް އެކަމުގައި ތީޗަރުންނާއި ސްކޫލާއި އެއްވަރަކަށް ދަރިަވރުންނާއި ބެލެނިވެރިން ވެސް ޝާމިލްވެއެވެ.
ވީމާ ނަތީޖާ ދަށްވާ ފަހަރުގައި ވެސް ގަބޫލުކުރަން ޖެހެނީ އެއީ ދަރިވަރުންގެ އެފަހަރުގެ ފެންވަރުކަމެވެ. މަތީ ނަތީޖާތައް ހުރިހާ ފަހަރަކު ޙާސިލު ނުކުރެވިދާނެކަން ވެސް ގަބޫލުކުރަން ޖެހެއެވެ. ނަމަވެސް އަބަދުވެސް މަސައްކަތް ކުރަންވާނީ މަތީ ނަތީޖާއެއް ހޯދުމަށެވެ.
ޚިޔާލުތައް