ފުވައްމުލައް ސިޓީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ތޮށިލުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ތައްޔާރުވެއްޖެއެވެ.
މިކަން އާއްމުކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އާއްމު އެނެްމުމުގައި ވާގޮތުން މިރަސްމިއްޔތު ބާއްވާނީ މާދަމާ، 12 ޑިސެމްބަރު 2021 ވާ އާދީއްތަ ދުވަހު ހަވީރު 15:45ގައި ދުނޑިގަމު އަވަށުން ބޮޑު ފަންނު ސަރަހައްދުގައެވެ.
މާދަމާ ހަވީރު ރަސްމިއްޔާތުގައި ނާއިބު ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަކޮށްފައި ވެއެވެ. އަދި މިރަސްމިއްޔާތު ފުވައްމުލައް ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖްއިން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.
ފުވައްމުލައް ސިޓީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ގިނަ ގިނަ އަހަރުތަކަކަށް އތަފާތު އެކި ސަބަބުތަކާހެދި ލަސްވެގެން ގޮޮސްފައިވާ މަޝްރޫއެކެވެ. މިމަޝްރޫއަށް ޚަދަދުކުރުމަށް ހަމަޖެހިފައިވަނީ ނެދަލޭންޑް އެއިޑް އެޖޭންސީ (އޯރިއޯ) އާއި ކްވެއިތު ފަންޑުންނެވެ.
މިމަސައްކަތަށް މިއަހަރުގެ ބަޖެޓުގައި 52 މިލިޔަން ރުފިޔާ ހިމަނާފައި ވެއެވެ. އެއީ މިައހަރު ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދިއުމަށް ކަނޑައެޅި 25 ޕްރޮޖެކްޓްގެ ތެރެއިން އެންމެ ބޮޑު ޕްރޮޖެކްޓެވެ.
މިހާރު ކުރިޔަށް 18 ވަނަ ރައްޔިތުންގެ މަޖުލިހުގެ 2020 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ ޖަލްސާގައި މިއަހަރު (2021)ގެ ބަޖެޓަށް މަޖުލީހުގެ ފްލޯގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު އުތުރު ދައިރާގެ މެމްބަރު މުހައްމަދު ރަޝީދު، ވިދާޅުވެފައި ވަނީ “ކުރިޔަށް އޮތް އަހަރު ފުވައްމުލަކުގެ ރައްޔިތުން އެންމެ އިސްކަންދޭ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު” ކަމަށެވެ.
މިމަޝްރޫއު ނުފެށި ލަސްވާތީވެ އެކަމާއި ގުޅިގެން މިނިސްޓާ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް އެމްޕީ މުހައްމަދު ރަޝީދު (ދޮންބެ) ސުވާލު ކޮށްފައި ވެއެވެ.
ނިމުނު 2020 ވަނަ އހަރު ޑިސެމްބަރު މަހު 26 ވަނަ ދުވަހު މިމަޝްރޫއާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލުހޯދުމުގެ ބައްދަލުވުމެއް ފުވައްމުލައް ސިޓީ ކައުންސިލުން ބާއްވަފައި ވެއެވެ. އެބައްދަލުވުމުގައި ފުވައްމުލަައް ސިޓީގެ އުތުރު ފަރާތުގެ ގޮނޑުދޮށުގައި ތޮށިލުމުގެ މަޝްރޫއާއި ގުޅިގެން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ދެނެގަތުމަށް އެންވަޔަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ތައްޔާރުކުރުމަށް ކުރެވޭ ދިރާސާއަށް ރައްޔިތުންގެ ޚިޔާލު ހޯދާފައި ވެއެވެ.
އަދި މިއަހަރު (2021) މިމަޝްރުއުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަން ހާމަކޮށްފައި ވެއެވެ.
ޚިޔާލުތައް