A wide advertisement which will be shown on all devices. (700 x 100)

މިއަހަރުގެ އިޙްޔާ ފޯރަމްގެ މާދަމާ ގެނެސްދެނީ ފުވައްމުލައް ސިީއިން

1443 ވަނަ އަހަރުގެ އިހްޔާ ޕްރޮގްރާމު ފުވައްމުލައް ސިޓީއިން

މިއަހަރު، 1443 ގެ އިޙްޔާ ފޯރަމްގެ ފުވައްމުލައް ސިޓީއިން ގެނެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ. އެގޮތުން މާދަމާ 22 އޭޕްރީލް 2022 ވާ ހުކުރު ދުވަހުގެ ގެނެސްދޭ އިޙްޔާ ފޯރަމްގެ 10 ވަނަ ޕްރޮގްރާމް ގެނެސްދެނީ ފުވައްމުލައް ސިީޓީއިންނެވެ.

މި ޕްރޮގްރާމުގެ މައުޟޫއަކީ “އެންމެ ހެޔޮ އިންސާނާގެ ޙަޔާތްޕުޅުގައި އިޖުތިމާޢީ ގުޅުން” އެވެ. މި މައުޟޫއަށް މިޕްރޮގްރާމް ގެނެސް ދިނުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އާއި އަލްއުސްތާޒު މުހައްމަދު އަނީލް އެވެ. މި ހަފުލާ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޏ.އަތޮޅޫ ތައުލީ މަރުކަޒު (ޏ.އޭއީސީ) ގެ ހޯލުގައި ރޭގަނޑު 9:30 ގައެވެ. އަދި މި ދަރުސް އަޑުއެހުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.

މި ދަރުސް އަޑުއެހުމަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ 10 މީހަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމުތައް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ޕްރްގްރާމް ގައުމީ ޓީވީ ޓީވީއެމް އިން ލައިވްކުރާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !