ފުވައްމުލައް ސިޓީގައި ފަތުރުވެރިން ބަލަން ޝައުގުވެރިވާ ތަންތަން ފާހަގަކޮށް ޗާޓް ފަރުމާ ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށް ހުޅުވާލައިފިއެވެ.
އެގޮތުން ތައްޔާރުކުރެވޭ ޗާޓުން ނުވަތަ ސައިޓް ސީން މެޕްތައް ފުވައްމުލައް ސިޓީގެ އެކިސަރަހައްދުތަކުގައި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިފަދަ ޗާޓްތައް ފަރުމާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޖޫން 2022 ވަނަ ދުވަހު 14:00 ގެ ކުރިން 7487900 އަށް ގުޅުއްވައި ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެއްވުމަށް އާއްމު ދައުވަތު ހުޅުވާލާފައި ވެއެވެ.
ފުވައްމުލައް ސިޓީގައި ތާރީޚާއި ގުޅެ ބައެއް މުހިންމު ސަރަހައްދު ތަކުގެ ތެރޭގައި ގެންމިސްކިތާއި، ހަވިއްތަ، ކެޑޭރެ މިސްކިތާއި ހުކުރު މިސްކިތް، ރިބާތާއި ވަށުވެޔޮ ހިމެނެއެވެ.
ފުވައްމުލައް ސިޓީގައި ސައިޓް ސީން މެޕް ނުވަތަ މުހިންމު ތަންތަނަށް ދެވޭނެ މަގުތައް ފާހަގަ ކުރެވިފައިވާ ޗާޓްތަކެއް ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ހުރުމަކީ އެފަދަ ތަންތަނަށް ގިނަބަޔަކު ޒިޔާރަތް ކުރުމަށް ފަސޭހަ ވެގެންދާނެކަމެކެވެ.
5
4
3
2
1
- ޑައިވާރސް ޓްވަރިޒަމް ސެކްޝަނެއް އުފައްދަނީ
- ފުވައްމުލަކުގެ ފަތުރުވެރިކަމާއި ގުޅޭ ކަންބޮޑުވުންތައް މިނިސްޓަރަށް
- ފަތުރުވެރިކަމުގެ ދާއިރާއިން ދޭ ހިންގުމުގެ ޝަރަފުވެރިކަމުގެ އެވޯޑް ގައިސަރަށް
- ފަތުރުވެރިންގެ ބީޗަކަށް އެންމެ ރަނގަޅީ ކުރީގެ ބައްތި އާއި ގެންމިސްކިތް ފަންނާއި ދެމެދުން ސަރަހައްދެއް
- ފަތުރުވެރިންގެ ބީޗަކަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ