A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ކުޑަކޮށްފި

ބަދަރަށް ވަންނަ ސަފާރީތަކުގެ ފީ ކުޑަކޮށްފި

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ބޮޑުކުރި ފީނަގަން ފެށިތާ މާގިނަ ދުވަހެއް ނުވެ އަލުން ފީކުޑަކުރަން ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެގޮތުން 12 ޖެނުއަރީ 2022 ވަނަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ 33 ވަނަ ޖަލްސާއިން ނިންމީ އޭޕްރީލް މަހު 1 އިން ފެށިން ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ދުވަހަކަށް 50 ޑޮލަރުން ދުވަހަކަށް 500 ޑޮލަރު (7710 ރުފިޔާ) ނެގުމަށެވެ. ނަމަވެސް ބައެއްގެ ސަމާލުކަން އެކަމަކަށް އެއިރު ލިބިފައެއް ނުވެއެވެ.

އާއްމުންގެ ގިނަބައެއްގެ ފާޑުކިޔުމާއި އެކު އިއްޔެ (11 އޭޕްރީލް 2022ގައި) ވަނީ އެގަވާއިދަށް އިސްލާހު ގެނެސް ނަގާ ފީ ގިންތިކޮށް އަދި ކުޑަކޮށްފައެވެ.

ކުޑަކުރި ފީ އަދި ގިންތި

– 100 ފޫޓަށް ވުރެ ކުރު ސަފާރީތަކުން ދުވަހަކަށް 150 ޑޮލަރު (2،313 ރުފިޔާ)

– 100 ފޫޓަށް ވުރެ ދިގު ސަފާރީތަކުން ދުވަހަކަށް 200 ޑޮލަރު (3،084 ރުފިޔާ) އެވެ.

ފަހުން ކަނޑައެޅި ރޭޓުން ފީ ނަގަން ފަށާނީ މި އޭޕްރީލް މަހު 21 އިން ފެށިގެން ކަމަށް ކައުންސިލުން ހާމަކުރެއެވެ. ވުމާއެކު އޭޕްރީލް މަހު 1-20 އަށް ހިނގާނީ ބޮޑު ފީއެވެ.

ބަނދަރުގެ ޖާގައިގެ ދަތިކަމާއި ހެދި ބޮޑެތި އުޅަނދުތައް ބަނދަރަށް ވަނުމަށް ހިތްވަރު ނުދިނުމުގެ ގޮތުން ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާފީ ބޮޑުކުރީ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކުރުން ތަންފީޒުވާން ފެށުމުން އާއްމުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައި ނަގަން ކަނޑައެޅި ފީއަކީ އެކަން އެކަށީގެންވާ މިންވަރަށް ބަލައި މަޝްވަރާކޮށްގެން ކަނޑައެޅި ފީއެއް ނޫން ކަމަށް ބުނެ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

އައިލެންޑް ސަފާރީ 1 ފުވައްމުލަކު ބަނދަރުގައި.
ފުވައްމުލކު ހޮސްޕިޓަލުން ފުރަތަމަ ކޯވިޑް-19 ގެ ސާމްޕަލެއް ނެގީ މި ސަފާރީ ފުވައްމުލަކު ބޭރުގައި އޮތްވައި.

މިކަމާއި ގުޅިގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ބުނެފައި ވަނީ ބަނދަރަށް ވަންނަ ވަކި ބާވަތެއްގެ އުޅަނދަކުން ފީނެގުމަކި ތަފާތުކުރުން ކަމަށެވެ. އެ އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ހާބަރުތަކުން ފީ ނަގަނީ ވަކި ވައްތަރެއްގެ އުޅަނދަށް ބަލައިގެން ނޫން ކަމަށެވެ. ނަގާ އަގު ބިނާވަނީ އެއުޅަނދެއްގެ ކުޑަބޮޑު މިނާއި ބަނދަރުގައި އޮންނަ ވަގުތަށް ކަމަށެވެ. އެހެންވެ، ފުވައްމުލައް ސިޓީ ކައުންސިލުން ހަމައެކަނި ސަފާރީތަކުން ވަކި އަދަދަކަށް ފީ ނަގަން ނިންމުމަކީ ތަފާތުކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ފީއެއް ނަގާ ނަމަ ބަނދަރަށް ވަންނަ ހުރިހާ އުޅަދަކުން ވެސް އެކަށީގެންވާ ފީއެއް ނެގުން އެންމެ ރަނަގޅު ކަމަށާއި ނަމަވެސް ފުވައްމުލައް ސިޓީ ކައުންސިލުން ފީ ބޮޑުކުރި ނިންމުން އަލުން މުރާޖާ ކުރުމަށް ގޮވާލާކަމަށް ހާމަކުރިއެވެ.

ކުރީގެ ނިންމުމަށް އެންމެ ބޮޑަށް ފާޑު އަމާޒުވެގެން ދިޔައީ ބަނދަރުގެ ދަތިކަމާއި ހުރެ ފީ ބޮޑުކުރިއިރު ބޮޑެތި ސަފާރީތަކާއި ކުޑަ ސަފާރިތަކުން ވެސް އެއްވަރެއްގެ ފީއެއް ނެގުމަށް ނިންމާފައި ވުމުންނެވެ. ވުމާއެކު ފީއަށް ބަދަލުގެނައުމުގެ ނިންމުމުގައި އުޅަނދުތަކުގެ ބޮޑުމިނަށް ބަލާފައި ވެއެވެ.

ފުވައްމުލައް ސިޓީ ކައުނސިލްގެ މިނިންމުމުން ދޭހަވަނީ އެކައުންސިލަކީ ރައްޔިޔުންގެ ކަންބޮޑުވުންތަކުގެ އަޑުއަހައި އެއާއި އެގޮތަށް އަމަލުކުރާ ކަމެވެ.  ކައުންސިލްގެ ނިންމާ ނިންމުންތަކުގެ ފުރިހަމަކަން ވަޒަން ކުރެވެން އޮންނަނީ އެނިންމުމަކަށް ރައްޔިތުންގެ ގިނަބައެއްގެ ބަސްބުނެ އަޑުއިއްވުމުންނެވެ. ނަމަވެސް ގިނަ ނިންމުންތަކަށް ރައްޔިތުންގެ އަޑު ނުވަތަ ފީޑްބެކް ލިބޭ މިންވަރު ކުޑަކަން ފާހަގަވެއެވެ.

ފުވައްމުލައް ސިޓީގައި ގެސްޓް ހައުސްތައް އިތުރުވުމާއި އަދި ސަފާރީތަކުގައި ފުވައްމުލަކަށް ޑައިވީނަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފެއެވެ. އެގޮތުން ފުވައްމުލަކުގައި މިހާރު 7 ޑައިވް ސެންޓަރާއި 21 ގެސްޓްހައުސް ހިންގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !