A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅާކަށް ރޭވިފައެއް ނެތް – ހެލްތު މިނިސްޓަރު

މިހާރުގެ ފުވައްމުލަކު ހޮސްޕިޓަލް މަތިން - 2021

ފުވައްމުލަކު ސިޓީގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ރޭވިފައިނެތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

“ޓާޝަރީ ހޮސްޕިޓަލެއް އަޅާގޮތަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް ނެތް. މިހާރު ހުރި ހޮސްޕިޓަލުވެސް އަޅުގަނޑުމެން މިގެންދަނީ އިމްޕްރޫވް ކުރުމުގެ ކަންތައްތައް، އެކަމަކު ހޮސްޕިޓަލެއް އެބައަޅާ އެއީ ޓާޝަރީ ހޮސްޕިޓަލެއް ކަމެއް އަޅުގަނޑުމެންނަކަށް އެގޭކަށްނެތް” ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. ހެލްތު މިނިސްޓަރު އިތުރަށް ވިދާޅުވީ އެމައްސަލަ މިހާރު އައިސްފައިވާ ކަމަށާއި އެކަން ބައްލަވަމުންދާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލާއިއެކު ކޮންމެ ސިޓީއެއްގައިވެސް ޓާޝިއަރީ ހޮސްޕިޓަލެއް ގާއިމުކުރަންޖެހެއެވެ.

ހެލްތު މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު މިދިޔަ އަހަރު އޮގަސްމަހުތެރޭ ވަނީ ފުވައްމުލައް ސިޓީގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް ޢިމާރާތުގެ ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓިޓީ އާއި، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތަކާއި، ޓެންޑަރ ޑޮކިޔުމެންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތްއިން އިއުލާންކޮށްފައެވެ. އެފަހަރު ކުރެވުނު އިއުލާނާއި ގުޅިގެން އޭރުގެ ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެފައިވަނީ މިހޮސްޕިޓަލު ފަރުމާކުރެވިގެންދަނީ މުޅިން ޚިދުމަތާއި އައު ވަސީލަތްތަކާއެކު ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށެވެ.

ފުވައްމުލަކުގައި އަޅާ އެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މިހާރުގެ ހޮސްޕިޓަލާއި ޖެހިގެން އިރުމަތީފަރާތަށް އޮތް ހުސްބިމާއި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މިހާރުގެ އިދާރީ އޮފީސް ހިންގާ ހިމާރާތް ހިމެނޭ ސަރަހައްދާއި އެކު ގުޅުވާލައިގެން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !